Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޓިއުނީޝިއާ ބަލިކޮށް ނެދަލެންޑްސް އަށް އެއް ވަނަ، ޖަޕާން އާއި ސްވިޑެން ވެސް އަނެއް ބުރަށް

ނެދަލެންޑްސް އަށް ގުރޫޕުގެ އެއް ވަނަ ލިބުނީ ތިން މެޗުން ހަތް ޕޮއިންޓާ އެކު. ފަސް ޕޮއިންޓާ އެކު ޖަޕާން އަށް ދެ ވަނަ ލިބުނުއިރު، ތިން ވަނަ އަށް ދިޔަ ސްވިޑެން އަށް ލިބެނީ ހަތަރު ޕޮއިންޓު. ތިން ޓީމަަށް ވެސް ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ލިބިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖޫން 2026 | ހުކުރު 02:35
މެޗުގައި ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެފްގައި ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނެދަލެންޑްސް އިން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 3-1 އިންނެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ނެދަލެންޑްސް އަަށް ލީޑު ލިބުނީ ޓިއުނީޝިއާގެ އެލްޔެސް ޝިކީރީ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. 

އޭގެ ހަތަރު މިނެޓު ފަހުން ބްރަޔަން ބްރޮބީ ވަނީ ނެދަލެންޑްސްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޓިއުނީޝިއާގެ ހަމައެކަނި ލަނޑު ޖެހީ ހަޒެމް މަސްތޫރީ އެވެ.

އޭގެ ފަހުން މެޗުގައި ނެދަލެންޑްސްގެ ތިން ވަނަ ލަނޑު 62 ވަނަ މިނެޓުގައި ޖެހީ ޕައުލް ވެން ހެކާ އެވެ.

މި ގުރޫޕުގައި ޖަޕާން އާއި ސްވިޑެން ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޑައިޒެން މައޭޑާގެ ލަނޑުން ޖަޕާން އިން ލީޑު ހޯދާފައި ވަނިކޮށް، ސްވިޑެން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންތަނީ އެލަންގާ އެވެ.

މިއާ އެކު ނެދަލެންޑްސް އަށް ގުރޫޕުގެ އެއް ވަނަ ލިބުނީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ފަސް ޕޮއިންޓާ އެކު ޖަޕާން އަށް ދެ ވަނަ ލިބުނުއިރު، ތިން ވަނަ އަށް ދިޔަ ސްވިޑެން އަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ތިން ޓީމަަށް ވެސް ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ލިބިފައި އެވެ. 

ފީފާ ވާރލްޑް ކަޕް 2026ނެދަލެންޑްސްގެ ގައުމީ ޓީމުޓިއުނީޝިއާ ޤައުމީ ފުޓުބޯޅަ ޓީމުޖަޕާން ޤައުމީ ފުޓުބޯޅަ ޓީމުސްވިޑަން ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

26 ޖޫން 2026

އެކުއެޑޯ އަތުން ޖަރުމަނު ބަލިވިއިރު، އައިވަރީ ކޯސްޓަަށް ތާރީޚާ ކާމިޔާބެއް

26 ޖޫން 2026
އެކުއެޑޯ އަތުން ޖަރުމަނު ބަލިވިއިރު، އައިވަރީ ކޯސްޓަަށް ތާރީޚާ ކާމިޔާބެއް
25 ޖޫން 2026

މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ކްލޯސާ

25 ޖޫން 2026
މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ކްލޯސާ
25 ޖޫން 2026

ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ދެ ވަނަ ބުރަށް

25 ޖޫން 2026
ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ދެ ވަނަ ބުރަށް
25 ޖޫން 2026

ދެކުނު ކޮރެއާ ބަލިކޮށް، ތާރީޚީ ކާމިޔާބާ އެކު ދެކުނު އެފްރިކާ ދެ ވަނަ ބުރަށް

25 ޖޫން 2026
ދެކުނު ކޮރެއާ ބަލިކޮށް، ތާރީޚީ ކާމިޔާބާ އެކު ދެކުނު އެފްރިކާ ދެ ވަނަ ބުރަށް
25 ޖޫން 2026

ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް

25 ޖޫން 2026
ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް
25 ޖޫން 2026

ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި

25 ޖޫން 2026
ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި
25 ޖޫން 2026

ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް

25 ޖޫން 2026
ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް
25 ޖޫން 2026

ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް

25 ޖޫން 2026
ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް
24 ޖޫން 2026

39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް

24 ޖޫން 2026
39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް
24 ޖޫން 2026

ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ

24 ޖޫން 2026
ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު