Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަރައްޤީ

މި ސަރުކާރާއެކު ހއ .ފިއްލަދޫ އާއި ވަށަފަރުގެ ތަރައްގީ އެކުއެކީގައި ވަނީ ހުއްޓިފައި: ކުރީގެ މެންބަރު ޝަރީފް

ރައީސް މުއިއްޒުގެ ސަރުކާރުން ހއ. އަތޮޅަށް ވެވަޑައިގެންނެވި ބޮޑެތި ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ ކުރީގެ މެންބަރު ޝަރީފް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ޝަރީފް ފާހަގަކުރެއްވި ގޮތުގައި ފިއްލަދޫ ސްކޫލުގެ ހޯލާއި މަގު ހެދުމުގެ މަސައްކަތުގެ އިތުރުން، ވަށަފަރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރީ ސަރުކާރުން ބަޖެޓުކޮށް ރޭވި އެއްވެސް މަޝްރޫއެއް މިހާރު ކުރިއަކަށް ނުދޭ. ތަރައްގީގެ މަސައްކަތްތައް ހުއްޓުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މި ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ ކަމުގެ އުއްމީދެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2026 | ހޮނިހިރު 07:11
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ހއ. ފިއްލަދޫ އާއި ވަށަފަރުގެ ތަރައްގީ އެކުއެކީގައި ހުއްޓިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ޝަރީފް ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މުޅި ހއ. ބޮޑެތި ވައުދުތަކެއް ރައީސް މުއިއްޒު ވެވަޑައިގެންނެވި ކަމަށާއި، ނަމަވެސް މިހާތަނަށް އެއްވެސް މަޝްރޫއެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ހއ.ފިއްލަދޫ އަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުގައި ކުރިއަށް ނުގެންދާ ކަމަށެވެ. 

އެގޮތުން ހއ.ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި، މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވި އެވެ. 

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ވަށަފަރުގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް ވެސް ހުއްޓިފައިވާ ކަމަށެވެ. 

ވަށަފަރުގައި އަޅުގަނޑުމެން ގިރާ ސަރަހައްދުގައި ތޮށިލައި އެތަން ހިއްކަން އަޅުގަނޑުމެން ވާނީ ނިންމާފައި. އެހެން ނަމަވެސް އެ މަސައްކަތް ވެސް ފެށިގެން ނުދޭ. އެހެން ގޮސް އެއްވެސް މަޝްރޫއެއް އޭރު އަޅުގަނޑުމެންގެ ބަޖެޓު ކޮށްފައި ހުރި ނުވަތަ އަޅުގަނޑުމެން ޕްލޭން ކޮށްފައިހުރި 19 ވަނަ މަޖިލީހުގައި ބަޖެޓު ކޮށްފައި ހުރި އެއްވެސް މަޝްރޫއެއް ފެށިގެން ކުރިއަށް ނުދޭ. 
ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް 

ޝަރީފް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހުއްޓި ރައްޔިތުންނަށް މިއަދު ވަރަށް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި މިމަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ހއ. ފިއްލަދޫއިބްރާހިމް ޝަރީފްކެލާ ދާއިރާހއ. ވަށަފަރުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުތަރައްޤީ

އިތުރަށް ކިޔާލަން

06 ޖޫން 2026

ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު

06 ޖޫން 2026
ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު
06 ޖޫން 2026

ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް

06 ޖޫން 2026
ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް
04 ޖޫން 2026

ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް

04 ޖޫން 2026
ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް
04 ޖޫން 2026

8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ

04 ޖޫން 2026
8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ
30 މެއި 2026

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

30 މެއި 2026
ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު