Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި

22 ޖޫން 2026 | ހޯމަ 09:58

ވޭވަށު ފެނަކަ ބްރާންޗުގެ 11 މުވައްޒަފަކު ސިޔާސީ ނުފޫޒާއެކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައި. މި ނިންމުމުގެ ސަބަބުން ރަށުގެ މަސްލަހަތު ގެއްލިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖޫން 2026 | ހޯމަ 09:58
މ.ވޭވަށު ފެނަކަ ބްރާންޗް. އެމުވައްޒަފުން ވަޒީފާއިން ވަކި ކުރާނެ ކަމަށް އަންގާފައިވަނީ އާދިއްތަ ދުވަހު.

މ.ވޭވަށު ފެނަކަ ބްރާންޗް. އެމުވައްޒަފުން ވަޒީފާއިން ވަކި ކުރާނެ ކަމަށް އަންގާފައިވަނީ އާދިއްތަ ދުވަހު. | ފެނަކަ

މ. ވޭވަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.

ރާއްޖެއެމްވީ އަށް ވަނީ ވަކި ކުރި މުވައްޒަފުންގެ ޗިޓްތައް ލިބިފަ އެވެ. އެ މުވައްޒަފުންތައް ވަޒީފާއިން ވަކި ކޮށްފައި ވަނީ 22 ޖޫން 2026 ގަ އެވެ. 

Advertisement - newsAdvertisement

އިތުބާރު ހުރި ފަރާތަކުން ބުނީ ސިޔާސީ ނުފޫޒާއެކު ކުއްލި ގޮތަކަށް 11 މުވައްޒަފުން ވަކި ކޮށްފައިވާ ކަމަށާއި، ވަކި ކުރާނެ ކަމަށް އާދިއްތަ ދުވަހު އެންގި ކަމަށެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރާއި، 2022 ވަނަ އަހަރު ވޭވަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑީއާގައި ފާޑު ކިޔާ ފަރާތްތަކުން ބުނީ، މިއީ ވަކި އާއިލާތަކެއް މަގުމަތި ކޮށްލުމަށް ސަރުކާރުން ހިންގި ނާތަހުޒީބީ އަމަލެއް ކަމަށާއި، މިކަމުގެ ސަބަބުން ރަށު ތެރޭގައި ވެސް މަސްލަހަތު ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ރާއްޖެ މި ގެންދަނީ އިންގިލާބުގެ ތުންފަތް މައްޗަށް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. 

ވޭވަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރިއިރު، އިންތިޚާބުތަކާ ދިމާކޮށް މިސަރުކާރުން ވަނީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބޭނުން ނުވާ މިންވަރަށް މުވައްޒަފުން ނަގާފަ އެވެ. އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑުވެ، މުވައްޒަފުން މަދު ކުރުމަށް މަޖުބޫރުވުމާއެކު އެކި ރަށްތަކުގެ ފެނަކަ ބްރާންޗުތަކުން މުވައްޒަފުން ދަނީ ވަކި ކުރަމުންނެވެ. 

މީގެ އިތުރުން ފެނަކަ މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު 4 ޖޫން 2026ން 14 ޖޫން 2026ށް އެ ފުރުސަތު ދީފައިވެ އެވެ. އަދި މިފުރުސަތުގައި އަމިއްލައަށް ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށް ފެނަކައިން ބުނެފައިވެ އެވެ.

މ. ވޭވަށުފެނަކަރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ޖޫން 2026

ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!

21 ޖޫން 2026
ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!
20 ޖޫން 2026

މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި

20 ޖޫން 2026
މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
19 ޖޫން 2026

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

19 ޖޫން 2026
ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
18 ޖޫން 2026

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

18 ޖޫން 2026
ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް
17 ޖޫން 2026

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

17 ޖޫން 2026
އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް
16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
16 ޖޫން 2026

ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

16 ޖޫން 2026
ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް