Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމ. ކޮޅުފުށި

ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!

ރައީސް މުއިއްޒު މ. ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ފެށި ނަމަވެސް، އޭގެ ފަހުން އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާކަމުގެ ޝަކުވާ އާންމުން ވަނީ ކޮށްފައި. އާރްޑީސީން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 3.8 ކިލޯމީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން މި މަޝްރޫއަށް ނެގި މުވައްޒަފުން ވެސް ތިބީ މަސައްކަތެއް ނެތިފައި. މިކަމާ ގުޅިގެން އެ ދާއިރާގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވީ، މަޝްރޫއު ފެށުމުގެ ގޮތުން އަތުރާފައިވާ ގައުތައް ވެސް މިހާރު ނަގާފައިވާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖޫން 2026 | އާދީއްތަ 08:44
ކޮޅުފުށީ މަގުތައް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން.

ކޮޅުފުށީ މަގުތައް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން. | ރައީސް އޮފީސް

މ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅާ ދިމާކޮށް އެރަށުގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ހާމަވެއްޖެ އެވެ. 

ރައީސް މުއިއްޒު އެރަށަށް ވަޑައިގެންނެވީ 23 ސެޕްޓެންބަރު 2025 ގަ އެވެ. ރައީސްގެ މިދަތުރުފުޅާ ދިމާކޮށް، ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. އަބްދުﷲ މުއްލަތިބް އެވެ.

Advertisement - newsAdvertisement

މި މަޝްރޫއާ ގުޅޭގޮތުން އެ ދާއިރާގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވީ، ރައީސް މުއިއްޒު ކޮޅުފުއްޓަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅަކީ މަގު ހެދުމުގެ މަޝްރޫއު ކަމަށާއި، އެމަނިކުފާނުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ކަމަށެވެ. 

ނަމަވެސް މިއަދާ ހަމައަށް އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޝްރޫއު ފެށުމުގެ ގޮތުން ގައު އެތުރި ސަރަހައްދު ވެސް ނަގާފައިވާ ކަމަށެވެ.

ޖުމްލަ ގޮތެއްގައި ކޮޅުފުއްޓަށް އަޅުގަނޑުމެން ބަލާލިކަމުގައި ވިޔަސް ކޮޅުފުށީގައި އެންމެ މުހިންމު އެންމެ ބޮޑު ޕްރޮޖެކްޓަކަށް ހަގީގަތުގައި ވެވަވަޑައިގެންނެވި ވައުދަކީ މަގު ހެދުމުގެ މަޝްރޫއު. މަގު ހެދުމުގެ މަޝްރޫއު އިފްތިތާހް ކުރުމުގެ ވަރަށް ވަރުގަދަ ހަފްލާއެއް ވެސް އިންތިޚާބާ ދިމާކޮށް ކުރިއަށް ގެންދިޔަ. މުލަކުގައި ކުރިން އަޅުގަނޑުމެން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން މަގުތަކުގައި ޖަހާފައި ހުރި ގައުތައް ނައްޓަައިގެން ގެންގޮސް ކޮޅުފުށީގެ ވަކި ހިސާބެއްގައި އަތުރައި އެ ޕްރޮޖެކްޓް އިފްތިތާހް ކޮށްދެއްވައި އެ ޕްރޮޖެކްޓަށް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ރަށުތެރެއިން ނަގާފައިވަނީ. އެހެންވީމަ އެބޭބޭފުޅުން ވެސް މަސައްކަތެއް ނެތި ރަށުތެރޭގައި އެބަތިބި. 
މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން    

އާރްޑީސީން ކުރިއަށް ގެންދާ މިމަޝްރޫއުގެ ދަށުން 3.8 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

މ.އަތޮޅުޑރ. އަބްދުﷲ މުއްތަލިބުމުހައްމަދު އިހުސާންއާރްޑީސީމ. ކޮޅުފުށި

އިތުރަށް ކިޔާލަން

13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
13 ޖޫން 2026

ތަކަންދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އާރްޑީސީއަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގާ ކަމުގެ ތުހުމަތު!

13 ޖޫން 2026
ތަކަންދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އާރްޑީސީއަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގާ ކަމުގެ ތުހުމަތު!
09 ޖޫން 2026

މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން

09 ޖޫން 2026
މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން
04 ޖޫން 2026

އައްޑޫގައި، އާރްޑީސީގެ މަސައްކަތްތަކަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީގެން ޒުވާނުން މުޒާހަރާކޮށްފި

04 ޖޫން 2026
އައްޑޫގައި، އާރްޑީސީގެ މަސައްކަތްތަކަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީގެން ޒުވާނުން މުޒާހަރާކޮށްފި
31 މެއި 2026

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

31 މެއި 2026
ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު