Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ތެޔޮ އުފެއްދުމުގެ މިންވަރު އިތުރު ކޮށްދިނުމަށް އިރާޤުން އޯޕެކްގައި އެދިއްޖެ

ސަލީމް އަލް ރިކާބީ ވިދާޅުވެފައި ވަނީ، އިރާޤުން ތެޔޮ އުފެއްދުމުގެ މިންވަރު އިތުރު ކުރުމުގެ ހުއްދަ އޯޕެކް އިން ދޭން ޖެހޭ ކަމަށް. އެހެން ނޫން ނަމަ، އޯޕެކް އިން ވަކިވާނީތޯ ނުވަތަ އޯޕެކްގައި ދެމި އޮންނާނީތޯ އިރާޤުން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2026 | ބުރާސްފަތި 13:59
ތެޔޮ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެންނަ ފޮޓޯއެއް.

ތެޔޮ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެންނަ ފޮޓޯއެއް. | ރޮއިޓާސް

އެމެރިކާ އިން އީރާާންއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އިރާޤުގެ ތެލުގެ ސިނާއަތަށް ލިބުނު ގެއްލުން ތަކުގެ ސަބަބުން، އެ ޤައުމުގެ ތެޔޮ އުފެއްދުމުގެ މިންވަރު އިތުރު ކޮށްދިނުމުގެ ހުއްދަ އަށް އޯޕެކްގައި އެދިއްޖެ އެވެ. 

އިރާޤުން އޯޕެކްގައި މިހެން އެދިފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެކަން ހާމަ ކޮށްފައި ވަނީ އިރާޤުގެ ތެލާ ބެހޭ ވުޒާރާ އިންނެވެ. 

އޯޕެކްގެ ފައުންޑިން މެމްބަރެއްގެ ގޮތުގައި ހިމެނޭ އިރާޤަކީ، ތެޔޮ އުފައްދާ އެހެން ޤައުމު ތަކެކޭ އެއްފަދައިން، ހަނގުރާމައިގެ ސަބަބުން ބޮޑެތި އަސަރު ތަކެއް ކޮށްފައިވާ ޤައުމެކެވެ. އިރާޤުގެ ބަޖެޓުގެ ތިން ބައި ކުޅަ ދެ ބައި އެއީ ތެލުން ހޯދާ އާމްދަނީ އެވެ. 

އިރާޤުގެ ތެލާ ބެހޭ ވުޒާރާ އިން ބުނީ، އެ ޤައުމުން މެމްބަރު ޤައުމު ތަކުގެ ދެމެހެއްޓެނިވި ތެލުގެ ކެޕޭސިޓީއާ އެއްގޮތަށް ތެޔޮ އުފެއްދުމުގެ މިންގަނޑުތައް އަލުން ބަަލައި، އެކަށައަޅަން ޖެހޭ ކަމުގެ މުހިންމުކަން ދާއިމީ ގޮތެއްގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި މިފަދައިން އެދިފައި ވަނީ އިރާޤުގެ ޚާއްސަ ސަލަމާތީ އަދި އިޤްތިޞާދީ ޙާލަތް ތަކަށް ރިއާޔަތްކޮށް ކަމަށް ވެސް ބުނެފައިވެ އެވެ. 

މީގެ އިތުރުން އެ ވުޒާރާ އިން ބުނެފައި ވަނީ މެމްބަރު ޤައުމު ތަކުގެ ކެޕޭސިޓީ އަލުން ބެލުމުގެ ޕްރޮސެސް އޯޕެކް އިން ފަށާފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހު ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ، އޯޕެކް އިން ވަކިވުމަށް އިރާޤުން ވިސްނަމުން ގެންދާ ކަމަށެވެ. ނަމަވެސް، ތެލާ ބެހޭ ވުޒާރާގެ ތަރުޖަމާނު ސަލީމް އަލް ރިކާބީ އޭއެފްޕީ އަށް ވިދާޅުވީ، އެ ޖަމިއްޔާ އިން ވަކިވުމުގެ އެއްވެސް ވިސްނުމެއް އަދި ޚިޔާލެއް އިރާޤުން ނުގެންގުޅޭ ކަމަށެވެ. 

ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ، އިރާޤުން ތެޔޮ އުފެއްދުމުގެ މިންވަރު އިތުރު ކުރުމުގެ ހުއްދަ އޯޕެކް އިން ދޭން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، އޯޕެކް އިން ވަކިވާނީތޯ ނުވަތަ އޯޕެކްގައި ދެމި އޮންނާނީތޯ އިރާޤުން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އިރާޤަކީ އޮޕެކްގެ މުހިންމު މެންބަރެއް ކަމަށްވާއިރު، އެ ޤައުމުން ތެޔޮ އުފެއްދުމުގެ ހައްދު އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތަކީ އެ ޤައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަ ކުރެވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާގުއޯޕެކް

އިތުރަށް ކިޔާލަން

25 ޖޫން 2026

ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ

25 ޖޫން 2026
ހުރްމުޒް ކަނޑު އޮޅި އަކީ ވަކި ބައެއްގެ ތަނެއް ކަމަށް އެމެރިކާ އިން ބަލައި ނުގަންނާނެ: ރޫބިއޯ
25 ޖޫން 2026

ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް

25 ޖޫން 2026
ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ސެނެޓަރު ކެސިޑީއާ ދެމެދު ހޫނު ބަހުސެއް
25 ޖޫން 2026

އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން

25 ޖޫން 2026
އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން
24 ޖޫން 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި

24 ޖޫން 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި
24 ޖޫން 2026

ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް

24 ޖޫން 2026
ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް
24 ޖޫން 2026

މިސައިލް ނެތް ނަމަ، ޣައްޒާ ގޮތަށް އަހަރަމެން ވެސް ފުނޑު ފުނޑު ވާނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

24 ޖޫން 2026
މިސައިލް ނެތް ނަމަ، ޣައްޒާ ގޮތަށް އަހަރަމެން ވެސް ފުނޑު ފުނޑު ވާނެ: އީރާންގެ ރައީސް ޕެޒެޝްކިއާން
23 ޖޫން 2026

ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ދިން އިންޒާރުގެ ސަބަބުން، މަޝްވަރާތައް ނުރައްކަލަކަށް ވެއްޓުނު: އީރާން

23 ޖޫން 2026
ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ދިން އިންޒާރުގެ ސަބަބުން، މަޝްވަރާތައް ނުރައްކަލަކަށް ވެއްޓުނު: އީރާން
23 ޖޫން 2026

މަޝްވަރާ ތަކުގެ ނަތީޖާ ބިނާވެފައި ވަނީ އިޙްތިރާމްގެ މައްޗަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

23 ޖޫން 2026
މަޝްވަރާ ތަކުގެ ނަތީޖާ ބިނާވެފައި ވަނީ އިޙްތިރާމްގެ މައްޗަށް: އީރާންގެ ރައީސް ޕެޒެޝްކިއާން
23 ޖޫން 2026

އީރާން އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ، ފިޔަވަޅު އަޅާނަން: ޓްރަމްޕް

23 ޖޫން 2026
އީރާން އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ، ފިޔަވަޅު އަޅާނަން: ޓްރަމްޕް
23 ޖޫން 2026

އީރާން އާއި އެމެރިކާގެ ޓެކްނިކަލް މަޝްވަރާތައް ވެސް ނިމިއްޖެ

23 ޖޫން 2026
އީރާން އާއި އެމެރިކާގެ ޓެކްނިކަލް މަޝްވަރާތައް ވެސް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު