Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިނުގެ 55،000 ސިފައިން ހަނގުރާމައިގައި މަރުވެއްޖެ: ޒެލެންސްކީ

ފްރާންސްގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި ޕްރޮފެޝަނަލް ސިފައިންނާއި އަލަށް ސިފައިންގެ ޚިދުމަތަށް ނެރުނު މީހުން ހިމެނޭއިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް ވިދާޅުވި. މިއީ މީގެ ކުރިން ހާމަކުރި ހިސާބުތަކާ އަޅާބަލާއިރު ބޮޑު އިތުރުވުމެއް.

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 10:16
ރަޝިއާ އިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ޔޫކްރެއިނުގެ ޒަޕޮރީޒިއާ ސަރަހައްދުގެ ކުރީސަފުގެ ހަނގުރާމަ ހިނގަމުންދާ ސަރަހައްދެއްގެ ކައިރީގައި ހުރި ތަމްރީނު މައިދާނެއްގައި، އެ ގައުމުގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއްގައި ސިފައިން ބައިވެރިވަނީ - ޖެނުއަރީ 1، 2026.

ރަޝިއާ އިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ޔޫކްރެއިނުގެ ޒަޕޮރީޒިއާ ސަރަހައްދުގެ ކުރީސަފުގެ ހަނގުރާމަ ހިނގަމުންދާ ސަރަހައްދެއްގެ ކައިރީގައި ހުރި ތަމްރީނު މައިދާނެއްގައި، އެ ގައުމުގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއްގައި ސިފައިން ބައިވެރިވަނީ - ޖެނުއަރީ 1، 2026. | ރޮއިޓާސް

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި، މަރުވި ޔޫކްރެއިނުގެ ސިފައިންގެ އަދަދު ގާތްގަނޑަކަށް 55،000 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. ޒެލެންސްކީ މިހެން ވިދާޅުވީ ބުދަ ދުވަހު ފްރާންސް 2 ޓީވީއަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.

ބުދަ ދުވަހު ދެއްކި، ކުރިން ރެކޯޑުކޮށްފައިވާ މި ބަސްދީގަތުމުގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި މަރުވި ސިފައިންގެ އަދަދަކީ 55،000 ކަމަށެވެ. މީގެ ތެރޭގައި ޕްރޮފެޝަނަލް ސިފައިންނާއި، ސިފައިންގެ ޚިދުމަތަށް އަލަށް ނެރުނު މީހުންވެސް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ، މަރުވި މީހުންގެ އިތުރުން، ރަސްމީކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ގޮތުގައި ބޮޑު އަދަދެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ ކުރިން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ އެން.ބީ.ސީ ޓީވީ ނެޓްވޯކަށް ދެއްވި ބަސްދީގަތުމެއްގައި ވެސް ޒެލެންސްކީ ވަނީ ހަނގުރާމައިގައި މަރުވި ސިފައިންގެ އަދަދު ހާމަކުރައްވާފަ އެވެ. އެ ފަހަރު އޭނާ ވިދާޅުވެފައި ވަނީ ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިނުގެ 46،000 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔޫކްރެއިންވުލޮޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާނެ ކަމަށް މޯދީ ވައުދުވެއްޖެ: ޓްރަމްޕް

ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާނެ ކަމަށް މޯދީ ވައުދުވެއްޖެ: ޓްރަމްޕް

03 ފެބުރުއަރީ 2026
ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި، ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނޫން: މެޑްވެޑޭވް

ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި، ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނޫން: މެޑްވެޑޭވް

02 ފެބުރުއަރީ 2026
ރަޝިޔާ އިން ކަލާސް އާ ވާހަކަ އެއް ނުދައްކާނެ، މަޑު ކުރަނީ އޭނާ މަގާމުން ވަކިވަންދެން

ރަޝިޔާ އިން ކަލާސް އާ ވާހަކަ އެއް ނުދައްކާނެ، މަޑު ކުރަނީ އޭނާ މަގާމުން ވަކިވަންދެން

26 ޖެނުއަރީ 2026
ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ

ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ

26 ޖެނުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު