Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ: ކްލޯސާ

25 ޖޫން 2026 | ބުރާސްފަތި 08:44

މެސީގެ ކާމިޔާބަށް މަރުޙަބާ ކިޔަމުން ކްލޯސާ ބުނެފައި ވަނީ، މެސީ އަކީ އާދައިގެ ކުޅުންތެރިޔެއް ނޫން ކަމަށް، އޭނާ އަބަދު ވެސް ބުނަމުން އަންނަ ކަމަށް. އަދި އޭނާގެ ނަޒަރުގައި މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ކްލޯސާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2026 | ބުރާސްފަތި 08:44
ޖަރުމަނުގެ މިރޮސްލާބް ކްލޯސާ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

ޖަރުމަނުގެ މިރޮސްލާބް ކްލޯސާ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ރޮއިޓާސް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް، ޖަރުމަނުގެ ލެޖެންޑް މިރޮސްލާވް ކްލޯސާ ބުނެފި އެވެ.

ކްލޯސާ މިހެން ބުނެފައި ވަނީ ފީފާ ވޯލްޑް ކަޕްގައި އޭނާ ޤާއިމު ކޮށްފައިވާ ރެކޯޑު މެސީ މުގުރާލުމާ ގުޅިގެންނެވެ. މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލި އިރު، 16 ލަނޑު ޖަހައިގެން ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޮތީ ކްލޯސާ އަތުގަ އެވެ. 

ނަމަވެސް، މުބާރާތުގައި އާޖެންޓީނާ އިން އަލްޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ އެ ރެކޯޑާއި އަރާ ހަމަ ކޮށްފަ އެވެ. އަދި ގުރޫޕުގައި ކުޅުނު ދެވަނަ މެޗުގައި އޮސްޓްރިއާ އާ ދެކޮޅަށް ކުޅެ ލަނޑު ޖަހައިގެން ވަނީ އެ ރެކޯޑު މުގުރާލައިފަ އެވެ. މެސީ ވަނީ މިހާތަނަށް ވޯލްޑް ކަޕްގައި 18 ލަނޑު ޖަހައިފަ އެވެ.

މެސީގެ ކާމިޔާބަށް މަރުޙަބާ ކިޔަމުން ކްލޯސާ ބުނެފައި ވަނީ، މެސީ އަކީ އާދައިގެ ކުޅުންތެރިޔެއް ނޫން ކަމަށް އޭނާ އަބަދު ވެސް ބުނަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ނަޒަރުގައި މެސީ އަކީ ހުރިހާ ޒަމާނެއްގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ކްލޯސާ ބުންޏެވެ. 

މުބާރާތުގެ ކުރިން ކްލޯސާ ބުނެފައި ވަނީ އޭނާގެ ރެކޯޑު މުގުރާލާނެކަން އިނގޭ ކަމަށާއި، އެކަން ކުރާނީ މެސީ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެކަން ކުރުމަށް އަބަދު ވެސް މެސީ އަށް މަރުޙަބާ ކިޔާ ކަމަށް ވެސް ކްލޯސާ ބުނެފައިވެ އެވެ. އެކަން ފާހަގަކޮށް އޭރު ވެސް ކްލޯސާ ބުނެފައި ވަނީ، އޭނާ އަކީ މެސީ އަށް ވަރަށް ސަޕޯޓު ކުރާ މީހެއް ކަމަށެވެ. 

ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ދެ ވަނައިގައި މިހާރު އޮތީ 16 ލަނޑާ އެކު ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އާއި، ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ. 

ފީފާ ވާރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުމިރޮސްލާވް ކްލޯސްލިއޮނެލް މެސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖޫން 2026

ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ދެ ވަނަ ބުރަށް

25 ޖޫން 2026
ފުރިހަމަ ރެކޯޑާ އެކު މެކްސިކޯ ދެ ވަނަ ބުރަށް
25 ޖޫން 2026

ދެކުނު ކޮރެއާ ބަލިކޮށް، ތާރީޚީ ކާމިޔާބާ އެކު ދެކުނު އެފްރިކާ ދެ ވަނަ ބުރަށް

25 ޖޫން 2026
ދެކުނު ކޮރެއާ ބަލިކޮށް، ތާރީޚީ ކާމިޔާބާ އެކު ދެކުނު އެފްރިކާ ދެ ވަނަ ބުރަށް
25 ޖޫން 2026

ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް

25 ޖޫން 2026
ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް
25 ޖޫން 2026

ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި

25 ޖޫން 2026
ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި
25 ޖޫން 2026

ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް

25 ޖޫން 2026
ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް
25 ޖޫން 2026

ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް

25 ޖޫން 2026
ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް
24 ޖޫން 2026

39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް

24 ޖޫން 2026
39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް
24 ޖޫން 2026

ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ

24 ޖޫން 2026
ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ
24 ޖޫން 2026

މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!

24 ޖޫން 2026
މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!
24 ޖޫން 2026

ދެ ދުވަސް ކުރިން ދަތުރު ކުރުމުގެ ހުއްދަޔާ އެކު، އެމެރިކާ އިން އިން އީރާން އަށް ލުއި ތަކެއް ދީފި

24 ޖޫން 2026
ދެ ދުވަސް ކުރިން ދަތުރު ކުރުމުގެ ހުއްދަޔާ އެކު، އެމެރިކާ އިން އިން އީރާން އަށް ލުއި ތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް