Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ

25 ޖޫން 2026 | ބުރާސްފަތި 09:03

ރޫބިއޯ ވިދާޅުވީ، ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ އަތުން ނަގާ ފީ އަށް "ޓޯލް" ނުވަތަ "ފީ" އެއްގެ ނަން ދިން ކަމުގައި ވިޔަސް، އެއީ ހަމައެކަނި ބަހުގައި ބޭނުން ކުރާ ގޮތް ބަދަލު ކޮށްލުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2026 | ބުރާސްފަތި 09:03
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ގައުމެއްގެ މިލްކެއް ކަމަށް ބުނެ ކުރާ ދައުވާތައް އެމެރިކާ އިން ބަލައި ނުގަންނާނެ ކަމަށް އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

ރޫބިއޯ މިހެން ވިދާޅުވީ ބަހްރެއިންގެ މަނާމާގައި އެ ގައުމުގެ އިސް ވެރިންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި އެވެ.

ބަހްރެއިން އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ހުރްމުޒް ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ އަތުން ފީއެއް ނުވަތަ ޓެކްސްއެއް ނެގުމަށް ބައެއް ފަރާތް ތަކުން މަސައްކަތް ކުރި ނަމަވެސް، އެއީ ކޮންމެ ނަމެއް ކިޔަސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު ކަންކަން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އީރާން އާއެކު އޮތް ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އެމެރިކާ އިން އީރާން އާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ ކޮންމެ ފަދަ އަގަކަށް، ނުވަތަ ކޮންމެ ފަދަ ދޫ ތަކެއް ދީގެން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާގެ މަސްލަހަތާއި ބައިނަލްއަގުވާމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމަކަށް އެމެރިކާ އިން އެއްބަސް ނުވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައި އެވެ.

މީގެ އިތުރުން ރޫބިއޯ ވިދާޅުވީ، ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ އަތުން ނަގާ ފީ އަށް "ޓޯލް" ނުވަތަ "ފީ" އެއްގެ ނަން ދިން ކަމުގައި ވިޔަސް، އެއީ ހަމައެކަނި ބަހުގައި ބޭނުން ކުރާ ގޮތް ބަދަލު ކޮށްލުން ކަމަށެވެ. އަދި އެފަދަ ކަންކަމުގެ އަސްލު މަގްސަދަކީ ބައިނަލްއަގުވާމީ ކަނޑުގެ ދަތުރު ފަތުރަށް ހުރަސް އެޅުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއް ވިއެވެ.

ރޫބިއޯ ބަހްރެއިން އަށް ކުރެއްވި މި ދަތުރުފުޅަކީ މެދު އިރުމަތީގެ ސަލާމަތީ ކަންކަމާއި، ޚާއްސަކޮށް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެ ސަރަހައްދުގެ ގައުމުތަކާ އެކު މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ބައްދަލުވުން ތަކުގައި އެމެރިކާ އިން ވަނީ ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމަށް ބަހްރެއިން އިން ކުރަމުންދާ މަސައްކަތް ތަކަށް ތައުރީފު ކޮށްފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިއެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

25 ޖޫން 2026

ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް

25 ޖޫން 2026
ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް
25 ޖޫން 2026

އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާ ކަމެއް: އައިއާރުޖީސީ

25 ޖޫން 2026
އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާ ކަމެއް: އައިއާރުޖީސީ
25 ޖޫން 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

25 ޖޫން 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް
25 ޖޫން 2026

އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން

25 ޖޫން 2026
އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން
24 ޖޫން 2026

އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟

24 ޖޫން 2026
އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟
24 ޖޫން 2026

ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖޫން 2026
ތެޔޮ ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
24 ޖޫން 2026

އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ

24 ޖޫން 2026
އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ
24 ޖޫން 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި

24 ޖޫން 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި
24 ޖޫން 2026

ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް

24 ޖޫން 2026
ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް
24 ޖޫން 2026

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

24 ޖޫން 2026
ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް