Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަނގުރާމަ ފެށި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި

ބުދަ ދުވަހުގެ ވަގުތެއްގައި އަރާގްޗީ ޗައިނާ އަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގެ އެޖެންޑާގައި އޮތީ މައިގަނޑު ދެ މައްސަލައެއް. އެއީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދެމެހެއްޓުމާއި، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 06:09
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ. | ރޮއިޓާސް

އެމެރިކާ އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެ ޤައުމަށް ވަޑައިގެންފި އެވެ. 

އެމެރިކާާ އާއި އިޒްރޭލް އެކުވެގެން، މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެކި ފަހަރު މަތިން އަރާގްޗީ ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން މި ދެ ބޭފުޅުން ތިން ފަހަރެއްގެ މަތިން ފޯނުން ގުޅުއްވައި ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. 

ބުދަ ދުވަހުގެ ވަގުތެއްގައި އަރާގްޗީ ޗައިނާ އަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގެ އެޖެންޑާގައި އޮތީ މައިގަނޑު ދެ މައްސަލަ އެކެވެ. އެއީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދެމެހެއްޓުމާއި، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުމެވެ. މި ދެ މައްސަލަ އަކީ، ޗައިނާ އިން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން، އަދި ޙައްލު ހޯދުމަށް ބާރު އަޅަމުން އަންނަ ދެ މައްސަލަ އެވެ. 

ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމުގެ މައްސަލައިގައި ޗައިނާ އިން ވަނީ، އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑަށް ފާޑު ކިޔައިފަ އެވެ. ނަމަވެސް، އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައި އޮންނަ އޮތުމާއި، އެކަމުގެ ސަބަބުން ދިމާވަމުން އަންނަ ދަތިތަކާ މެދު ވެސް ޗައިނާ އިން ނުރުހޭ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. 

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް ވަޑައިގެންނެވިއިރު، އީރާން އިން އަލުން ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް އެއްބަސްވެއްޖެ ނަމަ، ޗައިނާ އިން ކިހާ ވަރަކަށް އެހީތެރިކަން ލިބިދާނެތޯ ދެނެގެތުމަކީ އީރާންގެ އެންމެ ބޮޑު ބޭނުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އާއި، އީރާންއާ ދެކޮޅަށް އިތުރު ފިޔަވަޅު ތަކެއް އެޅުމަށް ކުރަމުން އަންނަ މަސައްކަތުގައި ޗައިނާ އޮތީ އީރާންގެ ފަޅީގައިތޯ ޔަޤީން ކުރަން ބޭނުންވާ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

ބައިނަލްއަޤުވާމީ ގުޅުން ތަކުގެ ތަޖުރިބާާކާރުން ބުނާ ގޮތުގައި، މި ދަތުރަކީ އީރާން އާއި ޗައިނާގެ ދެމެދުގައި އޮންނަ ސިޔާސީ އަދި އިޤްތިޞާދީ ގުޅުމުގެ ބާރު މިނުގައި ބާއްވާ މުހިންމު މަޝްވަރާ ތަކެއްގެ ފުރުސަތަކަށް ވާނެ އެވެ. އީރާން އާއި ޗައިނާ އިން އަންނަނީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-ޗައިނާއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް، ގޮތް ނޭނގޭ އެއްޗަކުން ހަމަލާ ދީފި

06 މެއި 2026
އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

އީރާންއާ ދެކޮޅަށް އެމެރިކާާ އިން ފެށި އަސްކަރީ އޮޕަރޭޝަން ނިމިފައިވާ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

06 މެއި 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޗައިނާ އަށް

05 މެއި 2026
ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

05 މެއި 2026
އެމެރިކާ އިން ހަމަލާ ދިނީ އާންމުން ދަތުރުކުރި ކުޑަ ދެ ކާގޯ ބޯޓަށް: އީރާން

އެމެރިކާ އިން ހަމަލާ ދިނީ އާންމުން ދަތުރުކުރި ކުޑަ ދެ ކާގޯ ބޯޓަށް: އީރާން

05 މެއި 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު