Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާާމަ

އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި

އެމެރިކާގެ މެދުތެރޭ ސަރަހައްދުގެ ސެންޓްރަލް ކޮމާންޑް އިން ބުނީ އެ ޤައުމުގެ ހަނގުރާމަ ބޯޓު ތަކުން މިސައިލް އަދި ޑްރޯން ރައްކާކުރާ ތަންތަނާއި، ކަނޑު ދަތުރު ފަތުރު ބަލާ ރަޑާރު ސައިޓު ތަކަށް ހަމަލާތައް ދިނުމަށް ފަހު އެ އޮޕަރޭޝަން ނިންމާލާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖޫން 2026 | ހޮނިހިރު 06:44
ވަކި ސަރަހައްދެއް ކަމަށް އެނގިފައި ނުވާ ތަނެއްގައި އެއްޗެހި ތަކެއް ގޮވުމުގެ ސަބަބުން، އެ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު.

ވަކި ސަރަހައްދެއް ކަމަށް އެނގިފައި ނުވާ ތަނެއްގައި އެއްޗެހި ތަކެއް ގޮވުމުގެ ސަބަބުން، އެ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު. | ސޯޝަލް މީޑިއާ

ހުރްމުޒް ކަނޑު އޮޅީގައި އީރާން އިން ކާގޯ ބޯޓަކަށް ޑްރޯން ހަމަލާއެއް ދިނުމުގެ ރައްދުގައި، އެމެރިކާގެ އަސްކަރިއްޔާ އިން ހުކުރު ދުވަހު އީރާން އަށް ހަމަލާތައް ދިނުމާއެކު އެއް ޤައުމު އަނެއް ޤައުމުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގެ ތުހުމަތު ކޮށްފި އެވެ.  

އެމެރިކާގެ މެދުތެރޭ ސަރަހައްދުގެ ސެންޓްރަލް ކޮމާންޑް އިން ބުނީ އެ ޤައުމުގެ ހަނގުރާމަ ބޯޓު ތަކުން މިސައިލް އަދި ޑްރޯން ރައްކާކުރާ ތަންތަނާއި، ކަނޑު ދަތުރު ފަތުރު ބަލާ ރަޑާރު ސައިޓު ތަކަށް ހަމަލާތައް ދިނުމަށް ފަހު އެ އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ. އެ ކޮމާންޑް އިން ފަހުން އާންމު ކޮށްފައިވާ ކަޅު އަދި ހުދު ކުލައިގެ ވީޑިއޯއެއްގައި ތަނެއްގައި ގޮވުމެއް ހިނގާ މަންޒަރު ފެނެ އެވެ. އެމެރިކާގެ އޮފިޝަލަކު ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަން މިހާރު ވަނީ ނިމިފައި އެވެ. 

އީރާން އިން ބުނީ އެ ޤައުމުގެ ދެކުނުގައިވާ ސިރިކްގައި ހުންނަ ބަނދަރެއްގެ ސަރަހައްދަށް ހަމަލާއެއް ދިނުމާ އެކު، އީރާންގެ ސިފައިން ވަނީ އެ ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ ލަނޑު ދަނޑި ތަކަށް ހަމަލާތައް ދީފައި ކަމަށެވެ. ނަމަވެސް އެ ހަމަލާ ތަކުގައި ބޭނުން ކޮށްފައިވާ ތަކެތި އަދި ލިބުނު ގެއްލުން ތަކުގެ ތަފްސީލު އީރާން އިން ހާމަ ކޮށްފައި ނުވެ އެވެ. 

މި ހަމަލާތައް ދިނުމުން ދެ ގައުމުގެ ދެމެދުގައި ފާއިތުވި ހަފްތާގައި އެއްބަސްވި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ހީނަރުވެފައިވާ ކަމަށް ބައެއް ފަރާތް ތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. ހުރްމުޒް ކަނޑު އޮޅި އަކީ ދުނިޔޭގެ ތެޔޮ ބޭނުން ކުރުމުގެ ވިޔަފާރީގައި ވަރަށް މުހިންމު ސަރަހައްދަކަށް ވުމުން، މި ސަރަހައްދުގައި ހަނގުރާމަ ހިނގުމަކީ ބައިނަލްއަގުވާމީ ވިޔަފާރި އަށް ބޮޑު ނުރައްކަލެއް ކަމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބުނެ އެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު އެކި ދުވަސްވަރު ހިނގާފައިވާ ހަމަ ނުޖެހުންތައް ހައްލު ކުރުމަށް ކުރިން ވެސް ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައި އެވެ. ނަމަވެސް މި ފަހަރުގެ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާ ވެސް، ކުރު މުއްދަތެއްގެ ތެރޭގައި މި ވަނީ ޚިލާފުވެފައި އެވެ. މި ހަމަލާ ތަކުގެ ސަބަބުން މި ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސެންޓްކޮމް

އިތުރަށް ކިޔާލަން

26 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި

26 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ މަސްރަހް ފިނިކުރަން އީރާނާއި އެމެރިކާއާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމުކޮށްފި
26 ޖޫން 2026

ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި

26 ޖޫން 2026
ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި
26 ޖޫން 2026

އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި

26 ޖޫން 2026
އޮމާން ކައިރިން ދަތުރުކުރި އާގުބޯޓަކަށް ހަމަލާ ދީފި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީވުމަށް އދ. ކުރިއަށްގެންދާ އޮޕަރޭޝަން މެދުކަނޑާލައިފި
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

ހުރްމުޒް ކަނޑުއޮޅީގެ ފީ ނެގުމުގެ މައްސަލައިގައި އެމެރިކާ އާ އީރާން ބޮޑު އަރާރުމަކަށް

25 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ފީ ނެގުމުގެ މައްސަލައިގައި އެމެރިކާ އާ އީރާން ބޮޑު އަރާރުމަކަށް
25 ޖޫން 2026

ތެޔޮ އުފެއްދުމުގެ މިންވަރު އިތުރު ކޮށްދިނުމަށް އިރާޤުން އޯޕެކްގައި އެދިއްޖެ

25 ޖޫން 2026
ތެޔޮ އުފެއްދުމުގެ މިންވަރު އިތުރު ކޮށްދިނުމަށް އިރާޤުން އޯޕެކްގައި އެދިއްޖެ
25 ޖޫން 2026

ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ

25 ޖޫން 2026
ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ
25 ޖޫން 2026

ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް

25 ޖޫން 2026
ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް
25 ޖޫން 2026

އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާ ކަމެއް: އައިއާރުޖީސީ

25 ޖޫން 2026
އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާ ކަމެއް: އައިއާރުޖީސީ
25 ޖޫން 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

25 ޖޫން 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު