Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމީހުން މެރުން

ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ސިޔާސަތުތަކަށް ކުރެހުންތަކުން ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިޔާ ރޮބަޓް ކޭ (ސެމްޔޮން ސްކްރެޕެޓްސްކީ)، ޕޮލެންޑުގެ ބިއާލާ ޕޮޑްލާސްކާގައި ބަޑިޖަހައި މަރާލައިފި. ބެލަރޫސްގެ ބޯޑަރާ ކައިރި ސަރަހައްދެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ބެލަރޫސްގެ ދެ ރައްޔިތަކު މިހާރު ވަނީ ހައްޔަރުކޮށްފައި. ޕޮލެންޑުގެ ފުލުހުން މި މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، މަރާލި ކުރެހުންތެރިޔާއަކީ ރަޝިޔާ އާއި ބެލަރޫސްގެ ލީޑަރުންނަށް މަލާމާތްކޮށް ކުރެހުންތައް ކުރެހުމުގައި ފާހަގަކޮށްލެވޭ މީހެއް.

ރާއްޖެ އެމްވީ | 16 ޖޫން 2026 | އަންގާރަ 16:41
ސެމްޔޯން ސްކްރެޕެޓްސްކީ

ސެމްޔޯން ސްކްރެޕެޓްސްކީ | ފޭސްބުކް

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު، ބަޑިޖަހައި ރަހުމުކުޑަގޮތަކަށް މަރާލި މައްސަލައެއް ޕޮލެންޑުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ޕޮލެންޑުގެ ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި، "ސެމްޔޮން ސްކްރެޕެޓްސްކީ" ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 44 އަހަރުގެ ރޮބަޓް ކޭ މަރާލާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައިވަނީ ބެލަރޫސްގެ ބޯޑަރާ ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ޕޮލެންޑުގެ ސިޓީއެއް ކަމަށްވާ ބިއާލާ ޕޮޑްލާސްކާގައެވެ.

ބެލަރޫސްގެ ކޮންސިއުލޭޓާ ގާތްގަނޑަކަށް 600 މީޓަރު ދުރުގައި އޮންނަ އެ ސިޓީގެ ކާރު ޕާކެއްގެ ތެރޭގައި އޭނާ ގަޔަށް ބަޑިޖަހާފައިވާއިރު، އޭނާގެ ބޮލަށާއި، މޭމައްޗަށާއި އަދި ބުރަކަށީގެ އެކި ތަންތަނަށް ޖުމްލަ ފަސް ވަޒަން އަރާފައިވެއެވެ.

ސެމްޔޮން ސްކްރެޕެޓްސްކީ އަކީ ރޮބަޓް ކުޒޮވްކޯވް ބޭނުންކުރަމުންދިޔަ ވަގުތީ ނަމެކެވެ. އޭނާއަކީ ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން އާއި، ބެލަރޫސްގެ ލީޑަރު އެލެގްޒެންޑަރ ލުކަޝެންކޯ އަދި ޗެޗްނިޔާގެ ލީޑަރު ރަމްޒާން ކަދީރޯވް ފަދަ ސިޔާސީ ބޭފުޅުންގެ ކެރިކޭޗަރ ނުވަތަ ހަޖޫ އެކުލެވޭ ކުރެހުންތައް ކުރެހުމަށް މަޝްހޫރު މީހެކެވެ.

ލުބްލިންގެ ޑިސްޓްރިކްޓް ޕްރޮސެކިއުޓަރ އޮފީހުގެ ތަރުޖަމާނު މާސިން ކޮޒަކް ވިދާޅުވި ގޮތުގައި، ބަޑި ހިފައިގެން ހުރި ނޭނގޭ މީހަކު އެ ކުރެހުންތެރިޔާއާ ދިމާލަށް ގޮސް، ފުރަތަމަ ދެ ފަހަރު ބަޑިޖެހިއެވެ.

"އޭނާ ބިމަށް ވެއްޓުމުން، ހަމަލާދިން މީހާ އޭނާއާ ގާތަށް ގޮސް އިތުރު ތިން ފަހަރު ބަޑިޖެހުމަށްފަހު ވަރަށް އަވަހަށް އެ ސަރަހައްދު ދޫކޮށް ފިލައިގެން ދިޔައީ. ރޮބަޓް ކޭ މަރުވީ ހަމަލާދިން ތަނަށް," ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.

މަރުވި މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ސިޓީގައި ހުންނަ ބެލަރޫސްގެ ކޮންސިއުލޭޓް ކައިރިން އުމުރުން 33 އަހަރާއި 37 އަހަރުގެ ބެލަރޫސްގެ ދެ ރައްޔިތަކު ހައްޔަރުކޮށްފައެވެ. މި މަރުގެ ހާދިސާގައި އެމީހުންގެ ދައުރަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮޒަކް ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްކްރެޕެޓްސްކީ ބިއާލާ ޕޮޑްލާސްކާ އަށް ދިރިއުޅުން ބަދަލުކުރީ 2021 ވަނަ އަހަރުއެވެ.

"މަރުވި މީހާއަކީ އާންމުކޮށް ފަންނީ ހަރަކާތްތައް ހިންގާ މީހެއް. އޭނާ ބޭނުންކުރި ސެމްޔޮން ސްކްރެޕެޓްސްކީގެ ނަމުގައި ރަޝިޔާގެ ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ," ކޮޒަކް ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާލިންގައި ހުންނަ ރަޝިޔާގެ އެމްބަސީ ކުރިމަތީގައި ބޭއްވި "ރަޝިޔާ ޑޭ" އިހުތިޖާޖުގައި ސްކްރެޕެޓްސްކީ ބައިވެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ އިހުތިޖާޖުގައި އޭނާ ހުރީ ސްޓާލިން އާއި ޕޫޓިން އަށް ހަޖޫ ޖަހާފައިވާ ކުރެހުމެއް ހިފައިގެންނެވެ. މީގެ އިތުރުން، އޭނާގެ ފަޓުލޫނުގައި ރަޝިޔާގެ ދިދައެއް އައްސާފައި އޮތްއިރު، އެ ދިދަ އޮތީ ބިންމަތީގައި ކޭއްތެމުންދާ ގޮތަށެވެ.

ވްލަޑިމިއަރ ޕުޓިންސެމްޔޮން ސްކްރެޕެޓްސްކީޕޮލެންޑުބެލަރޫސްރަޝިޔާ

އިތުރަށް ކިޔާލަން

14 ޖޫން 2026

އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

14 ޖޫން 2026
އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
10 ޖޫން 2026

އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި

10 ޖޫން 2026
އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި
07 ޖޫން 2026

ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި

07 ޖޫން 2026
ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި
07 ޖޫން 2026

13 ގަޑިއިރުގެ ތެރޭގައި، ރަޝިޔާ އިން ޔޫކްރެއިންގެ 339 ޑްރޯން ހުއްޓުވައިފި

07 ޖޫން 2026
13 ގަޑިއިރުގެ ތެރޭގައި، ރަޝިޔާ އިން ޔޫކްރެއިންގެ 339 ޑްރޯން ހުއްޓުވައިފި
06 ޖޫން 2026

މިވަގުތު ޒެލެންސްކީއާ ބައްދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕުޓިން ވިދާޅުވެއްޖެ

06 ޖޫން 2026
މިވަގުތު ޒެލެންސްކީއާ ބައްދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕުޓިން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު