Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

19 ޖޫން 2026 | ހުކުރު 09:39

އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ވާހަކަދައްކަވަމުން ދިއްދޫ ދާއިރާގެ ރައީސް ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް މާޔޫސްކަމާއި ނިކަމެތިކަން ކުރިމަތިވެފައިވާ ކަމަށް. ގައުމުގެ ހާލަތު ގޯސްވެފައިވާތީ މި ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށާއި، ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ވެސް ވަހީދު ދެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖޫން 2026 | ހުކުރު 09:39
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގެ ތެރެއިން.

އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގެ ތެރެއިން. | އެމްޑީޕީ

ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން ކަމަށް ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވަހީދު ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މިސަރުކާރުގައި ރައްޔިތުން ނިކަމެތި ކުރަމުންދާ ކަމަށާއި، މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަނީ މާޔޫސްކަމާއި، ހިތްދަތިކަން ކަމަށެވެ.

މިފަދަ ދަރަޖައަކަށް ރާއްޖެ ވައްޓާލިއިރު، ރައީސް މުއިއްޒުގެ ސަރުކާރު ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ މިގައުމު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށާއި، މިވެރިކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރާއެކު މި ހާލަތު ރަނގަޅު ނުވާނެ ކަމަށެވެ. 

އެމްޑީޕީއަކީ މިރާއްޖޭގައި ބިރު ފަހަނައަޅައި، ރާއްޖޭގައި ދިމާވި ހުރިހާ ދައްޗަކުން ދިވެހި ރައްޔިތުންނަށް ސަލާމަތްކަން ހޯދައިދިން ޕާޓީ. އަޅުގަނޑުމެންގެ އެމްޑީޕީ މެންބަރުންގެ ލޭ ހިނގާ ވިންދު ހިނގާ ހިނދެއްގައި އެމްޑީޕީން ދިވެހި ރައްޔިތުންގެ ހައްގުގައި މިކުރާ މަސައްކަތް ހުއްޓާނުލާނަން އަޅުގަނޑުމެންނެއް.
ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ މިހާރު ފެނިގެން މިދަނީ ސަރުކާރު ވެއްޓެމުންދާ މަންޒަރު ކަމަށާއި، މާލަސްތަކެއް ނުވެ ރައްޔިތުންނަށް ވެރިކަން ވެއްޓޭ މަންޒަރު ފެންނާނެ ކަމަށެވެ. އަދި މިއަދު ފުލުހުންނަށް ގައިރުގާނޫނީ އަމުރު ހިންގައި ރައްޔިތުންގެ ހައްގުތަކަށް ހުރަސްއެޅި ނަމަވެސް ރައްޔިތުންގެ ބާރުވެރިކަން އަބަދުވެސް ގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވަހީދު ވިދާޅުވީ މިސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށާއި، އިތުބާރު ގެއްލިފައިވާ ކަމަށެވެ. 

އަބްދުﷲ ވަހީދުއެމްޑީޕީވަޒީފާ ބުރާސްފަތިރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިތުރަށް ކިޔާލަން

19 ޖޫން 2026

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

19 ޖޫން 2026
ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
19 ޖޫން 2026

ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު

19 ޖޫން 2026
ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު
19 ޖޫން 2026

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

19 ޖޫން 2026
ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު
18 ޖޫން 2026

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

18 ޖޫން 2026
މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ
18 ޖޫން 2026

ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު

18 ޖޫން 2026
ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު
18 ޖޫން 2026

އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި

18 ޖޫން 2026
އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި
18 ޖޫން 2026

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

18 ޖޫން 2026
ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް
18 ޖޫން 2026

ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ

18 ޖޫން 2026
ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް