Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރޭން ހަނގުރާމަ

ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި

ޔޫކްރޭނުން ރަޝިޔާގެ މޮސްކޯއަށް އަމާޒުކޮށް ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި ތެޔޮ ރިފައިނަރީއަކާއި ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލައިފި. ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި މިއީ ރަޝިޔާގެ އުދުވާނަށް ރައްދު ދިނުމަށާއި ހަނގުރާމަ އެ ގައުމުގެ ފަސްގަނޑަށް ގެންދިއުމަށް ދިން ހަމަލާތަކެއް. މި ހަމަލާތަކާ ގުޅިގެން ރަޝިޔާގެ ދިފާއީ ނިޒާމަށް ބާރުބޮޑުވެފައިވާއިރު، މިއީ ހަނގުރާމަ ފެށިފަހުން މޮސްކޯއަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާ.

ރާއްޖެ އެމްވީ | 18 ޖޫން 2026 | ބުރާސްފަތި 11:19
ޔޫކްރޭނުން ދިން ހަމަލާތަކަކާ ގުޅިގެން، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައި ރޯވެ، އެ ތަނުން ބޮޑެތި އަލިފާންގަނޑުތަކާއެކު ބޯ ދުންތައް އަރަމުންދަނީ.

ޔޫކްރޭނުން ދިން ހަމަލާތަކަކާ ގުޅިގެން، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައި ރޯވެ، އެ ތަނުން ބޮޑެތި އަލިފާންގަނޑުތަކާއެކު ބޯ ދުންތައް އަރަމުންދަނީ. | ސޯޝަލްމީޑިއާ

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ޔޫކްރޭނުން އެ ގައުމުގެ ވެރިރަށް މޮސްކޯއަށް އަމާޒުކޮށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ދީފިއެވެ. މި ހަމަލާތަކުގައި 200 އެއްހާ ޑްރޯން ބޭނުންކޮށްފައިވާއިރު، މޮސްކޯގެ އެކި ސަރަހައްދުތަކަށް އެރި ހަމަލާތަކާއެކު މުޅި ސަރަހައްދު ވަނީ ކަޅު ދުމުން ފުރިފައެވެ.

މޮސްކޯ ރީޖަންގެ ގަވަރުނަރު އެންޑްރޭ ވޮރޮބްޔޯވް ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި އެ ސަރަހައްދުން 17 މީހަކު ވަނީ ޒަޚަމްވެފައެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު ނުވަނީސް ޔޫކްރޭނުން ފޮނުވާލި ގާތްގަނޑަކަށް 1،000 ޑްރޯންއާއި ހަތަރު ކްރޫޒް މިސައިލް ވަނީ ހުއްޓުވައި ވައްޓާލާފައެވެ. ނަމަވެސް، ރަޝިޔާގެ ދެކުނުގެ ރޮސްޓޯވް ސަރަހައްދުގައި ހުރި ތެޔޮ ގުދަނަކަށް ހަމަލާ އަރައި، އެކަކު ވަނީ މަރުވެފައެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވީ، ކިއީވްއިން މޮސްކޯއަށް އަނެއްކާވެސް "ލޯންގް ރޭންޖް ސެންކްޝަންސް" ނުވަތަ ދުރު ރާސްތާގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. 

ޒެލެންސްކީ އިތުރަށް ވިދާޅުވީ، މި ހަނގުރާމަ ނިންމަންވީ ވަގުތު ޖެހިއްޖެ ކަމަށާއި، ޚާރިޖީ ގޮތުން ރަޝިޔާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ވަރުގަދަ ޑްރޯން ހަމަލާއަކީ މިދިޔަ ހަފުތާގައި ރަޝިޔާއިން ކިއީވްއަށް ދިން ހަމަލާއެއްގައި ދީނީ މުހިންމު ބިނާއެއްގައި ރޯކޮށްލުމާ ގުޅިގެން ދިން ރައްދު ހަމަލާއެކެވެ.

"އަހަރެމެން މި ހަނގުރާމައެއް ބޭނުމެއް ނޫން، އަދި ދުވަހަކުވެސް ބޭނުމެއް ނުވޭ،" ޒެލެންސްކީ ވިދާޅުވިއެވެ. "އެކަމަކު ޔޫކްރޭން އަނދާ ނަމަ، ކަލޭމެންގެ މޮސްކޯވެސް އަނދާނެ."

މޮސްކޯގެ ދެކުނު އިރުމަތީގައި ހުންނަ ކަޕޮޓްނިއާ ރިފައިނަރީއަށް މި ހަފުތާގައި ދިން ދެވަނަ ހަމަލާއާއެކު، އެތަނުގައި ވަނީ ބޮޑު އަލިފާންގަނޑެއް ރޯވެފައެވެ. މިއީ މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އެ ރިފައިނަރީއަށް ހަމަލާދިން ތިންވަނަ ފަހަރެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބާރުގަދަ ގޮވުމަކާއެކު ތެޔޮ ރައްކާކުރާ ބޮޑު ޓޭންކެއްގެ މަތިގަނޑު ވަނީ އެތައް މީޓަރަކަށް މައްޗަށް ވިއްސައިގެން ގޮސްފައެވެ.

މީގެ އިތުރުން، ޑްރޯންގެ ބައިތައް ވެއްޓުމުގެ ސަބަބުން ކައިރީގައި ހުރި ވިޔަފާރި މަރުކަޒެއްގައި ރޯވެފައިވާއިރު، އުސް ބައެއް އިމާރާތްތަކުން މީހުން ވަނީ ހުސްކޮށްފައެވެ.

މި ހަމަލާތަކާ ގުޅިގެން މޮސްކޯގެ ހަތަރު އެއާޕޯޓެއް ވަގުތީ ގޮތުން ބަންދުކޮށް، 500 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށް ނުވަތަ ފަސްކޮށްފައެވެ.

ހަމަލާތަކަށްފަހު ލިބޭ ގެއްލުންތަކުގެ ފޮޓޯއާއި ވީޑިއޯ އާންމުކުރުން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފައިވީ ނަމަވެސް، ދުވާލު ގަޑީގައި ޑްރޯންތައް އުދުހޭ މަންޒަރާއި މޮސްކޯގެ ސިނާއީ ސަރަހައްދުތަކުގައި ގޮވުންތައް ގޮވާ މަންޒަރު ފެންނަ އެތައް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ރަޝިޔާއިން ޔޫކްރޭނަށް ފުރިހަމަ އުދުވާނެއް ފެށިތާ ހަތަރު އަހަރާއި ބައި ވެފައިވާއިރު، ކުރީ ސަފުގައި ހިނގަމުންދާ ހަނގުރާމައިގެ ހަގީގީ މަންޒަރު ގިނަ ރަޝިޔާ ރައްޔިތުންނަށް ކުރިން އޮތީ ނުފެނިއެވެ.

ޒެލެންސްކީގެ އަމާޒަކީ "ހަނގުރާމަ ރަޝިޔާގެ ފަސްގަނޑަށް ގެނައުން" ކަމަށްވާއިރު، މޮސްކޯއާއި ސެއިންޓް ޕީޓަރސްބާގް ފަދަ ސިޓީތަކަށް ދޭ ދުރު ރާސްތާގެ ހަމަލާތަކުން އެކަން ހާމަވެއެވެ.

ޔޫކްރޭންގެ ބޯޑަރާ 500 ކިލޯމީޓަރު ދުރުގައި އޮންނަ މޮސްކޯއަށް ދޭ ހަމަލާތައް އިތުރުވެފައިވަނީ، ޔޫކްރޭންގެ ދުރު ރާސްތާގެ ހަމަލާދިނުމުގެ ގާބިލުކަން އިތުރުވުމާ ގުޅިގެންނެވެ. 2023 ވަނަ އަހަރުގެ ބަހާރު މޫސުމުގައި ޔޫކްރޭނުން މޮސްކޯއަށް ފުރަތަމަ ފަހަރަށް ކާމިޔާބު ޑްރޯން ހަމަލާތަކެއް ދީފައިވީ ނަމަވެސް، އޭރު އެއީ މަދު ޑްރޯންތަކެއް ބޭނުންކޮށްގެން ދޭތެރެއަކުން ދޭ ހަމަލާތަކެކެވެ.

އޭގެ ފަހުން މޮސްކޯގެ ވަށައިގެން ވަރުގަދަ ވައިގެ ދިފާއީ ނިޒާމުތަކެއް ގާއިމުކުރި ނަމަވެސް، ޔޫކްރޭނުން ބޭނުންކުރާ ޑްރޯންގެ އަދަދު އެތައް ގުނައެއް އިތުރުވެ، ބައެއް ޑްރޯންތައް ދަނީ އެ ދިފާއީ ނިޒާމުތައް ފޫއަޅުވާލަމުންނެވެ.

ހަމައެއާއެކު، ރަޝިޔާއިންވެސް ރޭގަނޑުގެ ވަގުތުގައި ޔޫކްރޭނަށް އަމާޒުކޮށް 200 އަށްވުރެ ގިނަ ޑްރޯންއާއި ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ކިއީވްއިން ބުނެއެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ލީޑަރުންނާއެކު ކަޒާން ސިޓީގައި ބާއްވާ ސަމިޓެއްގައި ބައިވެރިވެވަޑައިގަންނަވާ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، މޮސްކޯއަށް ދިން މި ވަރުގަދަ ހަމަލާއާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޔޫކްރޭންގެ ޚާރިޖީ ވަޒީރު އެންޑްރީ ސިބީހާ އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި، މިއަދު ހެނދުނު މޮސްކޯގެ ރައްޔިތުން އެންމެ ގިނައިން ކުރަމުންދާ ސުވާލަކީ "ކިހިނެއް ހެއްޔެވެ؟" މިއެވެ.

"އަހަރެން އެ ސުވާލަށް ޖަވާބު ދީފާނަން. ތިޔަބައިމީހުންގެ ގައުމުން އަހަރެމެންގެ ގައުމާ ދެކޮޅަށް އިސްވެ ހަނގުރާމަ ފެށީ. އެތައް އަހަރެއް ވަންދެން ތިޔަބައިމީހުން ދަނީ އަހަރެމެންގެ ރައްޔިތުން މަރަމުން،" ސިބީހާ ލިޔުއްވާފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރު ކަންވަމުންދާ ގޮތް އެނގުމުން، މި ހަނގުރާމަ ނިންމާނީ ކޮން އިރަކުންތޯ ޕޫޓިންގެ ގާތުގައި އަހާލުމަށެވެ.

މަސްދަރު: ބީބީސީ

ރަޝިޔާ-ޔުކްރެއިންމޮސްކޯވުލޮޑިމިއަރ ޒެލެންސްކީވްލަޑިމިއަރ ޕުޓިންކީވްކަޕޮޓްނިއާ ރިފައިނަރީ

އިތުރަށް ކިޔާލަން

18 ޖޫން 2026

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

18 ޖޫން 2026
ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން
17 ޖޫން 2026

ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް

17 ޖޫން 2026
ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް
16 ޖޫން 2026

ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި

16 ޖޫން 2026
ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި
15 ޖޫން 2026

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

15 ޖޫން 2026
ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް
15 ޖޫން 2026

ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

15 ޖޫން 2026
ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު