Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރޮކޯ

2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ބާއްވާނެ ޤައުމެއް ކަނޑައެޅުމުގެ ބަހުސް ހޫނުވެ، މޮރޮކޯގެ ބޮޑުވަޒީރުގެ ނުރުހުން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އަށް

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:32

ބޮޑުވަޒީރު ވިދާޅުވީ، މި މުބާރާތް ބޭއްވުމުގައި ބައިވެރިވާ ޤައުމުތައް ކަމަށްވާ ސްޕެއިން އަދި ޕޯޗުގަލްއާ މަޝްވަރާނުކޮށް، ފައިނަލް މެޗު މޮރޮކޯގައި ބާއްވާނެކަމުގެ ވައުދުތައް ނުވުމަށް. އަދި މިއީ އިންތިޚާބީ ވައުދުތަކެއްގެ ގޮތުގައި ބޭނުންކޮށްގެން އަވަށްޓެރި ޤައުމުތަކުގެ އިތުބާރު ގެއްލޭ ފަދަ އަމަލުތައް ނުކުރުމަށް ވެސް ބޮޑު ވަޒީރު ގޮވައިލެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:32
މޮރޮކޯގެ ބޮޑުވަޒީރު އަޒީޒް އަޚަންނޫޝް، އަދި މޮރޮކޯގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ފައުޒީ ލަކްޖާ

މޮރޮކޯގެ ބޮޑުވަޒީރު އަޒީޒް އަޚަންނޫޝް، އަދި މޮރޮކޯގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ފައުޒީ ލަކްޖާ | ރޮއިޓާސް

2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު މޮރޮކޯގައި ބާއްވާނެ ކަމަށް ބުނެ ވައުދުތައް ނުވުމަށް އެ ޤައުމުގެ ބޮޑު ވަޒީރު އަޒީޒް އަޚަންނޫޝް، ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އަށް އަންގަވައިފި އެވެ.

ބޮޑު ވަޒީރު މިގޮތަށް އެންގެވީ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބާއްވާނެ ޤައުމަކާ މެދު މޮރޮކޯ އާއި ސްޕެއިންއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ.

މޮރޮކޯގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ފައުޒީ ލަކްޖާ މީގެ ކުރިން ބޭއްވި ސިޔާސީ ހަރަކާތެއްގައި ވިދާޅުވެފައިވަނީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ކަސަބްލަންކާގައި ބޭއްވުމުގެ ޝަރަފު އެ ޤައުމަށް ލިބޭނެ ކަމަށެވެ. ނަމަވެސް ބޮޑު ވަޒީރު އަޒީޒް ވަނީ މިކަމާ ގުޅިގެން ލަކްޖާ އަށް ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.

ބޮޑު ވަޒީރު ވިދާޅުވީ، މި މުބާރާތް ބޭއްވުމުގައި ބައިވެރިވާ ޤައުމުތައް ކަމަށްވާ ސްޕެއިން އަދި ޕޯޗުގަލްއާ މަޝްވަރާ ނުކޮށް، ފައިނަލް މެޗު މޮރޮކޯގައި ބާއްވާނެ ކަމުގެ ވައުދުތައް ނުވުމަށެވެ. އަދި މިއީ އިންތިޚާބީ ވައުދުތަކެއްގެ ގޮތުގައި ބޭނުން ކޮށްގެން އަވަށްޓެރި ޤައުމުތަކުގެ އިތުބާރު ގެއްލޭ ފަދަ އަމަލުތައް ނުކުރުމަށް ވެސް ބޮޑު ވަޒީރު ގޮވައިލެއްވި އެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އަކީ ތާރީޚީ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގައި އެވެ. ނަމަވެސް މުބާރާތުގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުރަތަމަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގަ އެވެ.

މުބާރާތް ބާއްވާނެ ސްޓޭޑިއަމްތަކުގެ ލިސްޓެއް ހުށަހަޅާފައިވީ ނަމަވެސް، ފައިނަލް މެޗު ބާއްވާނެ ވަކި ތަނެއް ފީފާ އިން މިހާތަމަށް ނިންމާފައި ނުވެ އެވެ. ފީފާ އިން ބުނެފައިވަނީ އެކަމާ މެދު ގޮތެއް ނިންމާނީ އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށެވެ. 

ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ރަފައެލް ލޫޒާން ވެސް ވަނީ ފައިނަލް މެޗު ބާއްވަން ޖެހޭނީ ސްޕެއިންގައި ކަމަށް ވިދާޅުވެފައި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޕެއިން އަކީ މިހާރުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވުމާއި، ބޮޑެތި މުބާރާތްތައް ބޭއްވުމުގެ ތަޖުރިބާ ހުރުމުން ފައިނަލް މެޗު ބޭއްވުމަށް އެންމެ އެކަށީގެންވަނީ ސްޕެއިން ކަމަށެވެ. ސްޕެއިންގެ ރެއާލް މެޑްރިޑުގެ ބާނަބައު ސްޓޭޑިއަމް މިހާރު ވަނީ 83،000 މީހުންގެ ޖާގަ އަށް ބޮޑުކޮށްފައި އެވެ. އަދި ބާސެލޯނާގެ ކޭމްޕް ނޯގެ މަރާމާތު ނިމުމުން އެތަނުގައި 105،000 މީހުންނަށް ތިބެވޭނެ އެވެ.

މީގެ އިތުރުން މޮރޮކޯ އިން ވެސް ދަނީ ފައިނަލް މެޗަށް އަމާޒުކޮށްގެން ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ސްޓޭޑިއަމް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ 115،000 މީހުންގެ ޖާގަ ހިމެނޭ ސްޓޭޑިއަމް އެކެވެ. ވޯލްޑް ކަޕްގެ ފައިނަލް ބާއްވާނެ ތަނެއް ކަނޑައެޅުމުގައި ޤައުމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާއިރު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ބާއްވާނެ ތަނެއްގެ ގޮތުގައި ނިއު ޖާޒީ ހަމަޖެއްސީ ވެސް މުބާރާތް ފެށުމުގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހު އެވެ.

އެހެންކަމުން 2030 ވަނަ އަހަރުގެ ފައިނަލް މެޗާ މެދު ގޮތެއް ނިންމުމަށް އަދި ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.

ފީފާފީފާ ވޯލްޑް ކަޕްމޮރޮކޯ

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

އިންފަންޓީނޯ އަށް ދީފައިވާ ތާާއީދު އަނބުރާ ގެންދަން ފްރާންސް އިން ވެސް ނިންމައިފި

12 ސެޕްޓެމްބަރު 2026
އިންފަންޓީނޯ އަށް ދީފައިވާ ތާާއީދު އަނބުރާ ގެންދަން ފްރާންސް އިން ވެސް ނިންމައިފި
08 ސެޕްޓެމްބަރު 2026

ބަލޮގަންގެ ރަތް ކާޑު މައާފު ކުރި މައްސަލައިގައި، ބެލްޖިއަމް އިން އިންފަންޓީނޯ އަށް ތާއީދު ނުކުރަން ނިންމައިފި

08 ސެޕްޓެމްބަރު 2026
ބަލޮގަންގެ ރަތް ކާޑު މައާފު ކުރި މައްސަލައިގައި، ބެލްޖިއަމް އިން އިންފަންޓީނޯ އަށް ތާއީދު ނުކުރަން ނިންމައިފި
08 ސެޕްޓެމްބަރު 2026

އިންފަންޓީނޯ ހުންނެވީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެ

08 ސެޕްޓެމްބަރު 2026
އިންފަންޓީނޯ ހުންނެވީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެ
03 ސެޕްޓެމްބަރު 2026

ފީފާގެ ރައީސް ކަމުން އިންފަންޓީނޯ އިސްތިއުފާާ ދޭން ޖެހޭ: ޔުއެފާގެ ކުރީގެ ރައީސް ޕްލެޓީނީ

03 ސެޕްޓެމްބަރު 2026
ފީފާގެ ރައީސް ކަމުން އިންފަންޓީނޯ އިސްތިއުފާާ ދޭން ޖެހޭ: ޔުއެފާގެ ކުރީގެ ރައީސް ޕްލެޓީނީ
03 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް

03 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް
27 އޯގަސްޓު 2026

ފީފާގައި އިންފަންޓީނޯ އަށް މުސްތަޤުބަލެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

27 އޯގަސްޓު 2026
ފީފާގައި އިންފަންޓީނޯ އަށް މުސްތަޤުބަލެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
25 އޯގަސްޓު 2026

އިންފަންޓީނޯ އަށް ތާއީދުކުރަން ޖެހޭ، އޭނާ ގޯސްކަމެއް ނުކުރޭ: އެޓޫ

25 އޯގަސްޓު 2026
އިންފަންޓީނޯ އަށް ތާއީދުކުރަން ޖެހޭ، އޭނާ ގޯސްކަމެއް ނުކުރޭ: އެޓޫ
24 އޯގަސްޓު 2026

އިންފަންޓީނޯއާ ވާހަކަ ދެއްކުން ހުއްޓާލައިފިން، ފީފާގެ ރައީސް ކަމަށް ޝައުޤުވެރިކަމެއް ނެތް: ޗެފެރިން

24 އޯގަސްޓު 2026
އިންފަންޓީނޯއާ ވާހަކަ ދެއްކުން ހުއްޓާލައިފިން، ފީފާގެ ރައީސް ކަމަށް ޝައުޤުވެރިކަމެއް ނެތް: ޗެފެރިން
20 އޯގަސްޓު 2026

ޓްރަމްޕްގެ އެކުވެރި އިސްރާއީލް އިން ވެސް، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފި

20 އޯގަސްޓު 2026
ޓްރަމްޕްގެ އެކުވެރި އިސްރާއީލް އިން ވެސް، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފި
19 އޯގަސްޓު 2026

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ފީފާ އިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑުކޮށްފި

19 އޯގަސްޓު 2026
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ފީފާ އިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް