Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ދެކުނު ކޮރެއާ ބަލިކޮށް، ތާރީޚީ ކާމިޔާބާ އެކު ދެކުނު އެފްރިކާ ދެ ވަނަ ބުރަށް

މޮޅާ އެކު ދެކުނު އެފްރިކާ ވަނީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ގުރޫޕުގެ ދެ ވަނަ ހޯދާފައި. ދެކުނު އެފްރިކާ އަތުން ބަލިވި ދެކުނު ކޮރެއާ އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގައި. އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު އޮތީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމު ތަކުގެ ތެރޭގައި ހިމެނިގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2026 | ބުރާސްފަތި 03:16
މެޗުގައި ލަނޑު ޖެހުމަށް ފަހު ދެކުނު އެފްރިކާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ދެކުނު އެފްރިކާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އޭގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ދެކުނު އެފްރިކާ އިން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ކުޅުނު މެޗު ދެކުނު އެފްރިކާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ދެކުނު އެފްރިކާ އިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގައި އެވެ. 

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިފައި އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. 

މެޗުގެ ދެ ވަނަ ހާފުގެ 63 ވަނަ މިނެޓުގައި ދެކުނު ކޮރެއާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ތަޕެލޯ މަސެކޯ އެވެ. 

މޮޅާ އެކު ދެކުނު އެފްރިކާ ވަނީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ގުރޫޕުގެ ދެ ވަނަ ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ވަނީ ޗެކް ރިޕަބްލިކާ އެއްވަރު ކޮށްފައި އެވެ. ތިން ވަނަ މެޗުގައި ދެކުނު ކޮރެއާ ބަލިކޮށް، ދެ ވަނަ ބުރުން ޖާގަ ހޯދީ އެވެ. މިއީ ދެކުނު އެފްރިކާ އިން މުބާރާތުގެ ގުރޫޕު ސްޓޭޖު ފަހަނަ އަޅައި ދިޔަ ފުރަތަމަ ފަހަަރެވެ.

ދެކުނު އެފްރިކާ އަތުން ބަލިވި ދެކުނު ކޮރެއާ އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އެވެ. އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު އޮތީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމު ތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ފީފާ ވާރލްޑް ކަޕް 2026ދެކުނު ކޮރެއާ ޤައުމީ ފުޓުބޯޅަ ޓީމުދެކުނު ކޮރެއާ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

25 ޖޫން 2026

ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް

25 ޖޫން 2026
ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް
25 ޖޫން 2026

ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި

25 ޖޫން 2026
ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި
25 ޖޫން 2026

ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް

25 ޖޫން 2026
ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް
25 ޖޫން 2026

ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް

25 ޖޫން 2026
ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް
24 ޖޫން 2026

39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް

24 ޖޫން 2026
39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު