Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންފަންޓީނޯ އަށް ދީފައިވާ ތާާއީދު އަނބުރާ ގެންދަން ފްރާންސް އިން ވެސް ނިންމައިފި

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:11

އެފްއެފްއެފްގެ ރައީސް ފިލިޕް ޑިއާލޯ ވިދާޅުވީ، އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި ފީފާގެ މުހިންމު ނިންމުންތައް ނިންމަމުންދާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:11
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެފްއެފްއެފްގެ ރައީސް ފިލިޕް ޑިއާލޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެފްއެފްއެފްގެ ރައީސް ފިލިޕް ޑިއާލޯ | ރޮއިޓާސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސްކަމުގެ މަޤާމުގައި މިހާރު ހުންނެވި ޖިއާނީ އިންފަންޓީނޯ އަށް ކުރިއަށް އޮތް އިންތިޚާބުގައި ތާއީދު ނުކުރުމަށް ފްރާންސް ފުޓުބޯޅަ ފެޑެރޭޝަން (އެފްއެފްއެފް) އިން ނިންމައިފި އެވެ.

މޮރޮކޯގެ ރަބާތުގައި 2027 ވަނަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރައީސް ހޮވުމުގެ އިންތިޚާބުގައި އިންފަންޓީނޯ އަށް އޮތް ތާއީދު އަނބުރާ ގެންދިޔުމަށް ފްރާންސްގެ ފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީ އިން ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ.

މިއީ ފްރާންސް އިން ފީފާއާ މެދު ގެންގުޅެމުން އައި ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް ވެސް ފްރާންސް އިން އައީ 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުން ގެންދަވާ އިންފަންޓީނޯގެ ކެނޑިޑެންސީ އަށް ތާއީދު ކުރަމުންނެވެ. ނަމަވެސް، ފާއިތުވި މަދު މަސްތަކެއްގެ ތެރޭގައި ދެ ފަރާތުގެ ގުޅުން ވަނީ މުޅިން ބަދަލުވެފަ އެވެ.

އެފްއެފްއެފްގެ ރައީސް ފިލިޕް ޑިއާލޯ ވިދާޅުވީ، އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، ފީފާގެ މުހިންމު ނިންމުންތައް ނިންމަމުންދާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ދެ ފަރާތުގެ ގުޅުން ގޯސްވުމުގެ މައިގަނޑު ސަބަބަކީ، ފީފާގެ މުބާރާތްތަކުގެ ވިޔަފާރީގެ ތެރެއަށް އަމިއްލަ އިންވެސްޓަރުން ވެއްދުމަށް އިންފަންޓީނޯ ކުރިއަށް ގެންދަން އުޅުނު މަޝްރޫއު އެވެ. މި މަޝްރޫއުގެ ދަށުން ފީފާ ވޯލްޑް ކަޕް ހިމެނޭހެން، އެ އިދާރާ އިން ބާއްވާ މުބާރާތްތަކުގެ ކޮމާޝަލް ރައިޓްސް، ނުވަތަ ވިޔަފާރީގެ ހައްގުތަކުގެ 20 އިންސައްތަ ހިއްސާ ވިއްކާލުމަށް ވަނީ ހުށަހަޅާފައި އެވެ. މިކަމާ ގުޅިގެން އެކި ކޮންފެޑެރޭޝަންތަކާއި ޤައުމީ ފެޑެރޭޝަންތަކުގެ ބޮޑު ދެކޮޅުވެރިކަމެއް އަމާޒުވީ، އެކަށީގެންވާ މަޝްވަރާތަކެއް ނުކޮށް މިކަން ކުރަން އުޅުމުންނެވެ.

މި މައްސަލައިގައި ކުރިމަތިވި ފިއްތުންތަކާ ހުރެ ފީފާ އިން އެ މަޝްރޫއު މިހާރު ދޫކޮށްލާފައިވީ ނަމަވެސް، ފްރާންސް އިން ޤަބޫލުކުރާ ގޮތުގައި އެކަނި ގުޅުން ރަނގަޅެއް ނުކުރެވޭނެ އެވެ. ޑިއާލޯ ވިދާޅުވީ ފީފާގެ އެންމެ ބޮޑެތި މުބާރާތްތަކުގެ މާލީ މުސްތަޤުބަލަށް ބޮޑު ބަދަލެއް އަތުވެދާނެ ފަދަ ކަމެއް ނިންމަންވާނީ، ފެޑެރޭޝަންތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން، ފީފާގެ މާލީ ވަސީލަތްތައް ބަލަހައްޓާ ގޮތާއި، އިންފަންޓީނޯގެ ރައީސްކަމުގައި ގެންގުޅުއްވާ ގަވަނަންސް މޮޑެލް ނުވަތަ ހިންގުމުގެ އުސޫލުތަކާ މެދު ވެސް ފްރާންސުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފްރާންސް އިން މި ނިންމި ނިންމުމާއެކު، އިންފަންޓީނޯއާ ދެކޮޅަށް ޔޫރަޕުގެ ބޮޑު ފްރަންޓެއް ވަނީ އުފެދިފަ އެވެ. މީގެ ކުރިން އިނގިރޭސިވިލާތް، އިޓަލީ، ބެލްޖިއަމް، ސްވިޑަން އަދި ސްކޮޓްލެންޑް އިން ވެސް ވަނީ އިންފަންޓީނޯ އަށް އޮތް ތާއީދު އަނބުރާ ގެންގޮސްފަ އެވެ.

މިއީ ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން އާއި އިންފަންޓީނޯއާ ދެމެދު އޮތް ޚިޔާލު ތަފާތުވުންތަކާ ގުޅިފައިވާ ކަމެއް ކަމަށް ބެލެވެ އެވެ. މިހާރު ޔޫރަޕުގެ ޤައުމުތަކުން އަންނަނީ އިންފަންޓީނޯއާ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ވަގުތަށް ބަލާއިރު، 2027 ވަނަ އަހަރުގެ އިންތިޚާބަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ އިންފަންޓީނޯ އެވެ. އިންފަންޓީނޯއާ ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑޭސީ ހުށަހެޅުމުގެ ފުރުސަތު 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންފީފާޖިއާނީ އިންފަންޓީނޯ

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

ބަލޮގަންގެ ރަތް ކާޑު މައާފު ކުރި މައްސަލައިގައި، ބެލްޖިއަމް އިން އިންފަންޓީނޯ އަށް ތާއީދު ނުކުރަން ނިންމައިފި

08 ސެޕްޓެމްބަރު 2026
ބަލޮގަންގެ ރަތް ކާޑު މައާފު ކުރި މައްސަލައިގައި، ބެލްޖިއަމް އިން އިންފަންޓީނޯ އަށް ތާއީދު ނުކުރަން ނިންމައިފި
08 ސެޕްޓެމްބަރު 2026

އިންފަންޓީނޯ ހުންނެވީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެ

08 ސެޕްޓެމްބަރު 2026
އިންފަންޓީނޯ ހުންނެވީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެ
03 ސެޕްޓެމްބަރު 2026

ފީފާގެ ރައީސް ކަމުން އިންފަންޓީނޯ އިސްތިއުފާާ ދޭން ޖެހޭ: ޔުއެފާގެ ކުރީގެ ރައީސް ޕްލެޓީނީ

03 ސެޕްޓެމްބަރު 2026
ފީފާގެ ރައީސް ކަމުން އިންފަންޓީނޯ އިސްތިއުފާާ ދޭން ޖެހޭ: ޔުއެފާގެ ކުރީގެ ރައީސް ޕްލެޓީނީ
03 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް

03 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް
27 އޯގަސްޓު 2026

ފީފާގައި އިންފަންޓީނޯ އަށް މުސްތަޤުބަލެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

27 އޯގަސްޓު 2026
ފީފާގައި އިންފަންޓީނޯ އަށް މުސްތަޤުބަލެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
25 އޯގަސްޓު 2026

އިންފަންޓީނޯ އަށް ތާއީދުކުރަން ޖެހޭ، އޭނާ ގޯސްކަމެއް ނުކުރޭ: އެޓޫ

25 އޯގަސްޓު 2026
އިންފަންޓީނޯ އަށް ތާއީދުކުރަން ޖެހޭ، އޭނާ ގޯސްކަމެއް ނުކުރޭ: އެޓޫ
24 އޯގަސްޓު 2026

އިންފަންޓީނޯއާ ވާހަކަ ދެއްކުން ހުއްޓާލައިފިން، ފީފާގެ ރައީސް ކަމަށް ޝައުޤުވެރިކަމެއް ނެތް: ޗެފެރިން

24 އޯގަސްޓު 2026
އިންފަންޓީނޯއާ ވާހަކަ ދެއްކުން ހުއްޓާލައިފިން، ފީފާގެ ރައީސް ކަމަށް ޝައުޤުވެރިކަމެއް ނެތް: ޗެފެރިން
24 އޯގަސްޓު 2026

ސައުދީގެ ވަލީއަހުދު މުހައްމަދު އާއި ފްރާންސްގެ ރައީސް މެކްރޮންގެ އަރިހުގައި އިންފަންޓީނޯ، އެތައް ބައެއްގެ ސުވާލުތަކެއް!

24 އޯގަސްޓު 2026
ސައުދީގެ ވަލީއަހުދު މުހައްމަދު އާއި ފްރާންސްގެ ރައީސް މެކްރޮންގެ އަރިހުގައި އިންފަންޓީނޯ، އެތައް ބައެއްގެ ސުވާލުތަކެއް!
20 އޯގަސްޓު 2026

ޓްރަމްޕްގެ އެކުވެރި އިސްރާއީލް އިން ވެސް، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފި

20 އޯގަސްޓު 2026
ޓްރަމްޕްގެ އެކުވެރި އިސްރާއީލް އިން ވެސް، އިންފަންޓީނޯ އަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފި
19 އޯގަސްޓު 2026

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ފީފާ އިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑުކޮށްފި

19 އޯގަސްޓު 2026
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ފީފާ އިން ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ސަސްޕެންޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް