Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއެލާ

މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ

ވެނެޒުއެލާގެ ވެރި ރަށް ކަރަކަސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޑެލްސީ ވިދާޅުވެފައި ވަނީ، އެމެރިކާ އިން ވެނެޒުއެލާގެ ލީޑަރު ހައްޔަރު ކުރުމަށް ފަހު، އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު އަލުން ޑިޕްލިމެޓިކް ގުޅުން ފެށިފައިވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 08:36
ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް.

ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް. | ގެޓީ އިމޭޖަސް

އެމެރިކާާ އިން ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކުރި ފަހުން، އެ ޤައުމު ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ އެވެ. 

މަދޫރޯގެ ނައިބު ރައީސާގެ ގޮތުގައި ހުންނެވީ ޑެލްސީ ވެނެޒުއެލާގެ ވަގުތީ ރައީސާގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ، އެމެރިކާ އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަދޫރޯ ހައްޔަރު ކުރުމާ ގުޅިގެންނެވެ. އެއީ އެމެރިާކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. 

ވެނެޒުއުލާގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޑެލްސީ ވަނީ، ޕްރައިވެޓް އިންވެސްޓްމަންޓާއި ބޭރުގެ ޝައުޤުވެރިކަމަށް އެ ޤައުމު ހުޅުވާލައްވައިފަ އެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަވަނީ މިކަންކަން ވަރަށް ގާތުން ބައްލަވަމުންނެވެ. 

ވެނެޒުއެލާގެ ވެރި ރަށް ކަރަކަސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޑެލްސީ ވިދާޅުވެފައި ވަނީ، އެމެރިކާ އިން ވެނެޒުއެލާގެ ލީޑަރު ހައްޔަރު ކުރުމަށް ފަހު، އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު އަލުން ޑިޕްލިމެޓިކް ގުޅުން ފެށިފައިވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. 

އެއާ އެކު ޑެލްސީ ވިދާޅުވީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހަކީ، ޤައުމީ ސިޔާދަތުގައި އަދި ބައިނަލްއަޤުވާމީ ގުޅުން ތަކަށް ބަލާއިރު ފާހަގަ ކޮށްލެވޭ ދުވަހެއް ކަަމަށެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ބައިނަލްއަޤުވާމީ މެހެމާނުންނާ މުޚާތަބު ކުރައްވައި ޑެލްސީ ވިދާޅުވީ، މިހާރު ވެނެޒުއެލާ އިން ދެކެމުން ދަނީ މީގެ ކުރިން ޚިޔާލު ކުރެވުނު ކަންކަމެއް ނޫން ކަމަށެވެ. 

ޑެލްސީ ވިދާޅުވީ ފާއިތުވި ހަ މަސް ދުވަހަށް ބަލާއިރު، މިހާރު ވެނެޒުއެލާ އޮތީ ރަނގަޅު މަގުގައިކަން އިޙުސާސް ކުރެވޭ ކަމަށެވެ. އަދި ވެނެޒުއެލާ އާއި އެމެރިކާއާ ދެމެދު ހުރި ޚިޔާލު ތަފާތުވުންތައް ޑިޕްލޮމެޓިކް މަގުން ޙައްލު ކުރެވިދާނެ ކަމަށް ވެސް ޑެލްސީ ވަނީ ވިދާޅުވެފައި އެވެ. އެެމެރިކާ އާއި ވެނެޒުއެލާ އިން މިހާރު އަންނަނީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ޓްރަމްޕްގެ އަމުރަށް ހައްޔަރު ކޮށްގެން ގެންދިޔަ ވެނެޒުއެލާގެ ކުރީގެ ރައީސް މަދޫރޯ ހުންނެވީ، އެމެރިކާގެ ނިއު ޔޯކުގެ ޖަލެއްގައި ބަންދު ކޮށްފައި އެވެ. 

މަސްދަރު: އޭއެފްޕީ

ވެނެޒުއޭލާއެމެރިކާ-ވެނެޒުއެލާނިކޮލަސް މަދޫރޯޑެލްސީ ރޮޑްރިގޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

މަދޫރޯއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރި ވެރިޔާ ސާބް އެމެރިކާ އަށް ފޮނުވާލާފައިވާ ކަމަށް ވެނެޒުއެލާ އިން ހާމަ ކޮށްފި

މަދޫރޯއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރި ވެރިޔާ ސާބް އެމެރިކާ އަށް ފޮނުވާލާފައިވާ ކަމަށް ވެނެޒުއެލާ އިން ހާމަ ކޮށްފި

17 މެއި 2026
ވެނެޒުއެލާގެ ވަގުތީ ރައީސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލައިފި

ވެނެޒުއެލާގެ ވަގުތީ ރައީސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލައިފި

02 އެޕްރީލު 2026
ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

26 މާރިޗު 2026
އިކުއެޑޯ ގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

އިކުއެޑޯ ގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

05 މާރިޗު 2026
ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު