Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސާބް އެމެރިކާއަށް ފޮނުވުން

މަދޫރޯއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރި ވެރިޔާ ސާބް އެމެރިކާ އަށް ފޮނުވާލާފައިވާ ކަމަށް ވެނެޒުއެލާ އިން ހާމަ ކޮށްފި

ވެނެޒުއެލާގެ މައިގްރޭޝަން އިދާރާ، ސައިމް އިން މިކަން އިއުލާން ކޮށްފައި ވަނީ ހޮނހިރު ދުވަހު. އެމެރިކާ އާއި ވެނެޒުއެލާގެ އިދާރާ ތަކުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، މިއަހަރުގެ ފެބްރުވަރީ މަހުގެ ކުރީ ކޮޅު ވެނެޒުއެލާގެ ވެރި ރަށް ކަރަކަސް އިން ސާބް ހައްޔަރު ކޮށްފައިވާ ކަމަށް އެމެރިކާގެ ޤާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ އޮފިޝަލަކު މީގެ ކުރިން ވަނީ ހާމަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 09:55
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި ކޮލަމްބިއާގެ ވިޔަފާރި ވެރިޔާ އެލެކްސް ސާބް.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި ކޮލަމްބިއާގެ ވިޔަފާރި ވެރިޔާ އެލެކްސް ސާބް. | ރޮއިޓާސް

ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯއާ ގާތް ގުޅުމެއް އޮންނަ، ކޮލްމްބިއާ-ވެނެޒުއެލާގެ ވިޔަފާރި ވެރިޔާ އެލެކްސް ސާބް އެމެރިކާ އަށް ފޮނުވާލާފައިވާ ކަމަށް ވެނެޒުއެލާ އިން ހާމަ ކޮށްފި އެވެ. 

ވެނެޒުއެލާގެ މައިގްރޭޝަން އިދާރާ، ސައިމް އިން މިކަން އިއުލާން ކޮށްފައި ވަނީ ހޮނހިރު ދުވަހު އެވެ. އެމެރިކާ އާއި ވެނެޒުއެލާގެ އިދާރާ ތަކުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، މިއަހަރުގެ ފެބްރުވަރީ މަހުގެ ކުރީ ކޮޅު ވެނެޒުއެލާގެ ވެރި ރަށް ކަރަކަސް އިން ސާބް ހައްޔަރު ކޮށްފައިވާ ކަމަށް އެމެރިކާގެ ޤާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ އޮފިޝަލަކު މީގެ ކުރިން ވަނީ ހާމަ ކޮށްފަ އެވެ.

ސާބް ހައްޔަރު ކޮށްފައި ވަނީ، އެމެރިކާ އިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި މަދޫރޯ ހައްޔަރު ކުރިތާ މަސް ދުވަސް ފަހުންނެވެ. ސާބް ހައްޔަރު ކުރުމަށް ފަހު އެމެރިކާ އަށް ފޮނުވާލުމުން ދައްކުވައި ދެނީ، ކުރީގެ ނައިބު ރައީސް އަދި މިހާރުގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ދައުރުގައި އެމެރިކާ އާއި ވެނެޒުއެލާގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކާ ދެމެދު އައު ގުޅުމެއް އޮތް ކަމެވެ. 

ކޮލަމްބިއާ އަށް އުފަން. އުމުރުން 54 އަހަރުގެ ސާބް މީގެ ކުރިން ކޭޑް ވާޑްގައި 2020 ވަނަ އަހަރު ވެސް ހައްޔަރު ކޮށްފައިވެ އެވެ. އެމެރިކާގައި އޭނާ ބަންދު ކޮށްފައި ބެހެއްޓީ ރިޝްވަތުގެ ތުހުމަތަކާ ގުޅިގެންނެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ވެނެޒުއެލާގައި ބަންދު ކޮށްފައި ތިބި އެމެރިކާގެ ރައްޔިތުން ދޫކޮށްލުމުގެ ބަދަލުގައި، ސާބް އަށް ވަނީ މައާފު ދީފަ އެވެ. 

މި މައްސަލައާ ގުޅުން ހުރި މަސްދަރު ތަކުން ބުނެފައިވާ ގޮތުގައި، މަދޫރޯގެ މައްޗަށް އެމެރިކާާ އިން ކޮށްފައިވާ ކްރިމިނަލް ދައުވާ ވަރުގަދަ ކުރުމަށް ސާބް އަށް މައުލޫމާތު ދެވިދާނެ އެވެ. އެމެރިކާ އިން މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްގެން ގެންގޮސް ބަންދު ކޮށްފައިވާއިރު، ދެ މީހުންގެ މައްޗަށް ވެސް ވަނީ އެމެރިކާގެ ކޯޓުގައި ދައުވާ އުފުލައިފަ އެވެ. 

ސާބް އާއި އޭނާގެ އަންހެނުން މީގެ ކުރިން އިޓަލީގައި ވެސް ދިރިއުޅުނެވެ. އިޓަލީގައި ސާބްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހުރި ލުއީޖީ ޖިއުލިއާނޯ ހޮނިހިރު ދުވަހު ބުނީ، އެމެރިކާގައި ސާބްގެ މައްސަލަތައް ބަލާކަން ޔަޤީން ނުވާ ކަމަށެވެ. އަދި އޭނާ އެމެރިކާާ އަށް ފޮނުވާލާފައިވާކަން ވެސް ޔަޤީން ނުވާ ކަމަށް ބުންޏެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-ވެނެޒުއެލާވެނެޒުއޭލާގެ ރައީސް މަދޫރޯ އެލެކްސް ސާބްޑެލްސީ ރޮޑްރިގޭޒްވެނެޒުއޭލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއެލާގެ ވަގުތީ ރައީސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލައިފި

ވެނެޒުއެލާގެ ވަގުތީ ރައީސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލައިފި

02 އެޕްރީލު 2026
ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

26 މާރިޗު 2026
އިކުއެޑޯ ގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

އިކުއެޑޯ ގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

05 މާރިޗު 2026
ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

26 ފެބުރުއަރީ 2026
ޤައުމުގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށް ބުނެ، މަދޫރޯ މިނިވަން ކުރުމަށް ވެނެޒުއެލާގެ ފޮރިން މިނިސްޓަރު އެމެރިކާ އަށް ގޮވާލައްވައިފި

ޤައުމުގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށް ބުނެ، މަދޫރޯ މިނިވަން ކުރުމަށް ވެނެޒުއެލާގެ ފޮރިން މިނިސްޓަރު އެމެރިކާ އަށް ގޮވާލައްވައިފި

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު