Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް

ޔޫކްރެއިނުން ރަޝިޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ޑްރޯން ހަމަލާތަކާ ގުޅިގެން، ރަޝިޔާގެ ބައިވެރިއެއް ކަމަށްވާ ބެލަރޫސް މި ހަނގުރާމައިގެ ތެރެއަށް ވަދެދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައި. ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ ތުހުމަތުކުރައްވާ ގޮތުގައި ރަޝިޔާއިން ދަނީ ބެލަރޫސް މެދުވެރިކޮށް ހަމަލާތައް ފުޅާކުރުމަށް މަސައްކަތް ކުރަމުން. ނަމަވެސް، ބެލަރޫސްގެ ރައީސް ލުކަޝެންކޯ ވަނީ އެ ގައުމުން ހަނގުރާމައިގައި ބައިވެރިވުމުގެ ނިޔަތެއް ނެތް ކަމަށް ވިދާޅުވެ، ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ގޮވާލައްވާފައި.

ރާއްޖެ އެމްވީ | 26 ޖޫން 2026 | ހުކުރު 11:37
ޔޫކްރޭނުން ދެމުންގެންދާ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ އެތެރޭގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށްފައިވާއިރު، މީގެ ތެރޭގައި މޮސްކޯ ކައިރީގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ދާދި ފަހުން ދީފައިވާ ހަމަލާތައް ހިމެނޭ.

ޔޫކްރޭނުން ދެމުންގެންދާ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ އެތެރޭގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށްފައިވާއިރު، މީގެ ތެރޭގައި މޮސްކޯ ކައިރީގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ދާދި ފަހުން ދީފައިވާ ހަމަލާތައް ހިމެނޭ. | ރޮއިޓާސް

ޔޫކްރެއިނުން ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންދަނިކޮށް، އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލާފައިވާ ކަމަށް ރަޝިޔާއިން ރިޕޯޓްކޮށްފި އެވެ.

ރަޝިޔާގެ މިނިސްޓްރީ އޮފް ޑިފެންސުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ވައްޓާލި ޑްރޯންތަކުގެ އަދަދަށް ބަލާއިރު، މިއީ ކީވްއިން ދުރު ރާސްތާގެ ހަމަލާތައް ދޭން ފެށި ފަހުން ދިން އެންމެ ބޮޑު އެއް ހަމަލާއެވެ. ޔޫކްރެއިނުން ރަޝިޔާގެ އެތެރެއަށާއި ކްރައިމިއާ ޕެނިންސިއުލާއަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ޑްރޯން ހަމަލާތަކުގެ ސަބަބުން ސަލާމަތީ ބިރުވެރިކަމާއި ތެލުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. މީގެ ސަބަބުން، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގެ ތެރެއަށް، ރަޝިޔާގެ ބައިވެރިއެއް ކަމަށްވާ ބެލަރޫސް ވެސް ވައްދަން މޮސްކޯއިން މަސައްކަތް ކޮށްފާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ޔޫކްރެއިނުން ދިން އެންމެ ފަހުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ވެރިރަށް މޮސްކޯއާއި، ރަޝިޔާއިން ގަވާއިދާ ހިލާފަށް އަތްގަދަކޮށްފައިވާ ކްރައިމިއާ ޕެނިންސިއުލާގެ އިތުރުން ބްލެކް ސީ އަދި އެޒޯވް ސީ ހިމެނޭހެން 13 ސަރަހައްދަކުން ޑްރޯންތައް ހުއްޓުވާފައިވާ ކަމަށް ރަޝިޔާއިން ބުނެ އެވެ.

މޮސްކޯގެ ދެކުނުން ގާތްގަނޑަކަށް 180 ކިލޯމީޓަރު (112 މޭލު) ދުރުގައި އޮންނަ ޓޫލާ ސަރަހައްދަށް އަމާޒުކޮށް ދިން "ވަރުގަދަ" ހަމަލާއެއްގައި ގެއަކަށް ގެއްލުންވެ، އަންހެނަކަށް އަނިޔާވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ޑިމިޓްރީ މިލްޔައޭވް ވިދާޅުވި އެވެ.

މީގެ އިތުރުން، މޮސްކޯގެ ދެކުނުން 200 ކިލޯމީޓަރު (125 މޭލު) ދުރުގައި އޮންނަ ނޮވޮމޮސްކޯވްސްކްގައި ހުންނަ ސިނާއީ މަރުކަޒަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް މިލްޔައޭވް ވިދާޅުވި އެވެ.

ރަޝިޔާގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ 'އަސްޓްރާ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގެއްލުން ލިބުނު މަރުކަޒަކީ 'އަޒޮޓް' ޕްލާންޓެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިރު ޒެލެންސްކީ ސިފަކުރައްވާފައިވާ ގޮތުގައި އެއީ ރަޝިޔާއިން ގޮވާތަކެތި އުފެއްދުމަށް ބޭނުންކުރާ މުހިންމު މަރުކަޒެކެވެ. މި ހަމަލާތަކަކީ ރަޝިޔާގެ ހަނގުރާމައިގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭނުންކުރާ މައިގަނޑު އާމްދަނީގެ ވަސީލަތް ކަމަށްވާ ހަކަތަ އުފައްދާ ވަސީލަތްތައް ހުއްޓުވުމަށް ޔޫކްރެއިނުން ވަރުގަދަ ކުރަމުންދާ ވައިގެ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ.

ޔޫކްރެއިނުގެ މި ހަމަލާތަކުގެ ސަބަބުން ރަޝިޔާއަށް ތެލުގެ ދަތިކަން ކުރިމަތިވެ، ރަޝިޔާ ސިފައިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭ މަގުތަކަށް ހުރަސް އެޅި، ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީ ހަނގުރާމައިގެ މަސައްކަތްތަކަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ.

ޔޫކްރެއިނުގެ އިރުމަތީ ފްރަންޓްލައިންގައި ކުރިއަށް ދިއުމަށާއި، ގައުމުގެ އެތެރެއަށް އަމާޒުވާ ޑްރޯން ހަމަލާތަކުން ދިފާއުވުމަށް މޮސްކޯގެ ސިފައިންނަށް ދަތިތަކާ ކުރިމަތިވަމުންދާއިރު، ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިރު ޒެލެންސްކީ ވަނީ އަވަށްޓެރި ބެލަރޫސްގެ އެހީތެރިކަން ހޯދުމަށް މޮސްކޯއިން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ޔޫކްރެއިނުގެ ބޯޑަރު ކައިރީގައި އަސްކަރީ ބޭނުންތަކަށް ބެލަރޫސްއިން އިންފްރާސްޓްރަކްޗަރާއި ތަކެތި ރައްކާކުރާ ގުދަންތައް ބިނާކުރަމުންދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ބުރާސްފަތި ދުވަހު ޒެލެންސްކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފިޔަވަޅުތައް އަޅަމުންދަނީ "ރަޝިޔާގެ ސީދާ ނުފޫޒުގެ ދަށުން، ޔޫކްރެއިނާ ދެކޮޅަށް ދޭ ހަމަލާތައް އިތުރަށް ފުޅާކުރުމަށް ތައްޔާރުވުމުގެ ގޮތުން" ނެވެ.

ޒެލެންސްކީ ލިޔުއްވާފައިވާ ގޮތުގައި، "ސުލްހައަށްޓަކައި ބެލަރޫސްއިން އަޅަންޖެހޭ ފިޔަވަޅުތައް އެ ގައުމަށް އެނގޭނެއެވެ. ބެލަރޫސް މެދުވެރިކޮށް ޔޫކްރެއިނަށް ހަމަލާދިނުމަށް ބޯޑަރުގައި ބިނާކުރާ އިންފްރާސްޓްރަކްޗަރުތައް ހުއްޓުވަން ޖެހެއެވެ."

މި ވާހަކަތައް ދައްކަވާފައިވަނީ، ޔޫކްރެއިނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށްޓަކައި ބެލަރޫސްގެ ބިން ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް، މާލީ އެހީތެރިކަން ހިމެނޭހެން އެކި ގޮތްގޮތުން ރަޝިޔާއިން ބެލަރޫސްއަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ބެލަރޫސްއިން އަލުން ހަނގުރާމައިގެ ތެރެއަށް ވަންނަ ވާހަކަތައް ދޮގުކުރުން

ރަޝިޔާއިން ވެސް ވަނީ އެ ރިޕޯޓްތައް ދޮގުކޮށްފައެވެ. ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ އެ ވާހަކަތަކަކީ "ހަގީގަތާ ޚިލާފު" ވާހަކަތަކެއް ކަމަށެވެ.

ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ކުރިން ޔޫކްރެއިނަށް އެންމެ ފުރަތަމަ އަރައިގަތްއިރު، ބެލަރޫސްގެ ދެކުނު ބޯޑަރު ހުރަސްކޮށް ޔޫކްރެއިނަށް ވަނުމަށް ރަޝިޔާ ސިފައިން އެ ގައުމުގައި ޖަމާވުމުގެ ފުރުސަތު ބެލަރޫސްއިން ދީފައިވެއެވެ. ނަމަވެސް، މިހާރު ބެލަރޫސްއިން ތުހުމަތުކުރާ ގޮތުގައި ޔޫކްރެއިނާއި ހުޅަނގުގެ ގައުމުތަކުން ދަނީ މަސްލަހަތު ގޯސްކޮށް، އެ ގައުމު ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ބުރާސްފަތި ދުވަހު ވިދާޅުވީ، ބެލަރޫސް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ކީވްއިން މަސައްކަތް ނުކުރުމަށް، އެ ގައުމަށް ޒިޔާރަތްކުރި ޔޫކްރެއިނުގެ އޮފިޝަލުންނަށް އިންޒާރު ދެއްވާފައިވާނެ ކަމަށެވެ.

ޔޫކްރެއިނާ ހަނގުރާމަ ކުރުމުގެ އެއްވެސް ނިޔަތެއް ބެލަރޫސްގެ ނެތް ކަމަށް ވިދާޅުވެ، އޭނާ ބޭނުންވަނީ "އެއްބަސްވުމަކަށް" އަންނަން ކަމަށް ލުކަޝެންކޯ ތަކުރާރުކޮށް ވިދާޅުވި އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ލުކަޝެންކޯ ވިދާޅުވީ، "އަޅުގަނޑު އެ ބޭފުޅުންނަށް ސީދާ ބުނިން: ތިޔަބޭފުޅުންގެ ރައީސް ގާތު ބުނާށޭ، އަޅުގަނޑުމެންނާ އެގޮތަށް ވާހަކަދެއްކޭނެ ކަމަށް ނުވަތަ ހަނގުރާމައިގެ ތެރެއަށް އަޅުގަނޑުމެން ވެއްދޭނެ ކަމަށް އެމަނިކުފާނު ހީފުޅުކުރައްވާނަމަ، ހަނގުރާމައިގެ ސިފަ ވަގުތުން ބަދަލުވެގެންދާނެކަން އެމަނިކުފާނު ދަންނަންޖެހޭނެ އެވެ."

ލުކަޝެންކޯ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންނަށް ޖަވާބު ލިބުނު: ރައީސާއި އޭނާގެ ޓީމަށް މިކަން ވިސްނޭ ކަމަށް. އެހެންވީމާ، އެއްބަސްވުމަކަށް އަންނަމާ ހިނގާ. އަޅުގަނޑުމެން ބޭނުންވަނީ މާނަހުރި އެއްބަސްވުމަކަށް އަންނަން."

ރަޝިޔާއާ ގުޅިގެން ހަނގުރާމަ ކުރުމަށް ލުކަޝެންކޯ ބެލަރޫސްގެ ސިފައިން ފޮނުވާފައި ނުވި ނަމަވެސް، 2022 ވަނަ އަހަރު ޔޫކްރެއިނަށް އެރުމަށް ބެލަރޫސްގެ ބިން ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ އިތުރުން، ރަޝިޔާގެ ޓެކްޓިކަލް ނިއުކްލިއާ މިސައިލްތައް ބެލަރޫސްގައި ބެހެއްޓުމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.

މީގެ އިތުރުން، ބެލަރޫސްއިން ދަނީ ރަޝިޔާއާ ގުޅިގެން ގަވާއިދުން އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ. އަދި ރަޝިޔާގެ އަސްކަރީ މަރުކަޒުތަކާއި ތަމްރީނުދޭ ތަންތަން ބޭނުންކުރުމުގެ ހުއްދަ ވެސް މޮސްކޯއަށް ވަނީ ދީފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔޫކްރެއިން-ރަޝިޔާވުލޮޑިމިއަރ ޒެލެންސްކީބެލަރޫސްއެލެގްޒެންޑަރ ލުކަޝެންކޯޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

25 ޖޫން 2026

ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި

25 ޖޫން 2026
ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި
21 ޖޫން 2026

ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ

21 ޖޫން 2026
ކްރައިމިއާއަށް ޔޫކްރޭނުން ދިން ހަމަލާގައި 4 މަރު، އެތައް ބަޔަކު ޒަޚަމްވެއްޖެ
18 ޖޫން 2026

ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި

18 ޖޫން 2026
ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި
16 ޖޫން 2026

ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި

16 ޖޫން 2026
ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި
15 ޖޫން 2026

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

15 ޖޫން 2026
ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް
18 ފެބުރުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

18 ފެބުރުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ
05 ފެބުރުއަރީ 2026

ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި

05 ފެބުރުއަރީ 2026
ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި
05 ފެބުރުއަރީ 2026

ޔޫކްރެއިނުގެ 55،000 ސިފައިން ހަނގުރާމައިގައި މަރުވެއްޖެ: ޒެލެންސްކީ

05 ފެބުރުއަރީ 2026
ޔޫކްރެއިނުގެ 55،000 ސިފައިން ހަނގުރާމައިގައި މަރުވެއްޖެ: ޒެލެންސްކީ
26 ޖެނުއަރީ 2026

ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ

26 ޖެނުއަރީ 2026
ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ
25 ޖެނުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

25 ޖެނުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު