Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޯޓު ވެއްޓުމުގެ ހާދިސާ

ޓެކްސަސްގެ ހައިވޭ އަކަށް މަތިންދާ ބޯޓެއް ވެއްޓިއްޖެ

ޓެކްސަސްގެ ހައިވޭއަކަށް ކުޑަ ޖެޓެއް ވެއްޓި އަލިފާން ރޯވުމާ ގުޅިގެން، އޭގައި ތިބި މީހުން ސަލާމަތްކުރުމަށް އާންމުންނާއި ކަމާބެހޭ ފަރާތްތަކުން ބޮޑެތި މަސައްކަތްތަކެއް ކޮށްފި. މި ހާދިސާގައި އެކަކު މަރުވެފައިވާއިރު، ބޯޓުން ދަތުރުކުރި ފަސް މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން. ބޯޓު ވެއްޓުނު ސަރަހައްދުގެ މަގުތައް ބަންދުކޮށްފައިވާއިރު، މަރުވި މީހާއަކީ ބޯޓުން ދަތުރުކުރި މީހެއްކަން ނުވަތަ ނޫންކަން ކަމާބެހޭ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވޭ.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 13:13
ޓެކްސަސްގެ ހައިވޭއަކަށް ކުޑަ ބޯޓެއް ވެއްޓި، އޭގައި އަލިފާން ރޯވެފައި.

ޓެކްސަސްގެ ހައިވޭއަކަށް ކުޑަ ބޯޓެއް ވެއްޓި، އޭގައި އަލިފާން ރޯވެފައި. | އެކްސް

އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހަ މީހުންނާއެކު ދަތުރުކުރި އަމިއްލަ ކުޑަ ބޯޓެއް އެމެރިކާގެ ޓެކްސަސްގެ ހައިވޭއަކަށް ވެއްޓި ހިނގި ހާދިސާގައި އެކަކު މަރުވެ، ބޯޓުން ދަތުރުކުރި އަނެއް ފަސް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ވިޔަފާރި ދަތުރުތަކުގައި ބޭނުންކުރާ މި ޖެޓް ޓެކްސަސްގެ ހައިވޭއަށް ވެއްޓި، ބޯޓުގައި އަލިފާން ރޯވުމާ ގުޅިގެން، އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ހައިވޭގައި ބޯޓު އޮތް މަންޒަރު ފެންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވެފައިވާ ބޯޓުގެ ކޮކްޕިޓް ކުޑަދޮރުތައް ތަޅާލައި، އޭގެ ތެރޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސަލާމަތީ ޚިދުމަތްތަކުގެ މީހުންނާއި އާންމުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި ބޯޓު ވެއްޓުނުއިރު އޭގައި ހަ މީހުން ތިއްބެވެ. މި ހާދިސާގައި އެކަކު މަރުވެފައިވީ ނަމަވެސް، އެއީ ބޯޓުން ދަތުރުކުރި މީހެއްކަން ނުވަތަ ބޯޓު ވެއްޓުނު ވަގުތު ބިމުގައި ހުރި މީހެއްކަން ކަމާބެހޭ ފަރާތްތަކުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.

މަތިންދާބޯޓު ހާދިސާ

އިތުރަށް ކިޔާލަން

16 ޖޫން 2026

ކެލިފޯނިއާގައި ވެއްޓުނު ބީ-52 ބޮން އަޅާ ބޯޓުގައި ތިބި 8 މީހުން މަރުވެއްޖެ

16 ޖޫން 2026
ކެލިފޯނިއާގައި ވެއްޓުނު ބީ-52 ބޮން އަޅާ ބޯޓުގައި ތިބި 8 މީހުން މަރުވެއްޖެ
15 ޖޫން 2026

އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ

15 ޖޫން 2026
އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ
13 ޖޫން 2026

އެއަރ އިންޑިއާ ހާދިސާގެ ތަހުގީގަށް އިތުރު ވަގުތު ބޭނުން

13 ޖޫން 2026
އެއަރ އިންޑިއާ ހާދިސާގެ ތަހުގީގަށް އިތުރު ވަގުތު ބޭނުން
13 ޖޫން 2026

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ

13 ޖޫން 2026
އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ
28 ޖެނުއަރީ 2026

މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ދަތުރުކުރެއްވި ބޯޓު ވެއްޓިއްޖެ

28 ޖެނުއަރީ 2026
މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ދަތުރުކުރެއްވި ބޯޓު ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު