Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖީ7 ސަމިޓް

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

ފަރަންސޭސިވިލާތުގައި ބާއްވާ ޖީ7 ސަމިޓުގައި އީރާނާއި އެމެރިކާގެ ގުޅުމާއި، ޔޫކްރެއިން ހަނގުރާމަ އަދި ދުނިޔޭގެ އިގްތިސާދީ މައްސަލަތަކާ މެދު ލީޑަރުން މަޝްވަރާކުރައްވާނެ. މި ބައްދަލުވުމުގެ ތެރެއިން ރައީސް ޓްރަމްޕް ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ބައްދަލުކުރައްވާއިރު، އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތަފްސީލުތައް ހޯދުމަށް ގައުމުތަކުން ދަނީ އިންތިޒާރު ކުރަމުން. މީގެ އިތުރުން، ޗައިނާއަށް ބަރޯސާވުން ކުޑަކުރުމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ނުތަނަވަސްކަން ހައްލުކުރުމަށް ފަރަންސޭސި ރައީސް މެކްރޮން އިސްނަންގަވައިގެން މަސައްކަތްޕުޅު ކުރައްވާނެ.

ރާއްޖެ އެމްވީ | 15 ޖޫން 2026 | ހޯމަ 10:00
ފްރާންސްގެ އެވިއަން-ލެ-ބެއިންސްގައި 2026 ޖޫން 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓުގެ ތައްޔާރީތައް ވަނީ ފުރިހަމަކޮށްފައި.

ފްރާންސްގެ އެވިއަން-ލެ-ބެއިންސްގައި 2026 ޖޫން 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓުގެ ތައްޔާރީތައް ވަނީ ފުރިހަމަކޮށްފައި. | ގެޓީ އިމޭޖަސް

ދުނިޔޭގެ މުއްސަނދި ހަތް ގައުމު ހިމެނޭ ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގެ ރިސޯޓެއްގައި ހޯމަ ދުވަހު ބައްދަލުކުރައްވަން ހަމަޖެހިފައި މިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށްޓަކައި އިބްތިދާއީ އެއްބަސްވުމަކަށް އާދެވިފައިވާކަން އެ ދެ ގައުމުން އިއުލާންކުރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ޖޫން މަހުގެ 15 އިން 17 އަށް ކުރިއަށްދާ މި ސަމިޓުގައި ދުނިޔޭގެ ލީޑަރުން މަޝްވަރާކުރައްވާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި، އީރާނާ އެކު ދެން އަޅާނެ ފިޔަވަޅުތަކުގެ އިތުރުން، ޔޫކްރެއިން ހަނގުރާމައާއި، ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަން ހައްލުކުރުމާއި، އަދި ޗައިނާ ނޫން އެހެން ގައުމުތަކުން މުހިންމު މަޢުދަނުތައް ހޯދޭނެ ގޮތްތަކާ މެދު އެއްބަސްވުމަކަށް އައުން ހިމެނެއެވެ.

ދުނިޔޭގެ ލީޑަރުން އެމެރިކާއާ މެދު އޮންނަ އިތުބާރު ކުޑަވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެވިއަން-ލެ-ބެއިންސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ. މިދިޔަ އަހަރު ކެނެޑާގައި ބޭއްވި ޖީ7 ސަމިޓް ނިމުމުގެ ކުރިން ޓްރަމްޕް ވަޑައިގެންފައިވީ ނަމަވެސް، މިފަހަރުގެ ސަމިޓުގައި އޭނާ ބައިވެރިވެވަޑައިގަންނަވާތީ ފަރަންސޭސިވިލާތުގެ އޮފިޝަލުން ވަނީ އެކަމާ އުފާކުރައްވާފައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ޓްރަމްޕް ގެންގުޅުއްވާ ބަދަލުވަމުންދާ ސިޔާސަތުތަކުގެ ސަބަބުން މެދުއިރުމައްޗާއި، ދުނިޔޭގެ ވިޔަފާރިއާއި ޚާރިޖީ ގުޅުންތަކަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މީގެ ސަބަބުން، ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާގެ އެހީތެރިކަމާއެކު ގާއިމުކުރި ދުނިޔޭގެ ނިޒާމަށް އެމެރިކާއިން ދޭ ސަމާލުކަމާ މެދު ގިނަ ގައުމުތަކަކުން މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.

މި ސަމިޓުގެ ތެރެއިން ޓްރަމްޕް މެދުއިރުމަތީގެ ލީޑަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ އެކު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަންގާރަ ދުވަހު ޒެލެންސްކީއާ އެކު ބާއްވާ މި ބައްދަލުވުން ކުރިއަށްދާއިރު ޔޫކްރެއިންއިން ދަނީ އެގައުމުގެ ބައިވެރިންގެ ކިބައިން އަސްކަރީ އެހީތެރިކަން އިތުރުކުރުމަށް އެދެމުންނެވެ.

މިދިޔަ އަހަރު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ޓްރަމްޕް، ޒެލެންސްކީއާ މުޚާތަބުކުރައްވައި "މަނިކުފާނުގެ އަތްޕުޅުގައި އެއްވެސް ބާރެއް ނެތް" ކަމަށް ވިދާޅުވި ނަމަވެސް، އޭގެ ފަހުން ޒެލެންސްކީގެ މަގާމު ވަނީ ކުރިއަށްވުރެ ވަރުގަދަވެފައެވެ.

އެހެންނަމަވެސް، އީރާނާ އެކު އޮތް ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާގެ އެތެރޭގެ ސިޔާސީ ތާއީދު ޓްރަމްޕަށް ކުޑަވެފައިވާތީ، އެ މައްސަލަ ނިންމުމަށް އޭނާ އިސްކަންދެއްވާނެއެވެ. އެހެންކަމުން، ޔޫކްރެއިންއަށް އެމެރިކާގެ ފުރިހަމަ އެހީތެރިކަން ހޯދުމަކީ ޒެލެންސްކީއަށް ދަތި ކަމަކަށް ވެދާނެއެވެ.

އީރާނުގެ އެއްބަސްވުން

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް އޮޅުންފިލުވުމަށް ޖީ7 ގެ ލީޑަރުން ތިއްބެވީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. މިކަމާ ގުޅޭ ފަހުމުނާމާއެއްގައި އަންނަ ހުކުރު ދުވަހު ސުވިޒަލޭންޑުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، އެއްބަސްވުމުގެ ސީދާ ތަފްސީލުތަކެއް އަދި ހާމައެއް ނުކުރެއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުން މަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތް ދުނިޔޭގެ ތެލާއި ގޭސް އުފުލާ މުހިންމު މަގު ކަމަށްވާ "ސްޓްރެއިޓް އޮފް ހުރުމުޒް" އަންނަ ހުކުރު ދުވަހު ހުޅުވާލާނެއެވެ. އަދި އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށް އަމުރުކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުބުނާން ހިމެނޭހެން ހުރިހާ ފަރާތްތަކެއްގައި ކުރިއަށްދާ ހަނގުރާމައާއި އަސްކަރީ ހަރަކާތްތައް ހޯމަ ދުވަހުގެ ރެއިން ފެށިގެން ދާއިމީކޮށް ހުއްޓާލާނެ ކަމަށެވެ.

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވި ގޮތުގައި، 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތެއްގެ ތެރޭގައި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުން ހިމެނޭހެން ފުޅާ ދާއިރާއެއްގައި އެއްބަސްވުމަކަށް މަޝްވަރާކުރެވޭނެއެވެ. ރޮއިޓާސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދެކެވޭނީ އޭގެ ފަހުން ބާއްވާ މަޝްވަރާތަކުގައެވެ.

މި ހަނގުރާމައިގެ ސަބަބުން ސީދާ ގެއްލުންތަކެއް ލިބުނު އެކުވެރި އަރަބި އިމާރާތުގެ އިތުރުން، މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރާއި މިސްރުން ވެސް މި ޖީ7 ސަމިޓުގައި ބައިވެރިވާނެއެވެ.

މެކްރޮންގެ ފުރުސަތު

ހޯމަ ދުވަހު ޓްރަމްޕަށް މަރުހަބާ ދަންނަވާނީ ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮންއެވެ. އަންނަ އަހަރު ރައީސްކަމުގެ ދެވަނަ އަދި ފަހު ދައުރު ހަމަވާ މެކްރޮންއަށް މި ސަމިޓަކީ ޚާރިޖީ ދާއިރާއިން ހޯއްދަވާނެ މުހިންމު ކާމިޔާބީއެކެވެ.

ފަރަންސޭސިވިލާތުގެ އެތެރޭގެ ސިޔާސީ މަސްރަހުގައި މެކްރޮންގެ ބާރު ކުޑަވަމުންދާ ކަމަށް ބެލެވުނު ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި އަދިވެސް އޭނާގެ ނުފޫޒު އެބައޮތެވެ. އެގޮތުން، އަންނަ ބުދަ ދުވަހުގެ ރޭ "ޕެލަސް އޮފް ވަސައި" ގައި ބާއްވާ ޚާއްސަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށް ޓްރަމްޕް އެއްބަސްކުރުވުމުގައި މެކްރޮން ވަނީ ކާމިޔާބު ހޯއްދަވާފައެވެ.

މި އަހަރު އެމެރިކާއިން ޖީ20 ގެ ރިޔާސަތާ ހަވާލުވުމުގެ ކުރިން، ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށް މެކްރޮން ދަނީ މަސައްކަތް ކުރައްވަމުންނެވެ. ފަރަންސޭސިވިލާތުން ދެކޭގޮތުގައި މިއީ އެންމެންގެ ޒިންމާއެކެވެ. އެގޮތުން ޗައިނާއިން މުދާ އުފައްދާ މިންވަރު އިތުރުވުމާއި، އެމެރިކާއިން މުދާ ބޭނުންކުރާ މިންވަރު އިތުރުވުމާއި، އަދި ޔޫރަޕުން ކުރާ އިންވެސްޓްމަންޓްތައް މަދުވުމަކީ މީގެ ސަބަބުތައް ކަމަށް އެގައުމުން ބުނެއެވެ.

މި މަޝްވަރާތަކުގައި ބައިވެރިވުމަށް ބްރެޒިލް، އިންޑިއާ، ކެންޔާ އަދި ދެކުނު ކޮރެއާއަށް ދައުވަތު ދީފައިވާއިރު، ޗައިނާގެ އެތެރޭގެ ބޭނުންތަކަށް މުދާ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މެކްރޮން ވަނީ ބާރުއަޅުއްވާފައެވެ.

ޖީ7ޑޮނަލްޑް ޓްރަމްޕްއެމެރިކާ-އީރާންޔޫކްރެއިންއެމެނުއެލް މެކްރޮންވުލޮޑިމިއަރ ޒެލެންސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހައިގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ކުރިން، މި ހަފުތާގައި ދޯހާގައި އެމެރިކާއާއި އީރާނުން ބައްދަލު ކުރަނީ

ސުލްހައިގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ކުރިން، މި ހަފުތާގައި ދޯހާގައި އެމެރިކާއާއި އީރާނުން ބައްދަލު ކުރަނީ

15 ޖޫން 2026
އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ޝައްކުތަކާއި ރިސްކުތައް ފިލައިގެން ނުދޭ!

އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ޝައްކުތަކާއި ރިސްކުތައް ފިލައިގެން ނުދޭ!

15 ޖޫން 2026
އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

14 ޖޫން 2026
އެމެރިކާ އީރާން ސުލްހައިގެ އެންމެ ފަހުގެ ދެލިކޮޕީއަށް އެއްބަސްވެއްޖެ: ޕާކިސްތާން

އެމެރިކާ އީރާން ސުލްހައިގެ އެންމެ ފަހުގެ ދެލިކޮޕީއަށް އެއްބަސްވެއްޖެ: ޕާކިސްތާން

13 ޖޫން 2026
ހަމަލާތައް ހުއްޓާލާ މަތިން ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ވާހަކަތައް ދޮގުކޮށްފި

ހަމަލާތައް ހުއްޓާލާ މަތިން ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ވާހަކަތައް ދޮގުކޮށްފި

13 ޖޫން 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު