Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިމަބިހި

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ މިންވަރާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ބަލީގެ ތަފާސްހިސާބުތައް ހާމަކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެއްފަހަރު ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައި. ބަލީގެ ހާލަތު ކޮންމެ ދުވަހަކު އާންމުކުރުމަށް ގިނަ ބަޔަކު އެދެމުންދާއިރު، ހެލްތް މިނިސްޓްރީން ބުނީ މިކަމުގައި މައުލޫމާތު ދޭނީ ހަމައެކަނި އެޗްޕީއޭއިން ކަމަށް. ބަލި ފެތުރުމުގެ ބިރު އޮތް މިންވަރަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި މިއަށްވުރެ އަވަހަށް މައުލޫމާތު ލިބުން މުހިންމު ކަމަށް ގިނަ ބަޔަކު ފާހަގަކުރޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޖޫން 2026 | އާދީއްތަ 03:40
ހެލްތް މިނިސްޓްރީ

ހެލްތް މިނިސްޓްރީ

ރާއްޖޭގައި ހިމަބިހި ނުވަތަ މީސަލްސް ފެތުރެމުންދާ މިންވަރާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، އެ ބަލީގެ އެންމެ ފަހުގެ މައުލޫމާތުތައް ހާމަކުރަމުންދާނީ ކޮންމެ އަންގާރަ ދުވަހަކު އެއްފަހަރު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

 އެޗްޕީއޭއިން މިހެން ބުނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުން ހިމަބިހީގެ އެންމެ ފަހުގެ ހާލަތު އޮޅުންފިލުވުމަށް ގުޅާލުމުން ދިން ޖަވާބުގައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި، ހިމަބިހީގެ ކޭސްތަކާ ގުޅޭ އަދާހަމަ މައުލޫމާތުތައް އާންމު ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ. އެގޮތުން ކޮންމެ އަންގާރަ ދުވަހަކު އެ މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށާއި، ކުރިއަށް އޮތް އަންގާރަ ދުވަހުވެސް ބަލީގެ ފަހުގެ ތަފާސްހިސާބުތައް އާންމުކުރާނެ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ބުނެ އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ގިނަ ބަޔަކު ދަނީ މި ބަލީގެ މައުލޫމާތު ކޮންމެ ދުވަހަކުވެސް އާންމުކުރަން ޖެހޭނެ ކަމަށް ބުނަމުންނެވެ.

ހިމަބިއްސަކީ އާންމު ސިއްހަތާއި ރައްކާތެރިކަމާ ނުހަނު ގުޅުންހުރި ބައްޔަކަށްވެފައި، ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާތީ، އެކަމުގެ ހަގީގަތް ސާފުކޮށްދިނުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށް އާންމުން ދެކެއެވެ.

މި މައްސަލައިގައި އިތުރު ތަފްސީލު ހޯދުމަށް ރާއްޖެޓީވީން މިނިސްޓްރީ އޮފް ހެލްތަށް ގުޅާލުމުން، އެ މިނިސްޓްރީން ބުނީ ބަލީގެ ހާލަތު ބަލައި މައުލޫމާތު ދޭނީ އެޗްޕީއޭއިން ކަމަށެވެ. އަދި ބަލި ފެތުރޭ މިންވަރާއި ކޮންމެ ދުވަހަކު މައުލޫމާތު ހާމަނުކުރާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން، އެކަމުގައި އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށާއި އެޗްޕީއޭއަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ހިމަބިހީގެ އަދާހަމަ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން އެނގުނު ގޮތުގައި، ސިއްހީ ދާއިރާގެ އިސް އިދާރާތަކުން މިކަމުގައި މައުލޫމާތު ދިނުމަށް ގެންގުޅެނީ ހަފުތާއަކު އެއްފަހަރު މައުލޫމާތު އާންމުކުރާ އުސޫލެވެ. ނަމަވެސް ބަލި ފެތުރުމުގެ ބިރު އޮތް މިންވަރަށް ބަލައި، މިއަށްވުރެ އަވަހަށް މައުލޫމާތު ލިބުމަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މުހިންމު ކަމެއް ކަމަށް އާންމު ރައްޔިތުން ފާހަގަކުރެއެވެ.

ހިމަބިހިއެޗް.ޕީ.އޭރާއްޖެ ޓީވީޔޫތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

04 ޖޫން 2026
ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން

ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން

03 ޖޫން 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

02 ޖޫން 2026
ޚާއްސަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭ

ޚާއްސަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭ

01 ޖޫން 2026
ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

31 މެއި 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު