Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑރ. މުޙައްމަދު މުޢިއްޒު

އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!

ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު، މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި އާ އިދާރާތައް އުފެއްދުމަކީ ހަގީގީ ހައްލެއް ނޫން. ގާނޫނުން ލާޒިމުކުރާ މައުލޫމާތު ދިނުމުގައި އިދާރާތަކުން އިހުމާލުވަމުންދާތީ، މިއީ މުއައްސަސާތައް މަދުވެގެން ދިމާވާ މައްސަލައެއް ނޫންކަން ހާމަވޭ. އެހެންކަމުން، މައުލޫމާތު ހާމަކުރުމުގެ ނިޔަތާއި ރޫހު ނެތި، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ފަދަ ތަންތަނުން އާންމުންނާއި ނޫސްވެރިންނަށް އެދެވޭ ނަތީޖާއެއް ނުފެންނާނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2026 | އާދީއްތަ 09:50
 ރައީސް މުއިއްޒުގެ އާ ކެބިނެޓް  ހުވާ ކުރެއްވުމަށް ރައީސް އޮފީހުގަ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް މުއިއްޒުގެ އާ ކެބިނެޓް ހުވާ ކުރެއްވުމަށް ރައީސް އޮފީހުގަ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރާއްޖެ އެމްވީ

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ގެންދަވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންނަށް އަމާޒުކޮށް އެތައް ބަހުގެ ޙަމަލާތަކެއް ރައްދު ކުރައްވަމުންނެވެ. އަދި ޒިންމާދާރު ނޫސްވެރިކަމެއް ކުރާނެ ގޮތާއި، އެކަމަށްޓަކައި އިދާރާތަކުން މައުލޫމާތު ހޯދައިގެން ރިޕޯޓު ކުރުމުގެ މުހިއްމުކަމުގެ ވާހަކަ ރައީސް ގެންދަވަނީ ކެނޑިނޭޅި ދައްކަވަމުންނެވެ. ރައީސް ދައްކަވާ ވާހަކަފުޅުތަކުން ބައެއް ފަހަރު ހީވަނީ ނޫސްވެރިން ކަންކަން ރިޕޯޓު ކުރަނީވެސް ކަމުގެ ދެކޮޅު ނުބަލައި، ހިތަށް އައި ގޮތްކަށް ހެންނެވެ.

އެހެންނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިދާރާތަކުން ނުކުޅެދުމަކީ އެ ނޫސްވެރިންނަށް އެހެނިހެން މަސްދަރުތަކުން އެ ކަންކަން ކަށަވަރުވާ ހިސާބަށް ދިއުމުންވެސް ރިޕޯޓު ނުކުރަންޖެހޭ ސަބަބެއް ނޫނެވެ. ނުވިތާކަށް ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށް ހުރި ގޮންޖެހުންތަކަށް ބަލާއިރު، ހަގީގަތުގައި އިދާރާގެ ބަހެއް ހިމަނައިގެން ނޫން ގޮތަކަށް ޚަބަރު ރިޕޯޓު ނުކުރެވޭކަމަށްވާނަމަ ރާއްޖޭގެ ގިނަ މީޑިއާތަކުން ތިބެންޖެހޭނީ ޚަބަރުވެސް ނުލިޔެއެވެ.

ބުނަން މި އުޅެނީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކައެވެ. އޭގެ ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެތުރެން ފަށައި، އެކި ދިމަދިމާލުން ބަލީގެ ކޭސްތައް ފެންނަމުންދާއިރު، އެކަމުގެ އަދާހަމަ މައުލޫމާތު ހޯދާލުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާއަށް ގުޅާލުމުން ދިން ޖަވާބަކީ އެ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރައަކުން އަންގާރައަކަށް ކަމަށެވެ.

އެފަދަ ބަލިތަކަކީ ދުރާލާ ބަލި ފެތުރެމުންދާ މިންވަރު އާންމުންނަށްވެސް އެނގުން މުހިއްމު ޒާތުގެ ބަލިތަކަށް ވާއިރު، "އަންގާރައިން އަންގާރައަށް" ނޫން ގޮތަކަށް އެ މައުލޫމާތުވެސް ލިބޭނެ ގޮތެއް ނެތެވެ. ވީއިރު، އެކަން ރިޕޯޓު ކުރުމަކީ ނޫސްވެރިން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުންކަމަށް ރައީސަށް ވިދާޅުވެވޭނެތޯއެވެ؟

މައުލޫމާތު ހޯދައި ލިބިގަތުމަށް ޚާއްސަ ޤާނޫނެއް އޮންނައިރު، އެ ޤާނޫނަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު އޮތީ ހާމައަށް ފެންނާށެވެ. އެކަމަކީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ޤާނޫނުން ލާޒިމުކުރާ އެންމެ އަސާސީ، އެންމެ ކުޑަ މިންވަރުގެ މައުލޫމާތުވެސް އެ ހާމަކުރަމުންދަނީ ޤާނޫނުގައި ބުނާ މުއްދަތުތައް ފާއިތުވެ ގޮސް، އެތައް ދުވަހެއް ފަހުންނެވެ.

މި ހުރިހާ ކަމެއް މިހެން ހުރިނަމަވެސް، ދައުލަތުގެ އިދާރާތަކުގައި މަދުނުވާވަރަށް މުވައްޒަފުން އެބަތިއްބެވެ. ނުވިތާކަށް އެކިއެކި ނަންނަމުގައި އިދާރާތައް ހަދައި، ބޮޑެތި މުސާރައިގައިވެސް މީހުން އައްޔަނު ކުރަމުން ދިއުން އަދިވެސް ހަމަ ދަނީ ބާރަށް ކުރިއަށެވެ. އެންމެ ފަހުން އުފެއްދީ 24 ގަޑިއިރުގެ ޚިދުމަތް ދިނުމަށް "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"  އެވެ.

މި އިދާރާގެ މަޤްސަދަކީ އާންމުންގެ ފަރާތުން ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް މިނެއްގައި ޖަވާބުދާރީވުމެވެ.

އެހެންނަމަވެސް ހަގީގަތަކީ މި އުޅެނީ އިދާރާތައް ނެތިގެންނެއް ނޫނެވެ. ނެތީ މައުލޫމާތު ދިނުމުގެ ރޫޙެވެ. މައުލޫމާތު ހާމަ ކުރުމުގެ ނިޔަތެވެ. މި އުޅެނީ ޤާނޫނުން ލާޒިމުކުރާ ގޮތަށް މައުލޫމާތު ހާމަ ނުކުރެވިގެންނެވެ. ނޫސްވެރިކަމުގެ މިނިވަންކަން ލާޒިމުކުރާ ގޮތަށް ނޫސްވެރިންނަށް މައުލޫމާތު ނުދެވިގެންނެވެ. ވީއިރު ސިޓިޒަންސް ކޮމްޕްލެއިން ބިއުރޯއެއް ހަދައިގެން ވަކި ދެވޭނީ ކޮން މައުލޫމާތެއްތޯއެވެ؟ އަންގާރައިން އަންގާރައަށް މަސައްކަތް ކުރުމުގެ ވިސްނުން ބަހައްޓައިގެން ތިޔަ ކަމެއް ނުވާނެއެވެ.  

ޑރ. މުޙައްމަދު މުޢިއްޒުނޫސްވެރިކަންމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯހިމަބިހި

އިތުރަށް ކިޔާލަން

07 ޖޫން 2026

ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން

07 ޖޫން 2026
ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް: ޝެއިޚް އިމްރާން
07 ޖޫން 2026

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!
06 ޖޫން 2026

45 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އިބްރާހިމް ރަޝާދު އަވަހާރަވެއްޖެ

06 ޖޫން 2026
45 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އިބްރާހިމް ރަޝާދު އަވަހާރަވެއްޖެ
05 ޖޫން 2026

ޣަފޫރު: މި ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް, ސަރުކާރެއްގެ ސިފަ އެއް ނެތް

05 ޖޫން 2026
ޣަފޫރު: މި ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް, ސަރުކާރެއްގެ ސިފަ އެއް ނެތް
04 ޖޫން 2026

ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ

04 ޖޫން 2026
ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު