Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މެންޓަލް ހޮސްޕިޓަލް

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

ލ. ގަމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ނަފުސާނީ ހޮސްޕިޓަލެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށް ވީނަމަވެސް، ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލީހުގައި ވިދާޅުވީ މާލެއިން ބޭރުގައި މިފަދަ ހޮސްޕިޓަލެއް އެޅުމަށް ދިރާސާއެއް ކުރެވިފައި ނެތް ކަމަށާއި، ހިދުމަތް ހޯދާ މީހުން ގިނަވުމުން ހުޅުމާލޭގައި އެ ހޮސްޕިޓަލް އެޅުމަށް ބިން ކަނޑައަޅާފައިވާ ކަމަށް. ކުރީގެ ހެލްތު މިނިސްޓަރު ޑރ. ހަލީލް ދެއްކެވި ވާހަކަފުޅުތަކުގައި މާލެ ސަރަހައްދުގައި އެފަދަ ހޮސްޕިޓަލެއް އެޅުމަކީ ކަމުދާ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 13:57
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީއާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަނީ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީއާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަނީ. | ރައްޔިތުންގެ މަޖިލިސް

ލ. ގަމުގައި އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ޤާއިމުކުރައްވާނެކަމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ރިޔާސީ ވައުދެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ފަހުން އެމަނިކުފާނު ވަނީ އެކަން އޮޅޭ ގޮތަށް މާލެ ސަރަހައްދުގައި ވެސް އެފަދަ ހޮސްޕިޓަލެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، މެންޓަލް ހޮސްޕިޓަލަކީ ޑިޒައިންކޮށް، ޢޯޕަން ސްޕޭސް ފަދަ ހުރިހާ ކަމެއް ހިމެނޭ ގޮތައް ލ. ގަމުގައި އަޅަން ނިންމާފައިވާ ތަނެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މާލެ ސިޓީގެ ސަރަހައްދުން ވެސް މިހާރު މެންޓަލް ހޮސްޕިޓަލެއް އެޅުމަށް އެފަދަ ބިމެއް ހޯދާފައިވާކަމަށެވެ.

އެހެން ކަމުން މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އަޅަން މިއުޅެނީ އެއް މެންޓަލް ހޮސްޕިޓަލު ކަމެއް ދެ ހޮސްޕިޓަލު ކަމެއް ސާފެއް ނުވެއެވެ.

ނޫސްވެރިންނަށް ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ލ. ގަމުގެ މި މަޝްރޫއަށް ބޭރުގެ ލޯނު އެހީގެ ބޭނުމަށް ހުށަހެޅީ ޕްރޮޕޯސަލް އެއްކަމަށެވެ. އެ ޕްރޮޕޯސަލް ގެ ޖުމްލަ އަދަދަކީ 18 މިލިއަން ޑޮލަރު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެ މަޝްރޫއު ކުރިއަށް ގެންދާނަމަ އެއަށްވުރެ ހަރަދު ކުޑަ ވާނެ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން އަޅާ ހޮސްޕިޓަލަކީ މާލެ ސަރަހައްދުގައި އަޅާ ހޮސްޕިޓަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި މޭރުމުން ރައީސް ވާހަކަފުޅު ދައްކަވާފައިވަނިކޮށް، އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒުގެ 3 ވަނަ ހެލްތް މިނިސްޓަރ ގީލާ އަލީ ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލެއް މާލެ ސަރަހައްދުން ބޭރުގައި ޤާއިމްކުރުމަށް ވަކި ދިރާސާއެއްކުރެވިފައި ނެތްކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވި އިރު، 2024 ވަަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު، ލ. ގަމުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ، ރިޔާސީ ވައުދު ތަކުރާރު ކުރައްވަމުން، ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެރަށުގައި ބައިނަލް އަގްވާމީ މެންޓަލް ހޮސްޕިޓަލެއް އަޅުއްވައިދެއްވާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވަނީ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވަނީ.

ރައީސް މުއިއްޒު މި މޭރުމުން ލ.ގަމުގައި ވާހަކަފުޅު ދެއްކެވުމުގެ ކުރިން، އެމަނިކުފާނުގެ ފުރަތަމަ ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު ވެސް ވަނީ އެ ރަށުގައި މެންޓަލް ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

"މިހާރު" ނޫހަށް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ޚަލީލް ވިދާޅުވީ، ގަމުގައި އެޅުމަށް ކުރީ ސަރުކާރުން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، މެންޓަލް ހޮސްޕިޓަލް އަޅާނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ގަމުގައި ކަމަށެވެ.

އޭރުގެ ހެލްތް މިނިސްޓަރ ވަނީ މާލެ އިން ބޭރުގައި އެފަދަ ހޮސްޕިޓަލެއް އެޅުމުގެ މުހިންމު ކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ހާއްސަ ހޮސްޕިޓަލެއް އެ ރަށުގައި އެޅުން މުހިއްމު ވެގެން ދަނީ. ގަމުގައި ކެންސަރު ހޮސްޕިޓަލްގެ ބަދަލުގައި މި ދަނީ މެންޓަލް ހޮސްޕިޓަލަކަށް. މެންޓަލް ހޮސްޕިޓަލެއްގައި މީގައި މާލެ ސަރަހައްދަށް ވުރެ ރަނގަޅު ފަރުވާއެއް މި ލިބެނީ އަތޮޅުތަކުން. އެއީ ގުދުރަތީ ޖައްވު ސާފުވުމާއި ގްރީނަރީއާ، މި ހުރިހާ ކަމަކީ މި ކަހަލަ ފަރުވާއަކަށް މުހިއްމު ކަންތައްތައް." "މިހާރު" ނޫހަށް ދެއްވި ބަސްދީގަތުމުގައި ހަލީލް ވިދާޅުވި އެވެ.

އެ ބަސްދީގަތުމުގައި ޚަލީލު އިތުރަށް ވިދާޅުވީ، ނަފުސާނީ މައްސަލައަށް ފަރުވާ ހޯދާއިރު، މާލެ ކަހަލަ ކޮންސްޓްރަކްޝަން ސައިޓެއްގައި އުޅުމަށް ވުރެ، މީހާގެ ހާލަތަށް ބަދަލެއް އަންނާނީ ގަން ކަހަލަ ޖާގަ ތަނަވަސް، މުސްތަގުބަލް އޮތް ރަށެއްގައި އެކަން ކޮށްގެން ކަމަށެވެ. 

ކުރީގެ ހެލްތް މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، މިހާރުގެ މިނިސްޓަރ ވިދާޅުވީ، އެފަދަ ތަނެއް ޤާއިމްކުރާއިރު އެތަނެއް ހުންނަ ސަރަޙައްދަކުން ޚިދުމަތް ހޯދަމުން އަންނަ މީހުންގެ އަދަދާއި ލިބެންހުރި ވަސީލަތްތަކަށް ބަލަންޖެހޭނެ ކަމަށެވެ. އެގޮތުން، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 70،000 އަށްވުރެ ކޮންސަލްޓޭޝަން ކުރިއަށްގެންގޮސްފައިވާއިރު، މީގެ ތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުގައި ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ބަލި މީހުންވެސް ގިނައީ މާލެ ސަރަހައްދުގައި ކަމަށެވެ. އެކަންކަން އެހެން ހުރުމާއެކު މި ހޮސްޕިޓަލް މާލޭގައި އެޅުމަށް ސަރުކާރުން ނިންމަވައި، ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާކަމަށް ވެސް މިނިސްޓަރ ގީލާ ވިދާޅުވިއެވެ.

މިއަހަރުގެ އޭޕްރީލް މަހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި މާލެ ސަރަހައްދުގައި މެންޓަލް ހޮސްޕިޓަލް ގާއިމް ކުރަން ނިންމާފައިވަނީ ގާތްގަނޑަކަށް 14 ހާސް އަކަފޫޓުގެ ބިމެއްގައި ކަމަށް ވިދާޅުވިއެވެ.

ލ. ގަމުގައި ނެޝަނަލް މެންޓަލް ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމަށް މުއިއްޒު ފުރަތަމަ ވިދާޅުވީ ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ގެ ގޮތުގައި މުއިއްޒު ލ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން އެ އަތޮޅު ގަމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައެވެ.

އެ ދަތުރުފުޅުގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ނެޝަނަލް މެންޓަލް ހޮސްޕިޓަލެއް އަޅުވައިދެއްވާނެ ކަމަށް ކެމްޕޭންގައި އޭގެ ކުރިން ވިދާޅުވެފައިވާ ކަމަށާއި އެ ހޮސްޕިޓަލަކީ ގަމުގައި އަޅާ ހޮސްޕިޓަލް ކަމަށެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގަންޑޮކްޓަރ ޢަބްދުލްله ޚަލީލްގީލާ އަލީމެންޓަލް ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި

ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި

23 ޖޫން 2026
ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ

ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ

23 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު