Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގައި ޗައިނާގެ ސިއްރު ޕޮލިސް ސްޓޭޝަނެއް ހިންގި މީހަކު ކުށްވެރި ވެއްޖެ

މި ކުށްތަކުގެ އަދަބެއްގެ ގޮތުން ލޫ ޖިއަންވޭންގްގެ މައްޗަށް 30 އަހަރާ ހަމައަށް ޖަލު ހުކުމެއް އައުން އެކަށީގެންވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މެއި 2026 | ހޮނިހިރު 05:37
ލޫ ޖިއަންވޭންގް.

ލޫ ޖިއަންވޭންގް. | ރޮއިޓާސް

އެމެރިކާގެ ނިއު ޔޯކް ސިޓީގައި ޗައިނާ ސަރުކާރުގެ ސިއްރު ޕޮލިސް ސްޓޭޝަނެއް ގާއިމުކޮށް، ގަވާއިދާ ހިލާފަށް ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ މައްޗަށް ކުށް ސާބިތު ވެއްޖެ އެވެ.

ނިއު ޔޯކްގެ ބްރުކްލިން ފެޑެރަލް ކޯޓުގައި ކުރިއަށް ދިޔަ ހަތް ދުވަހުގެ ޝަރީއަތަށް ފަހު، ކުށް ސާބިތު ވެފައި ވަނީ އުމުރުން 64 އަހަރުގެ ލޫ ޖިއަންވޭންގްގެ މައްޗަށެވެ. އޭނާ އަކީ އެމެރިކާގެ ރައްޔިތެއް ނަމަވެސް، ޗައިނާ ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީ އަށް ސިއްރިއްޔާތުގައި މަސައްކަތް ކޮށްދެމުން ދިޔަ އެޖެންޓެއް ކަމަށް އެމެރިކާ އިން ތުހުމަތު ކުރެ އެވެ.

ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، ލޫ ވަނީ ނިއު ޔޯކްގެ ޗައިނާޓައުން ސަރަހައްދުގައި ހުރި އާދައިގެ އޮފީސް އިމާރާތެއްގެ ތެރޭގައި ސިއްރު "ފުލުސް" މަރުކަޒެއް ހިންގާފަ އެވެ. މި މަރުކަޒުގެ ބޭނުމަކީ އެމެރިކާގައި ދިރިއުޅޭ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް ވާހަކަ ދައްކާ ޑިމޮކްރަސީ އަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ހޯދައި، އެމީހުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވުމެވެ.

މީގެ އިތުރުން، އޭނާ ވަނީ އެފްބީއައި އިން މި މައްސަލަ ތަހުގީގު ކުރަން ފެށުމުން، ޗައިނާގެ އޮފިޝަލުންނާ އެކު ކުރި މެސެޖުތައް ފޯނުން ފޮހެލައި، ހެކި ނައްތާލަން މަސައްކަތް ކޮށްފަ އެވެ.

މި މައްސަލައިގައި ލޫއާ އެކު ދެން ހައްޔަރު ކުރި ޗެން ޖިންޕިންގް ނަމަކަށް ކިޔާ މީހަކު ވަނީ މީގެ ކުރިން ކުށަށް އިއުތިރާފު ވެފައި އެވެ.

ޝަރީއަތުގައި ލޫގެ ވަކީލުން ބުނެފައި ވަނީ، އެއީ ޕޮލިސް ސްޓޭޝަނެއް ނޫން ކަމަށާއި، ކޮވިޑް-19 ގެ ދުވަސްވަރު ޗައިނާ އަށް ދަތުރު ނުކުރެވިފައި ތިބި މީހުންނަށް ލައިސަންސް އައު ކޮށްދިނުން ފަދަ އިދާރީ ކަންކަމުގައި އެހީތެރި ވުމަށް ހިންގި ކޮމިއުނިޓީ ސެންޓަރެއް ކަމަށެވެ. ނަމަވެސް ޗައިނާގެ އަމުރަށް އެމެރިކާގެ ފަސްގަނޑުގައި ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމާއި، އަދުލު އިންސާފަށް ހުރަސް އެޅުމުގެ ކުށް އޭނާގެ މައްޗަށް ވަނީ ސާބިތު ވެފައި އެވެ.

މި ކުށްތަކުގެ އަދަބެއްގެ ގޮތުން ލޫ ޖިއަންވޭންގްގެ މައްޗަށް 30 އަހަރާ ހަމައަށް ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

ޗައިނާ ސަރުކާރުން ބޭރު ގައުމު ތަކުގައި މިފަދަ 100 އަށްވުރެ ގިނަ ސިއްރު ޕޮލިސް ސްޓޭޝަން ހިންގަމުންދާ ކަމަށް އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާ ޖަމާއަތް ތަކުން ތުހުމަތު ކުރެ އެވެ. ނަމަވެސް ޗައިނާ އިން އަދި ވެސް ބުނަމުން ދަނީ މިއީ ހަމައެކަނި އާންމުންނަށް ހިދުމަތްދޭ މަރުކަޒު ތަކެއް ކަމަށާއި، އެމެރިކާ އިން ކުރަނީ ސިޔާސީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ.

މަސްދަރު: ބީބީސީ

އެމެރިކާޗައިނާއެމެރިކާ-ޗައިނާ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން ތާއީދުކުރަނީ ވަންޗައިނާ ޕޮލިސީއަށް، ޓައިވާނަކީ ޗައިނާގެ ސަރަހައްދުގެ ބައެއް: ފޮރިން މިނިސްޓްރީ

ރާއްޖެއިން ތާއީދުކުރަނީ ވަންޗައިނާ ޕޮލިސީއަށް، ޓައިވާނަކީ ޗައިނާގެ ސަރަހައްދުގެ ބައެއް: ފޮރިން މިނިސްޓްރީ

21 މެއި 2026
ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

20 މެއި 2026
އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

20 މެއި 2026
ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި

ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި

20 މެއި 2026
ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް، ފަސް މީހަކު މަރުވެއްޖެެ

ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް، ފަސް މީހަކު މަރުވެއްޖެެ

19 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު