Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ

ރައީސް މުއިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އިހުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައި. ހޯމް މިނިސްޓަރުގެ މައްޗަށް ރިޝްވަތާއި ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާއިރު، ބިދޭސީންގެ ޑޭޓާ ސާވާ އިން ގެއްލުމާ ގުޅޭގޮތުން އޭނާ ސުވާލު އުފެއްދެވި. މީގެ އިތުރުން، ސަރުކާރު ހިންގާ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ރައްޔިތުންގެ އައިޑެންޓިޓީ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރައްވައި، މި ސަރުކާރާއެކު ގައުމުގެ ހާލަތު ރަނގަޅުވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް މުސްތަފާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖޫން 2026 | ހޯމަ 13:35
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ ކަމަށާއި، މިސަރުކާރުން ހައްލު ކުރުމަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައަކީ ވެސް ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަކީލު މުސްތަފާ ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ހައްދަވާ ދޮގުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެ ދޮގުތަކުގެ މައްޗަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ ކަމަށެވެ.

މިސަރުކާރުން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލަތައް ފާހަގަކުރައްވައި ވަކީލު މުސްތަފާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގައި އިހުލާސްތެރި މަސައްކަތްތަކެއް ނުކުރާ ކަމަށާއި، އެއީ ވެސް ހިންގާ ޖަރީމާއެއް ކަމަށެވެ. 

އެގޮތުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ކޮށްފައިވާ ބޮޑެތި ތުހުމަތުތައް އޭނާ ފާހަގަކުރެއްވި އެވެ. މުސްތަފާ ވިދާޅުވީ ބިދޭސީންގެ ކޯޓާގެ މައްސަލާގައި ރިޝްވަތު ނަގާކަމުގެ ތުހުމަތު ކޮށްފައިވާއިރު، ބިދޭސީންގެ ޑޭޓާ ސާވޭއިން ގެއްލުމަކީ ވެސް އިއްތިފާގެއް ކަމަށެވެ. އަދި ވިދާޅުވީ ކޯޓާގެ މައްސަލާގައި ރިޝްވަތު ދީގެން ކޯޓާ ލިބޭ ކަމަށް ބައެއް ވިޔަފާރިވެރިން ވެސް ބުނަމުންދާ ކަމަށެވެ.

މީގެ އިތުރުން މުސްތަފާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ވެސް ދިވެހީންގެ އައިޑެންޓިޓީ ވަގަށް ނަގާފައިވާ ކަމަށެވެ. މިފަދަ ބޮޑެތި ތުހުމަތުތަކެއް މިނިސްޓަރު އިހުސާންގެ މައްޗަށް ކުރެވޭއިރު، އެބޭފުޅާ އިސްވެ ހުންނަވައި ބިދޭސީންގެ މައްސަލަ މިގައުމުގައި ހައްލު ނުވާނެ ކަމަށެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯމްލޭންޑް ސެކިއުރިޓީއޭ ކިޔާފައި ވަކި ވުޒާރާއެއް އުފައްދާފައި އެ ވުޒާރާގެ ދަށަށް މި ބިދޭސީންގެ ކަންތައް މިދިޔައީ. ބިދޭސީންގެ ކަންތައް ދިޔައިރު އެވުޒާރާއިން ޚާއްސަކޮށް ރައީސް މުއިއްޒު ވެސް ވަރަށް ބޮޑަށް އިސްކަމެއް ދެއްވި ކަމެއް އެއީ ބިދޭސީންގެ ވަނަވަރާއި އައިޑެންޓިޓީ ރައްކާތެރިކޮށް ބަލަހައްޓާ، ދިވެހިރާއްޖޭގައި މިތިބެނީ ކޮންބައެއްތޯ ކިހިނެއް މަސައްކަތް ކުރާ ބައެއްތޯ ބެލުމަށް. ދެން އެހެންވެ އަޅުގަނޑުމެންނަށް ފެނުނު ބޮޑެތި ސަފުތަކެއް ހަދައިގެން ބިދޭސީން ލައްވާ އެމީހުންގެ ފިންގަރ ޕްރިންޓްސް ނަގުވާ މިކަންތައް ކުރިތަން. އެހެންނަމަވެސް އެއްފަހަރު ކޮށްފައި ހަމަ ސާވާގައި ހުއްޓާ އޭތި ގެއްލިގެން ދިޔައީ. އަނެއްކާ ދެވަނަ ފަހަރަށް ވެސް ނަގަން ޖެހުނީ.
ގާނޫނީ ވަކީލު މުސްތަފާ ހަމީދު

މުސްތަފާ ވިދާޅުވީ، މިސަރުކާރާއެކު ގައުމުގެ ހާލަތު ރަނގަޅުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. 

ރައީސް މުއިއްޒަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރީން ވަރަށް އަބުރުވެރި ހުލްގުހެޔޮ ސާދާ ބޭފުޅެއްގެ ގޮތުގައި މައުލޫމާތު ލިބުނު ނަމަވެސް މިހާރު އެއީ ދިވެހި ތާރީހުގައި އެދި މަރިޔަބު ނުވަތަ މަރިޔަމް ކަބާދީއަށް ފަހު ރާއްޖޭގެ ވެރިކަމުގެ ކޮއިލުގެ ތެރޭގައި އެންމެ ހަޑިކޮށް އުޅުއްވާ ބޭފުޅާހެން ހީވާ ކަމަށެވެ. 

އެހެންކަމުން މިފަދަ ވެރިއަކާއެކު މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުސްތަފާ ހަމީދުމިނިސްޓަރު އަލީ އިހުސާންބިދޭސީންގެ މައްސަލަރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުހޯމް މިނިސްޓަރ އަލީ އިހުސާން

އިތުރަށް ކިޔާލަން

22 ޖޫން 2026

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި

22 ޖޫން 2026
ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
20 ޖޫން 2026

މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި

20 ޖޫން 2026
މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
19 ޖޫން 2026

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

19 ޖޫން 2026
ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު