Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އަރާގްޗީ ވިދާޅުވީ އެމެރިކާގެ ޓްރެޒަރީ ޔީލްޑްސް، ނުވަތަ ދައުލަތުގެ ދަރަންޏަށް ދައްކަން ޖެހޭ އިންޓްރެސްޓް ރޭޓުތައް މަތިވަމުންދާ ކަަމަށާއި، މިއީ އެމެރިކާގެ މާލީ ޙާލަތު ގޯސްވަމުންދާ ކަމުގެ ހެއްކެއް ކަމަށް. ވަކިން ޚާއްސަކޮށް ދެ އަހަރާއި، 10 އަހަރާއި، އަދި 30 އަހަރުގެ ޓްރެޒަރީ ޔީލްޑްސް މަތިވަމުންދާކަން އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 07:54
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިޤްތީޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބި، އޭގެ ބުރަ އެމެރިކާގެ ރައްޔިތުން އުފުލަން ޖެހޭނެ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ މިފަދަ އިންޒާރެއް ދެއްވާފައި މި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ މާލީ ބާޒާރަށް ކުރަމުންދާ ނޭދެވޭ އަސަރު ތަކަށް އިޝާރާތް ކުރައްވަމުންނެވެ. 

އަރާގްޗީ ވިދާޅުވީ އެމެރިކާގެ ޓްރެޒަރީ ޔީލްޑްސް، ނުވަތަ ދައުލަތުގެ ދަރަންޏަށް ދައްކަން ޖެހޭ އިންޓްރެސްޓް ރޭޓުތައް މަތިވަމުންދާ ކަަމަށާއި، މިއީ އެމެރިކާގެ މާލީ ޙާލަތު ގޯސްވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ދެ އަހަރާއި، 10 އަހަރާއި، އަދި 30 އަހަރުގެ ޓްރެޒަރީ ޔީލްޑްސް މަތިވަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ ސަބަބުން އެމެރިކާގެ ދައުލަތުގެ ދަރަންޏާއި، ރައްޔިތުން ނަގާފައިވާ މޯގޭޖް ލޯނުތަކާއި، ކޮންސިއުމާ ލޯނު ތަކަށް ބޮޑެތި ޕްރެޝަރު ތަކެއް ކުރިމަތި ވާނެ ކަމަށް ވެސް އަރާގްޗީ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލިގެން ދާނެ ކަމަށާއި، އެމެރިކާގެ އާންމު ގޭބެސީ ތަކަށް ކްރެޑިޓްގެ ސަބަބުން ކުރިމަތިވާ މާލީ ތާށިކަން އިތުރަށް ގޯސްވާނެ ކަމަށް އަރާގްޗީ ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިއީ އެމެރިކާ އާއި އިޒްރޭލް އިން އަމިއްލަ އަށް އިޚްތިޔާރު ކޮށްގެން ފަށާފައިވާ ކަމަކަށް ވާއިރު، މިއީ މުޅިން ވެސް ސަލާމަތް ވެވެން އޮތް ކަމެއް ކަމަށް އަރާގްޗީ ވިދާޅުވި އެވެ. 

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ މި ވާހަކަތައް އައިސްފައި ވަނީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އެމެރިކާގެ ސަރުކާރުން އީރާންއާ މެދު ހަރުކަށި ސިޔާސަތު ތަކެއް ގެންގުޅެމުންދާ ވަގުތެއްގަ އެވެ. އަރާގްޗީ ވިދާޅުވީ، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ކުރިމަތި ވާނެ ގެއްލުން ތަކަކީ ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުން ތަކެއްގެ ސަބަބުން ކުރިމަތި ވާނެ ނަތީޖާއެއް ކަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

14 މެއި 2026

އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

14 މެއި 2026
އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި
14 މެއި 2026

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

14 މެއި 2026
އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި
14 މެއި 2026

ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް

14 މެއި 2026
ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް
14 މެއި 2026

އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް

14 މެއި 2026
އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް
14 މެއި 2026

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

14 މެއި 2026
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު