Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމުގައި އީރާން ބާކީ ނުކުރެވޭނެ: އީރާންގެ ފޮރިން މިނިސްޓަރު

އެގޮތުން އަރާގްޗީ ވިދާޅުވެފައި ވަނީ، އީރާން ހިމެނޭހެން ސަރަހައްދުގެ ހުރިހާ ޤައުމު ތަކުގެ މަސްލަހަތު ތަކަށް ރިއާޔަތް ކޮށްގެން ކަންކަން ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖޫން 2026 | އާދީއްތަ 15:26
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ. | ރޮއިޓާސް

މެދު އިރުމަތީގެ ސަރަހައްދުގައި އައު ސަލާމަތާއި ރައްކާތެރިކަން އެކުލަވާލުމަށް ކުރަމުން އަންނަ މަސައްކަތުގައި، ސަރަހައްދުގެ ހުރިހާ ޤައުމު ތަކެއް ބައިވެރިވުން މުހިންމު ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

އަރާގްޗީ ވިދާޅުވެފައި ވަނީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ހަމަޖެއްސުމުގައި އީރާން ވަކި ކުރުމަކުން ނުވަތަ އީރާން އަށް ސަމާލުކަން ނުދިނުމަކުން އެކަން ހާސިލު ކުރެވިދާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އޭނާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، މެދު އިރުމަތީގެ ސަރަހައްދުގައި އައު ސަލާމަތީ ބައްޓަމެއް އެކުލަވާލުމަށް ހިނގަމުން އަންނަ މަސައްކަތް ތަކުގައި ހުރިހާ ގައުމު ތަކެއްގެ ބައިވެރިވުން ލިބިގެންވާނީ ހަމައެކަނި ޖަމާޢީ އެއްބާރުލުމާ އެކު ކަމަށެވެ.

ސަރަހައްދުގެ ގައުމު ތަކުން މިހާރު އަންނަނީ ހަގީގަތަށް އަރައި ގަންނަމުން ކަމަށާއި، ދެމެހެއްޓެނިވި ސަލާމަތާއި އިގްތިސާދީ ތަރައްގީ އާއި ސަރަހައްދީ ސުލްހަ އާއި އަމާންކަން ހާސިލު ކުރެވޭނީ ހަމައެކަނި އެއްބާރުލުމާއި އެއްބަސްވުން ތަކަށް އިޙުތިރާމް ކުރުމުގެ މައްޗަށް ކަމަށް އަރާގްޗީ ވިދާޅުވި އެވެ.

އެގޮތުން އަރާގްޗީ ވިދާޅުވެފައި ވަނީ، އީރާން ހިމެނޭހެން ސަރަހައްދުގެ ހުރިހާ ޤައުމު ތަކުގެ މަސްލަހަތު ތަކަށް ރިއާޔަތް ކޮށްގެން ކަންކަން ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

މެދު އިރުމަތީގެ ސަރަހައްދުގައި މިހާރު ހިނގަމުން އަންނަނީ ސިޔާސީ ބަދަލު ތަކެއް ކަމަށާއި، އެކަމުގައި އީރާންގެ ދައުރު ވަރަށް މުހިންމު ކަމަށް އަރާގްޗީ ފާހަގަ ކުރެއްވި އެވެ. އީރާން އަކީ ސަރަހައްދުގެ ސަލާމަތާއި ސުލްހަ އަމާން ކަމަށް މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވާތީ، އެގައުމު ވަކި ކުރުމަކުން ސަރަހައްދީ މައްސަލަ ތަކަށް ހައްލު ލިބިދާނެ ކަމަށް ނުވަތަ ހައްލެއް ހޯދި ދާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރަހައްދުގެ ގައުމުތަކާ ދެމެދު އެއްބާރުލުން ބަދަހި ކުރުމަށް އީރާން އިން ތައްޔާރަށް އޮތް ކަމަށާއި، ސަރަހައްދީ ސަލާމަތާއި ތަރައްގީގެ ކަންކަމުގައި ހުރިހާ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް އީރާން އިން ބޭނުންވާ ކަމަށް އަރާގްޗީ ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަރުގަދަ ހަމަލާ ތަކަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އިޒްރޭލް އިން ބުނެފި

ވަރުގަދަ ހަމަލާ ތަކަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އިޒްރޭލް އިން ބުނެފި

14 ޖޫން 2026
ފައިނަލް އެއްބަސްވުމަކާ ހަމައަށް ދެވެންދެން، އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު ނާޅަން އެމެރިކާ އިން އެއްބަސްވެއްޖެ

ފައިނަލް އެއްބަސްވުމަކާ ހަމައަށް ދެވެންދެން، އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު ނާޅަން އެމެރިކާ އިން އެއްބަސްވެއްޖެ

14 ޖޫން 2026
ސުލްޙައިގެ އެއްބަސްވުމާ މެދު އީރާން އިން ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފި

ސުލްޙައިގެ އެއްބަސްވުމާ މެދު އީރާން އިން ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފި

14 ޖޫން 2026
ސުލްޙައިގެ މަޝްވަރާ ތަކަށް ޤަތަރުގެ ވަފުދެއް އީރާން އަށް

ސުލްޙައިގެ މަޝްވަރާ ތަކަށް ޤަތަރުގެ ވަފުދެއް އީރާން އަށް

14 ޖޫން 2026
އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

14 ޖޫން 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު