Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް

މި އެއްބަސްވުމުގެ ދަށުން އީރާން އަށް މާލީ އިނާޔަތްތަކެއް ލިބިގެންދާއިރު، މިއީ ހަނގުރާމަ ފެށުމުގެ ކުރިން ޓްރަމްޕް ކަނޑަ އެޅުއްވި ލަނޑު ދަނޑިތަކާ ފުށުއަރާ ކަމެއް ކަމަށް ކެސިޑީ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2026 | ބުރާސްފަތި 09:02
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސެނެޓު މެޖޯރިޓީ ލީޑަރު ޖޯން ތޫން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސެނެޓު މެޖޯރިޓީ ލީޑަރު ޖޯން ތޫން. | ގެޓީ އިމޭޖަސް

އިރާން އާއެކު ކުރަމުންދާ ހަނގުރާމައިގެ ޚަރަދު ތަކަށް ބޭނުންވާ އެތައް ބިލިއަން ޑޮލަރެއް ހޯދުމަށް ކޮންގްރެސްގައި އެދުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އޭނާގެ ޕާޓީގެ ސެނެޓަރެއްގެ ފާޑު ކިޔުންތަކާ ކުރިމަތިލައްވަން ޖެހިވަޑައި ގެންފި އެވެ.

ބުދަ ދުވަހު ރިޕަބްލިކަން ޕާޓީގެ މެންބަރުންނާއެކު ބޭއްވި ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ސެނެޓަރު ބިލް ކެސިޑީއާ ބަހުގެ ހަމަލާ ތަކެއް ބަދަލު ކުރައްވާފައި އެވެ. ސިއްރުން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ކެސިޑިީ ވަނީ، އީރާން އާއެކު އެމެރިކާ އިން ސޮއި ކުރި އެއްބަސްވުމާ ގުޅޭ ގޮތުން ސަރުކާރުން އިތުރު ތަފްސީލު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައި އެވެ.

މި އެއްބަސްވުމުގެ ދަށުން އީރާން އަށް މާލީ އިނާޔަތް ތަކެއް ލިބިގެންދާއިރު، މިއީ ހަނގުރާމަ ފެށުމުގެ ކުރިން ޓްރަމްޕް ކަނޑަ އެޅުއްވި ލަނޑު ދަނޑިތަކާ ފުށުއަރާ ކަމެއް ކަމަށް ކެސިޑީ ފާހަގަ ކުރެއްވި އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކެސިޑީ ވިދާޅުވީ، މިހާރު ސަރުކާރުން ހާމަ ކުރަމުންދާ މައުލޫމާތަށް ވުރެ އިތުރު ތަފްސީލު އެމެރިކާގެ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި ކަންކަން ކުރިއަށް ދަނީ ބުނެފައިވަ ގޮތަށް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ބައްދަލުވުމަށް ފަހު ޓްރަމްޕް ރުއްސުމުގެ ގޮތުން، ސެނެޓުގެ ރިޕަބްލިކަން ލީޑަރު ވަނީ އީރާން އާއެކު އޮތް ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާ ޤަރާރެއް ހުއްޓުވުމަށް ދަންވަރުގެ ވަގުތެއްގައި ވޯޓެއް ނަގައިފަ އެވެ. 

ސެނެޓުގައި ނެގި މި ވޯޓުގައި، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރު ބޭރު ކޮށްލާފައި ވަނީ 50 ވޯޓު 47 ވޯޓުންނެވެ. މިއީ މައިގަނޑު ގޮތެއްގައި ޕާޓީގެ ރޫހުގައި ދެވުނު ވޯޓެކެވެ. މި ގަރާރަކީ މީގެ ކުރިން މެއި މަހުގެ ތެރޭގައި އިޖުރާއީ ވޯޓަކުން ކުރިއަށް ގެންދިއުމަށް ފާސް ކޮށްފައިވާ ގަރާރެކެވެ.

ބުދަ ދުވަހުގެ ރޭ ނެގި ވޯޓަށް ފަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ، މި ވޯޓުގެ ސަބަބުން އީރާން އަށް ވަރުގަދަ އިންޒާރެއް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް މި ވޯޓުގެ ސަބަބުން ކުރިން ނަގާފައިވާ ވޯޓު ތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. މި ހަމަ ނުޖެހުންތައް ފެންމަތިވެފައި ވަނީ އީރާންގެ ހަނގުރާމަ އަށް ބޭނުންވާ އެތައް ބިލިއަން ޑޮލަރެއްގެ ބަޖެޓެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބިލް ކެސިޑީ

އިތުރަށް ކިޔާލަން

25 ޖޫން 2026

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

25 ޖޫން 2026
ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް
25 ޖޫން 2026

އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާ ކަމެއް: އައިއާރުޖީސީ

25 ޖޫން 2026
އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާ ކަމެއް: އައިއާރުޖީސީ
25 ޖޫން 2026

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް

25 ޖޫން 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާ ބަލިވިކަން އިއުލާނުކުރުން: ގާލީބާފް
25 ޖޫން 2026

އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން

25 ޖޫން 2026
އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން
24 ޖޫން 2026

އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟

24 ޖޫން 2026
އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު