Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަތިންދާ ބޯޓު ހާދިސާ

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ

އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރާ "އޭއެން-32" މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ޖޯރްހާޓް އެއާފޯސް ސްޓޭޝަނަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން އަސްކަރިއްޔާއިން ހާމަކޮށްފައި ނުވާއިރު، ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމަށްޓަކައި ޚާއްސަ ތަހުގީގެއް މިހާރު ވަނީ ފަށާފައި. ބޯޓު ވެއްޓުނު ސަރަހައްދުން ފެންނަ މަންޒަރުތަކުން ބޯޓު އޮތީ ބައިބަޔަށް ބިންދައިގެން ގޮސް އަލިފާން ރޯވެފައި.

ރާއްޖެ އެމްވީ | 13 ޖޫން 2026 | ހޮނިހިރު 07:31
އިންޑިއާގެ އާސާމްގެ ޖޯރްހާޓަށް، 2006 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އަސްކަރީ މުދާ އުފުލާ ބޯޓެއް ވެއްޓިފައި.

އިންޑިއާގެ އާސާމްގެ ޖޯރްހާޓަށް، 2006 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އަސްކަރީ މުދާ އުފުލާ ބޯޓެއް ވެއްޓިފައި. | އެކްސް

އިންޑިއާގެ އިރުއުތުރުގެ ދުރު ސަރަހައްދެއްގައި ހުންނަ އެއާފޯސް ސްޓޭޝަނަކަށް ޖައްސަން އުޅުމުގެ ތެރޭގައި، ރަޝިއާގައި އުފައްދާފައިވާ އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއް ހޮނިހިރު ދުވަހު ވެއްޓިއްޖެ ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އިންޑިއާގެ ވައިގެ ސިފައިން (އައި.އޭ.އެފް) ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ފައުޖުގެ "އޭއެން-32" މަރުކާގެ މަތިންދާބޯޓަށް ހާދިސާއެއް ކުރިމަތިވީ ޖޯރްހާޓް އެއާފޯސް ސްޓޭޝަނަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނުކަމުގެ އެއްވެސް ތަފްސީލެއް އަސްކަރިއްޔާއިން ހާމަކޮށްފައި ނުވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ތަހުގީގު ކުރާ ކޯޓެއް (ކޯޓް އޮފް އިންކުއަރީ) އެކުލަވާލަމުންދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ އެން.ޑީ.ޓީ.ވީ އިން ވަނީ ބޯޓު ވެއްޓުނު ސަރަހައްދުގެ މަންޒަރުތައް ދައްކާފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު އޮތީ އެކި ބައިބަޔަށް ބިންދައިގެން ގޮސްފައި ކަމަށްވާއިރު، އެ ސަރަހައްދުން ކަޅު ދުންތައް އަރަމުންދާ މަންޒަރުވެސް ފެނެއެވެ.

އިންޑިއާއިންޑިއަން އެއާ ފޯސްމަތިންދާބޯޓު ހާދިސާ

އިތުރަށް ކިޔާލަން

11 ޖޫން 2026

އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ

11 ޖޫން 2026
އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ
29 މެއި 2026

އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި

29 މެއި 2026
އެބޯލާ ވައިރަހާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާއިރު، ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި
22 މެއި 2026

އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރުމާގެ ކުއްލި މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް!

22 މެއި 2026
އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރުމާގެ ކުއްލި މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް!
22 މެއި 2026

އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

22 މެއި 2026
އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ
10 މެއި 2026

އިންޑިއާގެ ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު ކަމުގެ ހުވާ ވިޖޭ ކުރައްވައިފި

10 މެއި 2026
އިންޑިއާގެ ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު ކަމުގެ ހުވާ ވިޖޭ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު