Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

39 އަހަރުގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން: ރަންގްނިކް

ރަންގްނިކް ވަނީ މެސީ ދެއްކި ތަފާތު މޮޅު ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި. އެގޮތުން އޭނާ ބުނީ 39 އަހަރުގެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައި، އަދި ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ ތަފާތު ކަމެއް ކަމަށް. މެޗުގެ ތަފާތަކަށް ފެނުނު މަންޒަރަކީ އެއީ ކަމަށް ވެސް ރަންގްނިކް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2026 | ބުދަ 09:58
އޮސްޓްރިއާގެ ކޯޗު ރަންގްނިކް އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

އޮސްޓްރިއާގެ ކޯޗު ރަންގްނިކް އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ސޯޝަލް މީޑިއާ

އުމުރުން 39 އަހަރުގެ ކުޅުންތެރިޔަކު، ފީފާ ވޯލްޑް ކަޕްގެ އެންމެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން ކަމަށް އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

އޭނާ މިހެން ބުނެފައި ވަނީ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެ، ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި އޮސްޓްރިއާ އިން ޑިފެންސް އަށް ސަމާލުކަން ދީގެން ކުޅެމުން ދަނިކޮށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ދެ ލަނޑާ އެކު އާޖެންޓީނާ ވަނީ މޮޅުވެފައި އެވެ.

ރަންގްނިކް ވަނީ މެސީ ދެއްކި ތަފާތު މޮޅު ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި އެވެ. އެގޮތުން އޭނާ ބުނީ 39 އަހަރުގެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައި، އަދި ވޯލްޑް ކަޕްގެ ކުރީ ކޮޅު ފަސް ލަނޑު ޖެހުމަކީ ތަފާތު ކަމެއް ކަމަށެވެ. މެޗުގެ ތަފާތަކަށް ފެނުނު މަންޒަރަކީ އެއީ ކަމަށް ވެސް ރަންގްނިކް ބުންޏެވެ. 

އިތުރަށް ރަންގްނިކް ބުނީ، މެސީ ހުރީ އޭނާގެ އަމިއްލަ ފެންވަރުގައި ކަމަށް އެންމެނަށް ވެސް ފެންނަން އޮތް ކަމަށެވެ. އަދި މެސީ ސާބިތު ކޮށްދިނީ އޭނާ އަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ނުވަތަ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވެސް ރަންގްނިކް ވަނީ ބުނެފައި އެވެ. ނަމަވެސް ރަންގްނިކް ޤަބޫލު ކުރާ ގޮތުގައި މެޗުގެ ފަހު ވަގުތު މެސީ ޖެހި ދެ ވަނަ ލަނޑަކީ، އޮސްޓްރިއާ އަށް ހެދުނު ވަރަށް ބޮޑު ގޯހަކުން ޖެހި ލަނޑެކެވެ.

މީގެ އިތުރުން ރަންގްނިކް ބުނީ މުޅި މެޗުގެ 90 މިނެޓުގައި މެސީ ހިފަހައްޓައިގެން ހުރުމަކީ ކުރަން އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އެއާ އެކު ރަންގްނިކް ބުނީ، މެޗުގައި ވަކި ގޮތެއް ނިންމަން މެސީ އަށް މާ ބައިވަރު ގޮތް ތަކެއް ބޭނުން ނުވާނެ ކަމަށެވެ. އުމުރުން މިހާރު 38 އަހަރުގެ މެސީ އަށް، ބުދަ ދުވަހު 39 އަހަރު ފުރިއްޖެ އެވެ.

އާޖެންޓީނާ އަތުން ބަލިވި ނަމަވެސް، އޮސްޓްރިއާ އަށް މުބާރާތުގެ ގަދަ 32 ގެ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެގޮތުން ފަހު މެޗުގައި އަލްޖީރިއާ ބަލިކޮށް އޮސްޓްރިއާ އަށް އަނެއް ބުރުން ޖާގަ ހޯދޭނެ އެވެ.

ފީފާ ވާރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުރަލްފް ރަންގްނިކްލިއޮނެލް މެސީ

އިތުރަށް ކިޔާލަން

24 ޖޫން 2026

ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ

24 ޖޫން 2026
ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ
24 ޖޫން 2026

މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!

24 ޖޫން 2026
މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!
24 ޖޫން 2026

ދެ ދުވަސް ކުރިން ދަތުރު ކުރުމުގެ ހުއްދަޔާ އެކު، އެމެރިކާ އިން އިން އީރާން އަށް ލުއި ތަކެއް ދީފި

24 ޖޫން 2026
ދެ ދުވަސް ކުރިން ދަތުރު ކުރުމުގެ ހުއްދަޔާ އެކު، އެމެރިކާ އިން އިން އީރާން އަށް ލުއި ތަކެއް ދީފި
24 ޖޫން 2026

ވޯލްޑް ކަޕްގެ ގިނަ މެޗުތައް ބައްލަވަން އިންފަންޓީނޯ އިންނަވާތީ، ދަތުރު ކުރައްވާ ގޮތާ މެދު ގިނަ ބަޔަކަށް ހައިރާން ކަމެއް

24 ޖޫން 2026
ވޯލްޑް ކަޕްގެ ގިނަ މެޗުތައް ބައްލަވަން އިންފަންޓީނޯ އިންނަވާތީ، ދަތުރު ކުރައްވާ ގޮތާ މެދު ގިނަ ބަޔަކަށް ހައިރާން ކަމެއް
24 ޖޫން 2026

ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ

24 ޖޫން 2026
ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު