Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް: ފައިސަލް

14 އޯގަސްޓު 2026 | ހުކުރު 08:02

އެމްޑީޕީން ބޭއްވި "ދަތިވެއްޖެ" މުޒާހަރާގައި ވާހަކަ ދައްކަވަމުން ކުރީގެ ނައިބު ރައީސް ފައިސަލް ވިދާޅުވީ، ޑޮލަރުގެ އަގު އުފުލި ޒަރޫރީ ތަކެތި ހޯދުމަށް ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް. ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޯގަސްޓު 2026 | ހުކުރު 08:02
ދަތިވެއްޖެ މުޒާހަރާގެ ތެރެއިން. މި މުޒާހަރާގައި ގިނަ ރައްޔިތުން ބައިވެރިވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވޭ.

ދަތިވެއްޖެ މުޒާހަރާގެ ތެރެއިން. މި މުޒާހަރާގައި ގިނަ ރައްޔިތުން ބައިވެރިވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވޭ. | ދައުރު

ރައްޔިތުން ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މި ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި "ދަތިވެއްޖެ" މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ރާއްޖޭގެ ކޮންމެ ގެއަކުން ވެސް މިއަދު ދައްކަނީ އިންތިހާއަށް ދަތިވެގެން އުޅޭ ވާހަކަ ކަމަށެވެ.

އެގޮތުން ބޭސްކޮޅާއި ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި، ރައްޔިތުން ދަތި އުނދަގުލުން ހޯދި އެތައް ހައްގުތަކެއް މިއަދު ގެއްލިގެން ގޮސްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

މީގެއިތުރުން ޑޮލަރު ހޯދުމަށް އިންތިހާއަށް ދަތިވެ، ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް މައްޗަށް ދިއުމުގެ ސަބަބުން ރައްޔިތުން ބޭނުންވާ ކަންތައްތައް ނުކުރެވި އާދޭސްކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ސަރުކާރުން ނުކުރަންޖެހޭ އެތައް ކަމެއް ކޮށް، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރަނީ ވަކި ބޭނުމެއްގައި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް އިސްލާހުތަކާއި މި ހައްގުތައް ހޯދުމަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކެއް ހުއްޓާއެއް ނުލާނަން. މިއަދު މި ތަނުންވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މި ގޮތަށް ވާރޭގައި ވެސް، އަވީގައި ވެސް، ގަދަހޫނުގައި ވެސް އެމްޑީޕީން ރާއްޖޭގެ އިސްލާހަށް ލޯބިކުރާ ހައްގުތަކަށް ލޯބިކުރާ މީހުން ނުކުންނާނެ
ފައިސަލް ނަސީމް

މީގެއިތުރުން ފައިސަލް ވިދާޅުވީ، ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމަށާއި، އެގޮތަށް އަމަލު ކޮށްގެން ގައުމުގެ ހާލަތު ރަނގަޅު ނުވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

އަދި އެމްޑީޕީން ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާއި ހެޔޮވެރިކަން ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ވެސް ފައިސަލް ދެއްވި އެވެ. 

ފައިސަލް ނަސީމްއެމްޑީޕީދަތިވެއްޖެ މުޒާހަރާރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު

14 އޯގަސްޓު 2026
ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު
14 އޯގަސްޓު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު

14 އޯގަސްޓު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު
13 އޯގަސްޓު 2026

ރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން" ގެ ހާލަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

13 އޯގަސްޓު 2026
ރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން" ގެ ހާލަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
12 އޯގަސްޓު 2026

މިސަރުކާރުގައި މިހާތަނަށް ގިނަ އަދަދަކަށް ސީޕީންނާއި ވަޒީރުން ބަދަލުކޮށްފައިވޭ، މިކަމުން އެކަނިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވޭ: ފައިސަލް

12 އޯގަސްޓު 2026
މިސަރުކާރުގައި މިހާތަނަށް ގިނަ އަދަދަކަށް ސީޕީންނާއި ވަޒީރުން ބަދަލުކޮށްފައިވޭ، މިކަމުން އެކަނިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވޭ: ފައިސަލް
12 އޯގަސްޓު 2026

10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

12 އޯގަސްޓު 2026
10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި
11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026

މިސަރުކާރުގައި އުޅެނީ މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމަށް ފައިސަލް ވިދާޅުވެއްޖެ

11 އޯގަސްޓު 2026
މިސަރުކާރުގައި އުޅެނީ މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމަށް ފައިސަލް ވިދާޅުވެއްޖެ
11 އޯގަސްޓު 2026

ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ

11 އޯގަސްޓު 2026
ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ  މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ
09 އޯގަސްޓު 2026

ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި

09 އޯގަސްޓު 2026
ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި
09 އޯގަސްޓު 2026

މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް

09 އޯގަސްޓު 2026
މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް