Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑަބްލިއު މޯލްޑިވްސް

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

ރާއްޖެއިން މިހާތަނަށް ހިމަބިހީގެ 11 ކޭސް ފެނިފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކޮންޓެކްޓް ޓްރޭސިން ހެދުމާއި ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުން. މި ބައްޔަކީ ވައިގެ މަގުން ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމާއެކު، ބަލިޖެހިފައިވާ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި "ރިންގް ވެކްސިން" ދިނުމަށް ވަނީ ނިންމާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖޫން 2026 | އަންގާރަ 09:58
ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ | ރާއްޖެއެމްވީ

ދިވެހިރާއްޖެއިން މީސެލްސް ނުވަތަ ހިމަބިއްސަށް ފައްސިވެފައިވާ އިތުރު ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން  ހާމަކޮށް ފިއެވެ.

އެ އެޖެންސީން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމުލަ 11 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ވެސް ހިމެނެ އެވެ.

އެޗްޕީއޭ އިން އާންމުކުރި ހިމަބިހީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފެނުނު ކޭސްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަކުރެވިފަ އެވެ. އަދި މި ބައްޔަށް ޝައްކުކުރެވޭ އިތުރު ކޭސްތަކެއްގެ އިންވެސްޓިގޭޝަން ނުވަތަ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން އަންނަނީ ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށާއި، ބަލިޖެހުނު މީހުންނާ ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، މި ވޭދަނަތައް މޮނިޓަރކޮށް، ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި، ބަލިޖެހުނު ފަރާތްތައް ދިރިއުޅޭ ސަރަހައްދުތަކުގައި "ރިންގް ވެކްސިން" ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ބަލީގެ އަލާމާތްތަކާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ، ހިމަބިހި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައި ކަމަށެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށާނެއެވެ. މި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެންނެވެ. މިއީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ.

ޑަބްލިއު މޯލްޑިވްސްހިމަބިހިއެޗް.ޕީ.އޭ

އިތުރަށް ކިޔާލަން

31 މެއި 2026

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

31 މެއި 2026
ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!
30 މެއި 2026

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

30 މެއި 2026
ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި
29 މެއި 2026

ހާމަކަން ކުޑަވެގެން ލިބޭނެ ހަމަޖެހުމެއް ނެތެވެ!

29 މެއި 2026
ހާމަކަން ކުޑަވެގެން ލިބޭނެ ހަމަޖެހުމެއް ނެތެވެ!
27 މެއި 2026

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ

27 މެއި 2026
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
26 މެއި 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 9 ކޭސް

26 މެއި 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 9 ކޭސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު