Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަތިންދާބޯޓު ހާދިސާ

ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ

ޗައިނާގެ ބެއިޖިންގައި ހުންނަ އެންމެ އުސް އިމާރާތް ކަމަށްވާ "ޗައިނާ ޒުން" ގައި ކުޑަ ބޯޓެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެ ސަރަހައްދު ބަންދުކޮށް، އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ވަނީ ކޮށްފައި.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 07:46
ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެ ސިޓީގެ އެންމެ އުސް އިމާރާތް ކަމަށްވާ "ޒުން ޓަވަރު" ނުވަތަ "ސިޓިކް ޓަވަރު" ގައި ކުޑަ މަތިންދާބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގި މަންޒަރު.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެ ސިޓީގެ އެންމެ އުސް އިމާރާތް ކަމަށްވާ "ޒުން ޓަވަރު" ނުވަތަ "ސިޓިކް ޓަވަރު" ގައި ކުޑަ މަތިންދާބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގި މަންޒަރު. | ގެޓީ އިމޭޖަސް

ބެއިޖިންގެ އެންމެ އުސް އިމާރާތް ކަމަށްވާ 109 ބުރީގެ ސީ.އައި.ޓީ.އައި.ސީ (ސިޓިކް) ޓަވަރުގައި ކުޑަ ބޯޓެއް ޖެހި އެކްސިޑެންޓް ވުމާ ގުޅިގެން، އެ އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ކޮށްފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

"ޗައިނާ ޒުން" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ 528 މީޓަރު (1,732 ފޫޓު) އުސް މި އިމާރާތަކީ ޗައިނާގެ ވެރިރަށް ބެއިޖިންގެ މަރުކަޒީ ވިޔަފާރި ސަރަހައްދުގައި ހުންނަ އެންމެ ފާހަގަކޮށްލެވޭ ބިނާއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހުކުރު ދުވަހުގެ އިރުއޮއްސި 5:40 އެހާކަންހާއިރު މި ކުޑަ ބޯޓު އިމާރާތުގެ މަތީ ބައިގައި ޖެހުމާއެކު، ބޯޓުގެ ބައިތައް ބިމަށް ފައިބަމުންދިޔައެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓު ޖެހުމުގެ ސަބަބުން ޓަވަރުގެ މަތީ ބުރިއެއްގެ ދެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ. ނަމަވެސް، މި ހާދިސާގައި މީހަކު މަރުވި ކަމެއް ނުވަތަ އަނިޔާވި ކަމެއް އަދި، ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ޗައިނާގެ ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން، އިމާރާތް ހިމެނޭ ސަރަހައްދަށް ގިނަ އަދަދެއްގެ އެމްބިއުލާންސްތައް ގޮސްފައިވާއިރު، ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް، އެއްވެފައި ތިބި މީހުން ދުރަށް ޖައްސާފަ އެވެ.

އެ އިމާރާތުގައި މަސައްކަތްކުރާ އަންހެނަކު "ސައުތު ޗައިނާ މޯނިންގ ޕޯސްޓް" ނޫހަށް މައުލޫމާތު ދެމުން ބުނީ، ހާދިސާ ހިނގުމާއެކު ވަރަށް އަވަހަށް އިމާރާތުން މީހުން ހުސްކުރަން ފެށި ކަމަށެވެ.

"އަހަރެން އިމާރާތުން ބޭރަށް ނުކުތީ އައިޑީ ކާޑާއި ދަބަސް ވެސް ނުލައި، ވަރަށް އަވަސްއަރުވާލައިގެން،" އޭނާ ކިޔައިދިނެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި އެއްވެސް މީހަކު ސަލާމަތްވިކަން ނުވަތަ ނޫންކަން ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ސިޓިކް ޓަވަރޗައިނާމަތިންދާބޯޓު ހާދިސާ

އިތުރަށް ކިޔާލަން

26 ޖޫން 2026

މަތިންދާ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގުމަށް އޮތް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ޕަވަރ ބޭންކާއި ވޭޕް

26 ޖޫން 2026
މަތިންދާ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގުމަށް އޮތް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ޕަވަރ ބޭންކާއި ވޭޕް
24 ޖޫން 2026

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ދުނިޔެއަށް ހާސިލުކުރެވުނީ ފަސްބައިކުޅަ އެއްބަޔަށް ވުރެ މަދު މިންވަރެއް: އދ. ގެ ރިޕޯޓް

24 ޖޫން 2026
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ދުނިޔެއަށް ހާސިލުކުރެވުނީ ފަސްބައިކުޅަ އެއްބަޔަށް ވުރެ މަދު މިންވަރެއް: އދ. ގެ ރިޕޯޓް
17 ޖޫން 2026

ޓެކްސަސްގެ ހައިވޭ އަކަށް މަތިންދާ ބޯޓެއް ވެއްޓިއްޖެ

17 ޖޫން 2026
ޓެކްސަސްގެ ހައިވޭ އަކަށް މަތިންދާ ބޯޓެއް ވެއްޓިއްޖެ
16 ޖޫން 2026

ކެލިފޯނިއާގައި ވެއްޓުނު ބީ-52 ބޮން އަޅާ ބޯޓުގައި ތިބި 8 މީހުން މަރުވެއްޖެ

16 ޖޫން 2026
ކެލިފޯނިއާގައި ވެއްޓުނު ބީ-52 ބޮން އަޅާ ބޯޓުގައި ތިބި 8 މީހުން މަރުވެއްޖެ
15 ޖޫން 2026

އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ

15 ޖޫން 2026
އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ
13 ޖޫން 2026

އެއަރ އިންޑިއާ ހާދިސާގެ ތަހުގީގަށް އިތުރު ވަގުތު ބޭނުން

13 ޖޫން 2026
އެއަރ އިންޑިއާ ހާދިސާގެ ތަހުގީގަށް އިތުރު ވަގުތު ބޭނުން
13 ޖޫން 2026

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ

13 ޖޫން 2026
އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ
10 ޖޫން 2026

އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި

10 ޖޫން 2026
އެމެރިކާ އާއި އީރާން އިން ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާާ އާއި ޗައިނާ އިން ގޮވާލައިފި
28 މެއި 2026

ޗައިނާގައި މިނިވޭން އަކާއި ލޮރީއެއް ޖެހި 13 މީހުން މަރުވެއްޖެ

28 މެއި 2026
ޗައިނާގައި މިނިވޭން އަކާއި ލޮރީއެއް ޖެހި 13 މީހުން މަރުވެއްޖެ
23 މެއި 2026

އެމެރިކާގައި ޗައިނާގެ ސިއްރު ޕޮލިސް ސްޓޭޝަނެއް ހިންގި މީހަކު ކުށްވެރި ވެއްޖެ

23 މެއި 2026
އެމެރިކާގައި ޗައިނާގެ ސިއްރު ޕޮލިސް ސްޓޭޝަނެއް ހިންގި މީހަކު ކުށްވެރި ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު