Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެލެގްރާމް ބްލޮކް

މެޑިކަލް ދާއިރާ އަށް ވަނުމަށް ބާއްވާ އިމްތިހާނުގައި މަކަރު ހަދާފާނެތީ އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފި

އިންޑިއާގެ މެޑިކަލް އެންޓްރަންސް އިމްތިހާނު (NEET-UG) ލީކުވި މައްސަލައިގައި އިމްތިހާނު އަލުން ބާއްވަން ނިންމައި، މަކަރު ހެދުން ހުއްޓުވުމަށްޓަކައި އެ ގައުމުގައި ޓެލެގްރާމް ބްލޮކްކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. މި ފިޔަވަޅަކީ އިމްތިހާނުގެ ސައްހަކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏަސް، މިއީ އަސްލު މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށް ބުނެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ފާޑުކިޔަމުން.

ރާއްޖެ އެމްވީ | 16 ޖޫން 2026 | އަންގާރަ 10:03
2026 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ހައިދަރުއާބާދުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން، ބައެއް މީހުން ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި މަންޒަރު.

2026 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ހައިދަރުއާބާދުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން، ބައެއް މީހުން ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި މަންޒަރު. | އޭޕީ

އިންޑިއާގެ މެޑިކަލް ދާއިރާއަށް ވަނުމަށް ބާއްވާ މުހިންމު އިމްތިހާނެއް އަލުން ބޭއްވުމަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އިމްތިހާނުގައި މަކަރު ހެދުމަށް ބޭނުންކޮށްފާނެ ކަމުގެ ބިރު އޮތުމުން އެ ގައުމުގައި ޓެލެގްރާމް އެޕްލިކޭޝަން ވަގުތީ ގޮތުން ބްލޮކްކޮށްފިއެވެ.

މިދިޔަ މެއި މަހު ބޭއްވި 'ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރަންސް ޓެސްޓް - އަންޑަގްރެޖުއޭޓް' (އެންއީއީޓީ-ޔޫޖީ) އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވި ކަމަށް ބުނާ މައްސަލަތަކަކާ ގުޅިގެން އެ އިމްތިހާނު ބާތިލުކުރުމަށްފަހު، ޖޫން މަހުގެ 21 ވަނަ ދުވަހު އެތައް މިލިއަން ދަރިވަރުންނެއް މި އިމްތިހާނު އަލުން ހަދާނެއެވެ.

މި އިމްތިހާނު ބާއްވާ އިދާރާ ކަމަށްވާ ނޭޝަނަލް ޓެސްޓިންގ އެޖެންސީ (އެންޓީއޭ) އިން މި ނިންމުމަށް މަރުހަބާ ކިޔާފައިވެއެވެ. އެ އިދާރާއިން ބުނީ މި ފިޔަވަޅު އެޅީ އިމްތިހާނުގައި މަކަރު ހަދާ ގްރޫޕްތަކުން ކެންޑިޑޭޓުންނަށް އޮޅުވާލުމަށްޓަކައި ރޭވުންތެރިކަމާއެކު ޓެލެގްރާމް ބޭނުންކުރަމުންދާތީ އެކަމަށް އިޖާބަދިނުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ވަނީ މި ނިންމުމަށް ފާޑުކިޔާފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އިމްތިހާނުތަކުގައި މަކަރު ހެދުމުގެ ބޮޑު މައްސަލައަށް އޮތް ވަގުތީ ހައްލެކެވެ.

މިކަމާ ގުޅިގެން ޓެލެގްރާމުން އަދި މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. 

ސަރުކާރުން މިކަން އިއުލާނުކުރިތާ އެތައް ގަޑިއިރެއް ފަހުންވެސް އިންޑިއާގައި ޓެލެގްރާމް ބޭނުންކުރެވެމުންދާއިރު، މި މަނާކުރުން ތަންފީޒުކުރާނީ ކިހިނެއްކަމެއް އަދި ސާފެއް ނުވެއެވެ.

އެހެންނަމަވެސް، މި ފިޔަވަޅާއެކު އިންޑިއާގެ މެޑިކަލް ކޮލެޖުތަކަށް ވަނުމަށް އޮތް ހަމައެކަނި މަގު ކަމަށްވާ އެންއީއީޓީ-ޔޫޖީ އިމްތިހާނާއި، އެ އިމްތިހާނާ ގުޅިގެން ފެންމަތިވެފައިވާ މައްސަލަތައް އަނެއްކާވެސް ވަނީ ސަމާލުކަމަށް އައިސްފައެވެ.

މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހު އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުރި 5،000 އަށްވުރެ ގިނަ ސެންޓަރުތަކުގައި ގާތްގަނޑަކަށް 2.28 މިލިއަން ކެންޑިޑޭޓުން މި އިމްތިހާނު ހެދިއެވެ. ނަމަވެސް، ޕޭޕަރު ލީކުވި ކަމަށް ބުނެ ގިނަ ބަޔަކު މުޒާހަރާ ކުރަން ފެށުމުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންޓީއޭ އިން ވަނީ އެ އިމްތިހާނު ބާތިލުކޮށްފައެވެ.

މި މައްސަލަ މިހާރު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް 12 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އެންއީއީޓީ އިމްތިހާނު ބާތިލުކުރުމާއި، ސްކޫލް ނިންމާ އިމްތިހާނެއްގެ މާކްސް ދިނުމުގައި ދިމާވި އިތުރު މައްސަލައަކާ ގުޅިގެން، ފެޑަރަލް އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަނީ މުޒާހަރާކޮށްފައެވެ.

2024 ވަނަ އަހަރުގެ އެންއީއީޓީ އިމްތިހާނުގައިވެސް، ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް އާދަޔާ ހިލާފަށް މަތީ މާކްސް ލިބުމާ ގުޅިގެން، ޕޭޕަރު ލީކުވުމާއި، މަކަރު ހެދުމާއި، 'ގްރޭސް މާކްސް' ދިނުމުގައި އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ.

އަންގާރަ ދުވަހު އެންޓީއޭ އިން ބުނީ، އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން، އިމްތިހާނު އަލުން ބާއްވާ ދުވަހުގެ ފަހު ދުވަސް ކަމަށްވާ ޖޫން 22 އާ ހަމައަށް ޓެލެގްރާމް ބްލޮކް ކުރުމަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޕޭޕަރު ލީކުވި ކަމުގެ ދޮގު ހެކި އުފެއްދުމަށް ޓެލެގްރާމްގެ މެސެޖު އެޑިޓްކުރާ ފީޗާ ބޭނުންކުރަމުންދާތީ، ޖޫން 30 އާ ހަމައަށް އެ ފީޗާވެސް އިންޑިއާގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް މިނިސްޓްރީން އެދިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ އިންޑިއަން ސައިބަރ ކްރައިމް ކޯޑިނޭޝަން ސެންޓަރު (އައި4ސީ) އިން، އެންޓީއޭ އާއި ތަންފީޒީ އިދާރާތަކުން ދިން މައުލޫމާތަށް ބިނާކޮށް، މަކަރާއި ހީލަތް ހެދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ޓެލެގްރާމް ޗެނަލްތަކާއި، ގްރޫޕްތަކާއި ބޮޓްތައް ނައްތާލާފައިވާ ކަމަށްވެސް އެންޓީއޭ އިން ބުންޏެވެ.

އެންޓީއޭ އިން ތުހުމަތުކުރާ ގޮތުގައި ބައެއް ޗެނަލްތައް ހިންގާ ފަރާތްތަކުން ވަނީ އަލުން ބާއްވާ އިމްތިހާނުގެ ޕޭޕަރު ދޭނެ ކަމަށް ބުނެ ކެންޑިޑޭޓުންނާއި އެމީހުންގެ އާއިލާތަކުގެ އަތުން އެތައް ލައްކަ ރުޕީސްއަކަށް އެދިފައެވެ. ނަމަވެސް، ރައްކާތެރިކަމާއެކު ބަލަހައްޓަމުންދާ އިމްތިހާނުގެ ނިޒާމުން ބޭރުގައި އެއްވެސް ޕޭޕަރެއް ނުހުންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އަމިއްލަ ކަންކަމާއި، ތައުލީމީ އަދި ވަޒީފާގެ ބޭނުންތަކަށް ޓެލެގްރާމް ބޭނުންކުރާ އިންޑިއާގެ ރައްޔިތުންނަށް މި މަނާކުރުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށްޓަކައި ހިތާމަކުރާ ކަމަށްވެސް އެންޓީއޭ އިން ބުންޏެވެ.

އެޕްލިކޭޝަން ބްލޮކް ކުރުމުގެ މަގްސަދަކީ އިމްތިހާނުގެ މަކަރު ހެދުން ހުއްޓުވުން ކަމަށް ވީނަމަވެސް، ގިނަ ބަޔަކު ދަނީ މި ފިޔަވަޅަށް ފާޑުކިޔަމުންނެވެ.

އިންޑިއާގެ ޑިޖިޓަލް ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނެޓް ފްރީޑަމް ފައުންޑޭޝަން (އައިއެފްއެފް) އިން ބުނީ، މި ނިންމުމަކީ ދެފުށް ފެންނަ ނިންމުމެއް ނޫން ކަމަށާއި މިއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.

އިންޑިއާޓެލެގްރާމްއެންއީއީޓީ-ޔޫޖީނޭޝަނަލް ޓެސްޓިންގ އެޖެންސީސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއިންޓަނެޓް ފްރީޑަމް ފައުންޑޭޝަން

އިތުރަށް ކިޔާލަން

13 ޖޫން 2026

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ

13 ޖޫން 2026
އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ
11 ޖޫން 2026

އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ

11 ޖޫން 2026
އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ
29 މެއި 2026

އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި

29 މެއި 2026
އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި
22 މެއި 2026

އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރުމާގެ ކުއްލި މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް!

22 މެއި 2026
އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރުމާގެ ކުއްލި މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް!
22 މެއި 2026

އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

22 މެއި 2026
އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު