Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާ ކަމެއް: އައިއާރުޖީސީ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު އީރާނުގެ އައިއާރްޖީސީ ނޭވީއާ ވިލަރެސްކުރުން މަޖުބޫރުކޮށް، ކަނޑައެޅިފައިވާ މަގުތަކުން ބޭރުން ދަތުރުކުރުމަކީ މަނާކަމެއް ކަމަށް ބުނެ އެ ގައުމުން އިންޒާރުދީފި. އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވިޔަފާރި އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށާއި ވަކި މުއްދަތަކަށް ފީ ނުނެގުމަށް ނިންމާފައިވީ ނަމަވެސް، އެ ސަރަހައްދުގެ ކޮންޓްރޯލް ދޫނުކުރާނެ ކަމަށް އީރާނުން ބުނޭ. މި ނިންމުމަކީ އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ކުރިމަތިކުރި ބްލޮކޭޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 05:47
މި ފޮޓޯއިން ފެންނަނީ ޕާޝިއަން ގަލްފްގެ އައްސޭރިފަށުގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒެއްގައި، އީރާނުގެ ސިފައިންގެ މީހަކު މެޝިން ބަޑިއެއް ހިފައިގެން ފޯރިމަރަމުންދާ މަންޒަރު.

މި ފޮޓޯއިން ފެންނަނީ ޕާޝިއަން ގަލްފްގެ އައްސޭރިފަށުގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒެއްގައި، އީރާނުގެ ސިފައިންގެ މީހަކު މެޝިން ބަޑިއެއް ހިފައިގެން ފޯރިމަރަމުންދާ މަންޒަރު. | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނީ ހަމައެކަނި އީރާނުން ރަސްމީކޮށް ކަނޑައަޅާފައިވާ މަގުތަކުން އެކަނި ކަމަށް ބުނެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ނޭވީން ވަރުގަދަ އިންޒާރެއް ދީފައެވެ.

ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އެ ފައުޖުން ބުނެފައިވަނީ، ކަނޑައެޅިފައިވާ މަގުތަކުގެ ބޭރުން ދަތުރުކުރުމަކީ "ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ނުރައްކާތެރި ކަމެއް" ކަމަށެވެ. އަދި އެ މަގުތަކުން ބޭރުން އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާކަމެއް ކަމަށާއި، އަންގާފައިވާ މަގުތަކުން ބޭރުން އެއްވެސް އުޅަނދެއް ދަތުރު ނުކުރުމަށް އެ ބަޔާނުގައި ވަނީ އިންޒާރު ދީފައެވެ.

މީގެ އިތުރުން، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅިން ދަތުރުކުރުމުގައި އައިއާރްޖީސީ ނޭވީއާ އެކު ވިލަރެސްކުރުމަކީ "މަޖުބޫރު" ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

މި އިންޒާރު ދީފައިވަނީ، އެމެރިކާއާއި އިޒްރޭލުން އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އެއްވެސް އުދުވާނަކާ ނުލައި ހަމަލާދޭން ފެށި ފެބްރުއަރީ 28 ގެ ކުރިން އެ ކަނޑުއޮޅި އޮތް ހާލަތަށް ދެން އެ ސަރަހައްދު ނުދާނެ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް އަދި އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ގާލީބާފް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަން ހަނގުރާމައިގެ ކުރިން އޮތް ގޮތަށް ދުވަހަކުވެސް ބަދަލުނުވާނެކަން އެންމެންވެސް ދަންނަންޖެހޭނެ ކަމަށެވެ.

އީރާނުން އެ ކަނޑުއޮޅި ދުޝްމަނުންނަށާއި އެމީހުންގެ ބައިވެރިންނަށް ބަންދުކުރީ އެމީހުންގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުންނެވެ. އަދި ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، އީރާނުގެ ބަނދަރުތަކާއި އުޅަނދުފަހަރު އެމެރިކާއިން ޣައިރު ގާނޫނީ ގޮތެއްގައި ބްލޮކޭޑްކޮށް ހިފަހައްޓަމުންދާތީ، އޭގެ ރައްދުގައި އީރާނުން ވަނީ އެ ސަރަހައްދުގެ ކޮންޓްރޯލް އިތުރަށް ވަރުގަދަކުރަން ފަށާފައެވެ.

މި ފަހުން ދެ ފަރާތުން ވަނީ މި އުދުވާނުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކަށް ނިމުމެއް ގެނައުމަށްޓަކައި ފަހުމުނާމާއެއްގައި އެއްބަސްވެފައެވެ. މި ފަހުމުނާމާގައި އީރާނާއި އެމެރިކާގެ ރައީސުން ވަނީ ސޮއިކުރައްވާފައެވެ.

މި ފަހުމުނާމާގެ ދަށުން، އެއްބަސްވުމުގައި ސޮއިކުރުމާއެކު އީރާނުން ވިޔަފާރި އުޅަނދުފަހަރު ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެއެވެ. އަދި ފާރިސީ ކަނޑުއޮޅިން ފެށިގެން އޮމާން ކަނޑާ ހަމައަށް އަދި އޮމާން ކަނޑުން ފާރިސީ ކަނޑުއޮޅިއަށް ދަތުރުކުރާ އުޅަނދުތަކުން 60 ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާނެއެވެ.

ނަމަވެސް، އިސްލާމީ ޖުމްހޫރިއްޔާއިން ވަނީ އެ ސަރަހައްދުން ދަތުރުކުރެވޭނީ އީރާނުގެ ކަމާބެހޭ ފަރާތްތަކާ އެކު ކުރަންޖެހޭ ވިލަރެސްކުރުންތައް ފުރިހަމަކުރުމުން ކަމަށް ބުނެ ހަރުކަށި ޝަރުތުތަކެއް ކުރިމަތިކުރުވާފައެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްހުރްމުޒް ކަނޑުއޮޅިއައިއާރުޖީސީމުހައްމަދު ބާގިރު ގަލިބާފް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

25 ޖޫން 2026
އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން

އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން

25 ޖޫން 2026
އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟

އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟

24 ޖޫން 2026
ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖޫން 2026
އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ

އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ

24 ޖޫން 2026

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު