Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ބްރިކްސް ގޮވާލުން

އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

އީރާންގެ ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އެމެރިކާ އާއި އިޒްރޭލް އިން ހިންގާ އަމަލު ތަކަށް ގޮންޖަހައި، އެކަންކަން ހުއްޓުވުމަށް ބްރިކްސްގެ މެމްބަރުން އިސް ނަގަން ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 10:28
ބްރިކްސް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން.

ބްރިކްސް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ މެމްބަރު ޤައުމު ތަކަށް ގޮވާލައިފި އެވެ. 

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ މިހެން ގޮވާލައްވާފައި ވަނީ، ބުރާސްފަތި ދުވަހު އޭނާގެ ރަސްމީ ޓެލެގްރާމް އެކައުންޓު މެދުވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ. 

އެ ބަޔާނުގައި އަރާގްޗީ ވަނީ، ބައިނަލްއަޤުވާމީ މުއައްސަސާތައް ސިޔާސީ ހަތިޔާރަކަށް ހެދުނު ހުއްޓުވުމަށް ބްރިކްސްގެ ޤައުމު ތަކުން މަސައްކަތް ކުރުމަށް ބާރު އަޅުއްވައިފަ އެވެ. އަދި ހުޅަނގުގެ ޤައުމު ތަކުން ގެން ގުޅޭ، "އެމީހުންނަކީ އެންމެ މަތީ މީހުން ކަމަށް ދެކޭ ދެކުމާއި" އަދި ޤާނޫނު ތަކުން ބޭރުގައި އުޅެވޭނެ ކަމަށް ޤަބޫލު ކުރާ ކުރުން ހުރިހާ ޤައުމު ތަކުން ގުޅިގެން ނައްތާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އީރާންގެ ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އެމެރިކާ އާއި އިޒްރޭލް އިން ހިންގާ އަމަލު ތަކަށް ގޮންޖަހައި، އެކަންކަން ހުއްޓުވުމަށް ބްރިކްސްގެ މެމްބަރުން އިސް ނަގަން ޖެހޭ ކަމަށެވެ. މިއީ ދުނިޔޭގެ އިންސާފު ޤާއިމު ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. 

ބްރިކްސް އަކީ ދުނިޔޭގެ އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ބޮޑެތި ޤައުމުތައް ހިމެނޭ ޖަމާއަތެކެވެ. މި ޖަމާއަތުގައި ހިމެނޭ މެމްބަރު ޤައުމު ތަކަކީ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، ދެކުނު އެފްރިކާ، މިޞްރު، އިތިއޯޕިއާ، އީރާން، ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި އިންޑޮނޭޝިއާ އެވެ. 

މި ޖަމާއަތަކީ ހުޅަނގުގެ ބާރު ތަކުގެ ނުފޫޒު ކުޑަކޮށް، ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ބެލެވެ އެވެ. އީރާން އިން މިފަދަ ގޮވާލުމެއް ނެރެފައި މި ވަނީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ވަގުތެއްގަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ބްރިކްސްއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

14 މެއި 2026

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

14 މެއި 2026
އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި
14 މެއި 2026

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

14 މެއި 2026
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ
13 މެއި 2026

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު