Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗް.ޕީ.އޭ

މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހިފައިވޭ: އެޗްޕީއޭ

ނިމިދިޔަ މެއި މަހު ރާއްޖޭގައި ޑެންގީ ހުމާއި، އަރިދަފުސް ރޯގާގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި މިންވަރު އޭޕްރީލް މަހާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ. މި ބަލިތައް ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ފެތުރެމުންދާތީ، މަދިރިން ރައްކާތެރިވުމަށާއި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި. ބަލިތައް ކޮންޓްރޯލް ކުރުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށް، ރޯގާ ޖެހިއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ޖޫން 2026 | ހޯމަ 10:23
އެޗްޑީސީން ކުރިއަށް ގެންދިޔަ ހެލްތް ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރެއިން ބިދޭސީއެއް ޑޮކްޓަރަށް ދައްކަނީ.

އެޗްޑީސީން ކުރިއަށް ގެންދިޔަ ހެލްތް ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރެއިން ބިދޭސީއެއް ޑޮކްޓަރަށް ދައްކަނީ. | ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހުނު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހޯމަ ދުވަހު އެޗްޕީއޭއިން ބުނީ، މިއަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު، މިއަހަރުގެ މެއި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ޑެންގީ ހުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ، އޭޕްރީލް މަހު ޑެންގީ ހުމުގެ 648 ކޭސް ރިޕޯޓު ކޮށްފައިވާއިރު، މެއި މަހު 778 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

އޭޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ފެތުރޭ މިންވަރު ވަނީ އިތުވެފަ އެވެ. އަދި  ވައިރަލް ހުން ހއ، އަދި ގދ އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

އެޗްޕީއޭއިން ބުނީ، އަރިދަފުސްރޯގާ ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާ ކަމަށާއި، އަރިދަފުސް ރޯގާ ޖެހިގެން މިއަހަރުގެ އޭޕްރީލް މަހު 24221 ކޭސް، މެއި މަހު 40457 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، މިއަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު، މިއަހަރުގެ މޭ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން އޭޕްރީލް މަހު ބޭރަށް ހިންގުމުގެ 3993 ކޭސް، މެއި މަހު 4726 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ. އަދި ބޭރަށްހިންގުން އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ބ، ކ ، އއ ، ފ އަދި ޏ އަތޮޅުގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެފައިވާއިރު،  އިންފްލުއެންޒާއަށް މި އަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 2240 ސާމްޕަލްގެ ތެރެއިން 856 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމާއި، ބަލިން ރައްކާތެރިވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ރޯގާ ޖެހިއްޖެނަމަ އާއްމުވެ އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދު ކުރުމަށްޓަކައި ވެސް ރަށުތެރެ ސާފުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވެ އެވެ. 

އެޗް.ޕީ.އޭޑެންގީ ހުންބޭރަށް ހިންގުންއިންފުލުއެންޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ

ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ

09 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

04 ޖޫން 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

02 ޖޫން 2026
ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

30 މެއި 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު