Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ

އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބަށްފަހު ޕާޓީގެ އެތެރޭގެ އެކުވެރިކަން ދެމެހެއްޓުމަށް ގޮވާލާފައިވާއިރު، މި އިންތިޚާބާ ދިމާކޮށް ސަރުކާރުން މުވައްޒަފުންނަށް ބިރުދައްކައި ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާ މިދަނޑިވަޅުގައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް އިދިކޮޅު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުން މުހިންމު. އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒު ހިފައި، ގައުމު އަލުން ހަމަމަގަށް އެޅުވުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން ގުޅިގެން މަސައްކަތް ކުރުމަށް ގިނަ ރައްޔިތުން އެދޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ޖޫން 2026 | ހޮނިހިރު 10:24
ޗެއާޕާސަން އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި އެމްޑީޕީގެ ދިދަ އާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު.

ޗެއާޕާސަން އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި އެމްޑީޕީގެ ދިދަ އާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު. | ވިރާސީި

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ފޯރިގަދަ އަދި ޑިމޮކްރަސީގެ ރީތި ނަމޫނާތަކެއް ފެނިގެންދާ ހަރަކާތްތަކެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބަކީ މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓުނު، ފޯރިގަދަ ކެންޕޭނަކަށްފަހު ނިމިގެންދިޔަ މުހިންމު އިންތިޚާބެކެވެ. މި އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވާދަކުރެއްވިއިރު، ދެ ކެންޑީޑޭޓުންގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރުގަދަ އަދި ވާދަވެރި ކެންޕޭނެކެވެ.

ކުރީގެ ރައީސް ނަޝީދު 'ބޮޑު ބަދަލު' ގެ ނަމުގައި ކެންޕޭން ކުރެއްވިއިރު، މެންބަރު މީކާއީލް ނުކުންނެވީ 'އިތުބާރު' ގެ ނަމުގަ އެވެ. ކެންޕޭންގެ ތެރޭގައި ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް، އިންތިޚާބުގެ ނަތީޖާއާއެކު ފެނިގެންދިޔައީ އެމްޑީޕީގެ އާއިލީ ގުޅުމެވެ. ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު، މެންބަރު މީކާއީލް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައި، ޕާޓީގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މިއީ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި އޮންނަންޖެހޭނެ ޑިމޮކްރަސީގެ އެންމެ ރީތި ސިފަ އެވެ.

ނަމަވެސް މިއިންތިޚާބާއެކު ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ބިރުދެއްކުމާއި ނުފޫޒު ފެނިގެންދިޔަ އެވެ. 

ރައްޔިތުންނަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލައި ވަޒީފާގެ ބިރުވެރިކަން ވަނީ އުފައްދާފަ އެވެ.

އެގޮތުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ގއ. ކޫއްޑޫ އެއާޕޯޓަށް ދިޔަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ހަތް މުވައްޒަފަކަށް މުސާރަ ނުލުބޭ ގޮތަށް 14 ދުވަހަށް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ށ.މިލަންދޫގައި ވެސް އެމްޑީޕީއަށް ތާއީދުކުރާ ކަމަށް ތުހުމަތު ކުރެވޭ އާރްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ރަށްރަށަށް ވަނީ ބަދަލުކޮށްފަ އެވެ. މީގެ އިތުރުން ވެސް އެކި އެރަށްރަށުގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވާފައިވެ އެވެ. 

މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކާ ދިމާކޮށް މިސަރުކާރުން ރައްޔިތުންނަށް ދައްކާލި އަނިޔާވެރިކަމުގެ ކުޑަ މިންވަރެއް ކަމަށް ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ސަރުކާރުން ބޭނުންވާނީ އިދިކޮޅު ޕާޓީ ބަލިކަށިކޮށް، ބައިބައިކޮށްލުމަށް ކަމަށްވާއިރު، އެމަގުސަދު ހާސިލް ކުރުމުގެ ކުޑަވެސް ފުރުސަތެއް ދީގެންނުވާނެ އެވެ.

ދައްކަމުންދާ ވާހަކަތަކުގައި ނުޖެހި މިއަދުގެ ގައުމުގެ ހާލަތާއި ރައްޔިތުންގެ ހާލަތަށް ބަލަން ޖެހެ އެވެ. 

އެގޮތުން ތަރައްގީގެ މަޝްރޫއުތައް މަޑުޖެހި، ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އާމްދަނީ ދަށްވުމުގެ ސަބަބުން އާއިލާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެމްޑީޕީން ބުނާ ގޮތުގައި އެ ޕާޓީގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ ދެގުނަ ކޮށްދީ، ފަހި ދިރިއުޅުމެއް ހޯދައިދިނުމެވެ.

މި މަގުސަދު ހާސިލްކުރެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ރައްޔިތުންގެ ހައްގުގައި ވަރުގަދައަށް ވަކާލާތު ކޮށްގެންނެވެ. އެމްޑީޕީ ބައިބައިވެއްޖެނަމަ، އޭގެ އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ގައުމާއި ރައްޔިތުންނަށެވެ. އެހެންކަމުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ގައުމު އަލުން ހަމަމަގަށް އެޅުވުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން އާ އަޒުމަކާއެކު އެކަތިގަނޑައްގެ ގޮތުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ޗެއަރޕާސަން އިންތިޚާބަށްފަހު ފެނިގެންދިޔަ އެކުވެރިކަމުގެ ރޫހު ދަމަހައްޓައި، ގައުމުގެ ހައްގުގައި މަސައްކަތް ކުރުމަކީ މިއަދު ރައްޔިތުން އެދޭ ގޮތެވެ.

އެމްޑީޕީކުރީގެ ރައީސް މުހައްމަދު ނަޝީދުގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު

ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު

13 ޖޫން 2026
މި ސަރުކާރާއެކު ހއ .ފިއްލަދޫ އާއި ވަށަފަރުގެ ތަރައްގީ އެކުއެކީގައި ވަނީ ހުއްޓިފައި: ކުރީގެ މެންބަރު ޝަރީފް

މި ސަރުކާރާއެކު ހއ .ފިއްލަދޫ އާއި ވަށަފަރުގެ ތަރައްގީ އެކުއެކީގައި ވަނީ ހުއްޓިފައި: ކުރީގެ މެންބަރު ޝަރީފް

13 ޖޫން 2026
ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު

ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު

12 ޖޫން 2026
ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!

ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!

12 ޖޫން 2026
ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ފޮށީގެ ވޯޓުލުން ބާތިލްކޮށްފި، އެ ފޮށީގެ ވޯޓުލާނީ އެހެން ދުވަހަކު

ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ފޮށީގެ ވޯޓުލުން ބާތިލްކޮށްފި، އެ ފޮށީގެ ވޯޓުލާނީ އެހެން ދުވަހަކު

12 ޖޫން 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު