Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ފަހަތުން އަަރައި ހައިޓީ ބަލިކޮށް، މޮރޮކޯ ދެ ވަނަ ބުރަށް

މޮޅާ އެކު މޮރޮކޯ އިން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ ދެ ވަނައިގައި. އެއީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ހަތް ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2026 | ބުރާސްފަތި 01:37
މެޗުގައި ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ސީގައި ހައިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މޮރޮކޯ އިން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ފަތިހު ކުޅުނު މެެޗު މޮރޮކޯ އިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ހައިޓީ އިން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު، މޮރޮކޯ އިން ވަނީ ފަހަތުން އަރައި މޮޅުވެފައި އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ހައިޓީ އަށް ލީޑު ލިބުނީ މޮރޮކޯގެ ގޯލު ކީޕަރު ޔާސީން ބޯނޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް، މެޗުގެ 39 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ވަނީ ލަނޑު ޖަހައި މޮރޮކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ދެ ވަނަ ފަހަރަށް ހައިޓީ އަށް ލީޑު ނަގައިދިނީ ވިލްސަން އިސީޑޯ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިސްމާއިލް ސައިބާރީ ވަނީ މޮރޮކޯ އަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ.

މެޗުގައި މޮރޮކޯ އިން ފުރަތަމަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނެޓުގައި ސޯފިއަން ރަހީމީ ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 89 ވަނަ މިނެޓުގައި މޮރޮކޯގެ ހަތަރު ވަނަ ލަނޑު ޖެހީ ގާސިމް ޔަސީން އެވެ. 

މޮޅާ އެކު މޮރޮކޯ އިން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ ދެ ވަނައިގައި އެވެ. އެއީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

ފީފާ ވާރލްޑް ކަޕް 2026މޮރޮކޯ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

25 ޖޫން 2026

ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި

25 ޖޫން 2026
ފަހު މެޗުގައި ބޮސްނިއާ އިން ޤަތަރު ބަލިކޮށްފި
25 ޖޫން 2026

ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް

25 ޖޫން 2026
ސްވިޒަލެންޑާއި ކެނެޑާ ވެސް ދެ ވަނަ ބުރަށް
25 ޖޫން 2026

ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް

25 ޖޫން 2026
ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް
24 ޖޫން 2026

39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް

24 ޖޫން 2026
39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް
24 ޖޫން 2026

ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ

24 ޖޫން 2026
ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު