Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

ހައްޖުގެ އަޅުކަމަށްފަހު ހައްޖާޖީން އެނބުރި އަންނަ ދުވަސްވަރު ރޯގާ ފެތުރުމުގެ ފުރުސަތު އޮތުމާއެކު، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. އެގޮތުން ހޮސްޕިޓަލްތަކުގެ ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، ބަލިން ރައްކާތެރިވުމަށް އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އެދިފައިވޭ. މި މަހުގެ 5 އިން 9 އަށް ހަތަރު ފްލައިޓެއްގައި ހައްޖާޖީން ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 08:55
ރާއްޖޭގެ ހައްޖުވެރިންތަކެއް މަދީނާގައި. މިއަހަރުވެސް ހައްޖުވެރިން ފުރާފައިވަނީ ''މައްކާ ރޫޓް'' އިނީޝިއޭޓިވްގެ ދަށުން.

ރާއްޖޭގެ ހައްޖުވެރިންތަކެއް މަދީނާގައި. މިއަހަރުވެސް ހައްޖުވެރިން ފުރާފައިވަނީ ''މައްކާ ރޫޓް'' އިނީޝިއޭޓިވްގެ ދަށުން. | ރާއްޖެ ހައްޖު މިޝަން

ހައްޖުގެ އަޅުކަމަށްފަހު، ރާއްޖެއަށް އަންނަ ހައްޖާޖީންނަށް ފަސޭހައިން  ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހޮސްޕިޓަލްތަކުގެ ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. 

ހައްޖުގެ އަޅުކަމަށްފަހު، ހައްޖާޖީން އަންނަ ދުވަސްވަރު އަބަދުވެސް ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރެ އެވެ. އެހެންކަމުން މި ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ވަކިން ފުލޫ ކްލިނިކްތައް ވަކިން ގާއިމް ނުކުރި ނަމަވެސް ހޮސްޕިޓަލްތަކުން ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. 

ބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، ހައްޖުން ނުވަތަ އުމްރާއިން އެބުރި އަންނަތާ 14 ދުވަސްތެރޭގައި ހުން އައުން ކެއްސުން ނޭވާލާން އުދަނގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށާއި، ޑޮކްޓަރަށް ދައްކާއިރު، އެ މައުލޫމާތު ހިއްސާ ކުރަން ޖެހޭ ކަމަށެވެ. 

އެޗްޕީއޭއިން ބުނީ، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު، އަނގަމައްޗާއި، ނޭފަތް ނިވާކުރުމާއި، ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލަން ޖެހޭ ކަމަށެވެ. އަދި ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ. 

ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ މި މަހުގެ 5 ވާ ހުކުރު ދުވަހު އެވެ.

ހައްޖު ކޯޕްރޭޝަނުން ބުނީ، ހައްޖުވެރިން ރާއްޖެ ގެނައުމަށް ޓަކައި ޖުމްލަ ހަތަރު ފްލައިޓެއް ހަމަޖައްސާފައިވާ ކަމަށާއި، ފުރަތަމަ ފްލައިޓުން 242 ހައްޖުވެރިން މިމަހުގެ 5 ވަނަ ދުވަހު ރާއްޖެއަށް އަންނާނެ ކަމަށެވެ.

ދެވަނަ ގްރޫޕުން 250 ހައްޖުވެރިން ޖޫން 7 ވަނަ ދުވަހު އަންނައިރު، ތިންވަނަ ފްލައިޓުން 243 ހައްޖުވެރިން ޖޫން 8 ގައި އަންނާނެ ކަމަށް އެ ކޯޕްރޭޝަނުން ބުނެ އެވެ. އަދި އެންމެ ފަހު ފްލައިޓު ރާއްޖެ އަންނާނީ ޖޫން 9 ވަނަ ދުވަހުގެ ރޭ މެންދަމު ވަގުތެއްގަ އެވެ. އެ ފްލެއިޓުގައި 250 ހައްޖުވެރިން ރާއްޖެ އަންނާނެ ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެ އެވެ. 

ހައްޖު ކޯޕްރޭޝަނުން ބުނީ، ޖޫން 5 އަދި 8 ގެ ދަތުރުތައް ސައުދީ އެއާލައިންސްއިން ކުރާއިރު، ޖޫން 7 އަދި 9 ގެ ދަތުރުތައް ކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަނުން ކަމަށެވެ. 

މި އަހަރު ރާއްޖޭގެ ހައްޖާޖީން ސައުދީ އަރަބިއްޔާއަށް ފުރާފައިވަނީ މެއި 15 އާއި 19 އާ ދެމެދުގަ އެވެ. އަދި ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެ އެވެ. 

ހައްޖުއެޗް.ޕީ.އޭހައްޖު ކޯޕަރޭޝަން

އިތުރަށް ކިޔާލަން

02 ޖޫން 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

02 ޖޫން 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް
30 މެއި 2026

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

30 މެއި 2026
ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި
29 މެއި 2026

1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި

29 މެއި 2026
1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި
27 މެއި 2026

ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި

27 މެއި 2026
ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު