Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

ރަޝިޔާގެ ވަފުދާ ގާތް ގުޅުމެއް އޮތް މަސްދަރަކުން އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މި ފަހުގެ މަޝްވަރާ ތަކަކީ ވަރަށް އުނދަގޫ މަޝްވަރާ ތަކެއް ކަމަށް. އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމަށް އިޝާރާތްކޮށް އެ މަސްދަރުން ބުނެފައި ވަނީ، މަޝްވަރާތައް ހަ ގަޑިއިރަށް ދެމިގެން ދިޔަ ކަމަށާއި، މަޝްވަރާތައް ފެނުނީ ވަރަށް އުނދަގޫކޮށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 06:36
ޔޫކްރެއިންގެ ވަފުދުގެ މަންދޫބުން، ތިން ފަރާތް ބައިވެރިވާ މަޝްވަރާތައް ތިން ބުރަކަށް ކުރިއަށް ގެންދާއިރު، ފުރަތަމަ ދުވަހުގެ ބައްދަލުވުން ބާއްވާފައި ވަނީ އަންގާރަ ދުވަހު

ޔޫކްރެއިންގެ ވަފުދުގެ މަންދޫބުން، ތިން ފަރާތް ބައިވެރިވާ މަޝްވަރާތައް ތިން ބުރަކަށް ކުރިއަށް ގެންދާއިރު، ފުރަތަމަ ދުވަހުގެ ބައްދަލުވުން ބާއްވާފައި ވަނީ އަންގާރަ ދުވަހު | ރޮއިޓާސް

ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ބާއްވަމުން އަންނަ ސުލްޙައިގެ މަޝްވަރާ ތަކުގެ ފުރަތަމަ ބުރުގެ ބައްދަލުވުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ދެ ވަނަ ބުރުގެ މަޝްވަރާތައް ބުދަ ދުވަހު ކުރިއަށް ގެންދަން ތައްޔާރުވެއްޖެ އެވެ. 

ސްވިޒެލެންޑުގެ ޖެނީވާގައި ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ކުރިއަށް ގެންދިޔުމަށް ތައްޔާރު ވަމުން އަންނައިރު، ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ބޮޑު ހަނގުރާމަ ނިންމުމަށް ދެ ފަރާތުން ވެސް އެއްބަސްވުމަކާ ކައިވެރިވެފައިވާ ކަމުގެ އިޝާރާތެއް ދީފައި ނުވެ އެވެ. 

މިއީ ހަތަރު އަހަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެންމެ ފަހުގެ ސިޔާސީ މަސައްކަތެވެ. މި ހަނގުރާމައިގައި މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެ، މިލިއަނެއްހާ މީހުންނަށް ވަނީ ޤައުމު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. ރަޝިޔާގެ ހަމަލާ ތަކުގައި ޔޫކްރެއިންގެ އިރުމަތީ އަދި ދެކުނުގެ ބޮޑު ސަރަހައްދުތަކަށް ވަނީ ގިނަ ގެއްލުން ތަކެއް ލިބިފަ އެވެ. 

މި ހަނގުރާމަ ނިމުމަކަށް ގެނެސް، ރަޝިޔާ އާއި ޔޫކްރެެއިންއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރުމަށް އެންމެ ބޮޑަށް ބާރު އަޅަމުން އަންނަނީ އެމެރިކާ އިންނެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސް ހުންނަވައި ފެއްޓެވި މަސައްކަތުގައި މިހާތަނަށް ކާމިޔާބީއަކާ ހަމައަށް ދެވިފައި ނުވެ އެވެ. 

މީގެ ކުރިން ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ބާއްވަމުން އަންނަ މަޝްވަރާ ތަކުގެ ބައްދަލުވުމެއް އަބޫދާބީގައި ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް، އެ މަޝްވަރާ ތަކުގައި ވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، މައްސަލަ އަށް ޙައްލު ހޯދޭނެ ކަމުގެ އުންމީދެއް ވެސް ފެނިފައި ނުވެ އެވެ. 

ރަޝިޔާގެ ވަފުދާ ގާތް ގުޅުމެއް އޮތް މަސްދަރަކުން އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މި ފަހުގެ މަޝްވަރާ ތަކަކީ ވަރަށް އުނދަގޫ މަޝްވަރާ ތަކެއް ކަމަށެވެ. އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމަށް އިޝާރާތްކޮށް އެ މަސްދަރުން ބުނެފައި ވަނީ، މަޝްވަރާތައް ހަ ގަޑިއިރަށް ދެމިގެން ދިޔަ ކަމަށާއި، މަޝްވަރާތައް ފެނުނީ ވަރަށް އުނދަގޫކޮށް ކަމަށެވެ. 

އަންގާރަ ދުވަހުގެ ރޭ ދެއްވި ބަޔާނެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައި ވަނީ، ހަނގުރާމަ ނިންމުމަށް ބޭނުންވާ ރަނގަޅު އެއްބަސްވުމަކަށް ދިޔުމަށް އޭނާ ހުންނެވީ ތައްޔާރަސް ކަމަށެވެ. ނަމަވެސް، ސުލްޙަ ހޯދުމަށް ރަޝިޔާ އިން ކުރަމުން އަންނަނީ ކޮން މަސައްކަތެއްތޯ ޒެލެންސްކީ ވަނީ ސުވާލު ކުރައްވައިފަ އެވެ. 

ރަޝިޔާ އިން ބޭނުން ވަނީ ކޮން ކަމެއްތޯ އައްސަވަމުން ޒެލެންސްކީ ވިދާޅުވީ، ސިޔާސީ މަސައްކަތް ކުރުމަށް ވުރެ ބޮޑަށް ރަޝިޔާ އިން ބޭނުން ވަނީ މިސައިލް ހަމަލާ ތަކަށް އިސްކަން ދިނުމަށް ކަމަށެވެ. މީގެ ކުރިން ވެސް ޒެލެންސްކީ ވަނީ، ހަނގުރާމަ ނިންމުމަށް ބޭނުންާވާ ހެޔޮ ނިޔަތް ރަޝިޔާގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. 

މަސްދަރު: އޭއެފްޕީ

ޔޫކްރެއިން-ރަޝިޔާޖެނީވާއެމެރިކާވުލޮޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-ޔޫކްރެއިން ސުލްހައިގެ ވާހަކަތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާއި އެމެރިކާ ގެ މަޝްވަރާތަކުން ކުރިއަށް ދާންވީ ސާފު މަގެއް ފެނިއްޖެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އީރާނާއި އެމެރިކާ ގެ މަޝްވަރާތަކުން ކުރިއަށް ދާންވީ ސާފު މަގެއް ފެނިއްޖެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

17 ފެބުރުއަރީ 2026
އެމެރިކާގެ މަދަނީ ޙައްޤުތަކަށް މަސައްކަތްކުރެއްވި ލީޑަރު ޖެސީ ޖެކްސަން އަވަހާރަވެއްޖެ

އެމެރިކާގެ މަދަނީ ޙައްޤުތަކަށް މަސައްކަތްކުރެއްވި ލީޑަރު ޖެސީ ޖެކްސަން އަވަހާރަވެއްޖެ

17 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026
އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

07 ފެބުރުއަރީ 2026
ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި

ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު