Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅީގެ ޙާލަތު ކުރިން އޮތް ގޮތަށް ނޯންނާނެ، ފީއެއް ނަގާނަން: އީރާންގެ ފޮރިން މިނިސްޓަރު

އަރާގްޗީ ވިދާޅުވީ ހޮރްމޫޒް ކަނޑު އޮޅި އަކީ އީރާންގެ އެންމެ މުހިންމު އެއް "ޑިޓަރެންޓް ޓޫލް"، ނުވަތަ ހަމަލާ ތަކުން ދިފާއުވުމަށް ބޭނުން ކުރާ ވަސީލަތް ކަމަށް. އަދި އެ ކަނޑު އޮޅި އަކީ އީރާން އާއި އޮމާންގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްކަން ފާހަގަ ކުރައްވައި، އެތަނުގެ އިދާރީ ކަންކަން ކުރިއަށް އޮތް ތަނުގައި ބަދަލު ވެގެން ދާނެ ކަމަށް ވެސް އަރާގްޗީ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2026 | ހޮނިހިރު 03:24
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ. | ރޮއިޓާސް

ހޮރްމޫޒް ކަނޑު އޮޅި ބެލެހެއްޓުމުގެ ކަންކަން ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ދެން އަނބުރާ ނުދާނެ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

އަރާގްޗީ މިހެން ވިދާޅުވެފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ހަނގުރާމައިގެ ޙާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އަދި ދެ ޤައުމުގެ ދެ މެދުގައި އެއްބަސްވުމެއް ޤާއިމުކޮށް، ދާއިމީ ސުލްޙައެއް ހޯދުމަށް ގިނަ މަޝްވަރާ ތަކެއް ކުރިއަށް ގެންދަމުން އަންނަ ވަގުތެއްގައި އެވެ. 

އަރާގްޗީ ވިދާޅުވީ ހޮރްމޫޒް ކަނޑު އޮޅި އަކީ އީރާންގެ އެންމެ މުހިންމު އެއް "ޑިޓަރެންޓް ޓޫލް"، ނުވަތަ ހަމަލާ ތަކުން ދިފާއުވުމަށް ބޭނުން ކުރާ ވަސީލަތް ކަމަށެވެ. އަދި އެ ކަނޑު އޮޅި އަކީ އީރާން އާއި އޮމާންގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްކަން ފާހަގަ ކުރައްވައި، އެތަނުގެ އިދާރީ ކަންކަން ކުރިއަށް އޮތް ތަނުގައި ބަދަލު ވެގެން ދާނެ ކަމަށް ވެސް އަރާގްޗީ ވިދާޅުވި އެވެ.

މީގެ އިތުރުން އަރާގްޗީ ވިދާޅުވީ، ގިނަ އަހަރު ތަކެއް ވަންދެން ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރުން ހިލޭ އޮތް ނަމަވެސް، ދެން އެކަން އެގޮތަށް ނޯންނާނެ ކަމަށެވެ. އަދި އެ ސަރަހައްދުން ފޯރު ކޮށްދޭ ޚިދުމަތް ތަކަށް ކުރިއަށް އޮތް ތަނުގައި ފީ ނަގަން ފަށާނެ ކަމަށް ވެސް އަރާގްޗީ ވިދާޅުވިއެވެ.

މަޝްވަރާ ތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވީ، ފަހުމުނާމާގައި ބަޔާން ކޮށްފައިވާ ކަންކަން ތަންފީޒު ނުކުރާ ނަމަ، ފަހުގެ އެއްބަސްވުމަކަށް ދިއުމަށް ކުރެވޭ މަޝްވަރާތައް ކުރިއަށް ނުގެންދާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތް ތަކަކީ ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވާ ބައެއް ކަމަށާއި، އެއްބަސްވުންތައް ތަންފީޒު ކުރުމުގައި އެ ފަރާތް ތަކުން ހާހެއްހާ މައްސަލަ ކުރިމަތި ކުރާ ކަމުގެ ތަޖުރިބާ އީރާން އަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މެދު އިރުމަތީގެ މަސްރަހަށް އަލި އަޅުވާލައްވައި އަރާގްޗީ ވަނީ، އިޒްރޭލް އިން ލުބުނާންގެ ދެކުނުން ފައިބަން ޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާ ވެސް ތަކުރާރު ކުރައްވާފައި އެވެ. އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ސަރަހައްދީ ނުތަނަވަސްކަން އިތުރު ވެފައިވާ ދަނޑިވަޅެއްގައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

13 ޖޫން 2026

އީރާން އިން ޒިންމާ އަދާ ކުރަން ޖެހޭނެ، އެހެން ނޫން ނަމަ ލުއި ތަކެއް ދިނުމެއް ނެތް: އެމެރިކާގެ ނައިބު ރައީސް

13 ޖޫން 2026
އީރާން އިން ޒިންމާ އަދާ ކުރަން ޖެހޭނެ، އެހެން ނޫން ނަމަ ލުއި ތަކެއް ދިނުމެއް ނެތް: އެމެރިކާގެ ނައިބު ރައީސް
13 ޖޫން 2026

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރަނީ

13 ޖޫން 2026
އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރަނީ
11 ޖޫން 2026

އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ

11 ޖޫން 2026
އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ
11 ޖޫން 2026

އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް

11 ޖޫން 2026
އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް
11 ޖޫން 2026

އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ

11 ޖޫން 2026
އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު