Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ.ތަކަންދޫ

ތަކަންދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އާރްޑީސީއަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގާ ކަމުގެ ތުހުމަތު!

13 ޖޫން 2026 | ހޮނިހިރު 08:20

ތަކަންދޫ ފެނަކައިގެ ބައެއް މުވައްޒަފުން އާރްޑީސީއަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގަމުންދާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މި މުވައްޒަފުން އާރްޑީސީގައި މަސައްކަތް ކުރަމުންދާއިރު، ފެނަކައިން ވަކިވާ މުވައްޒަފުންނަށް ދޭ އިނާޔަތް ހޯދުމަށް މިހާރު އެ ކުންފުނިން ކެނޑުމަށް އަމިއްލައަށް އެދިފައިވާ ކަމަށް މައުލޫމާތު ލިބޭ. މިކަމާ ގުޅިގެން އާންމު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ފެނަކައިގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2026 | ހޮނިހިރު 08:20
ހއ. ތަކަންދޫ. މި މައްސަލައާ ގުޅޭގޮތުން ފެނަކައިގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި.

ހއ. ތަކަންދޫ. މި މައްސަލައާ ގުޅޭގޮތުން ފެނަކައިގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި.

ހއ.ތަކަންދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ރޯޑް ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އާރްޑީސީ) އަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. 

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، ތަކަންދޫގައި އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުއާ ދިމާކޮށް އެރަށުގެ ފެނަކައިން ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށެވެ.

މަސައްކަތެއް ނެތި ގިނަ ބަޔަކަށް ވަޒީފާ ދީފައިވާއިރު، އޭގެތެރެއިން 5 މުވައްޒަފުން މިފަހުން އާރްޑީސީއަށް ބަދަލު ކޮށްފައިވާ ކަމަށެވެ. 

އޭގެފަހުން އެމީހުން ވަޒީފާއަށް ނުކުންނަނީ އާރްޑީސީއަށް ކަމަށާއި، ނަމަވެސް އެއްވެސް ލިޔެކިއުމެއް ހިއްސާ ކޮށްފައިނުވާތީ ފެނަކައިން ވެސް އަދި އާރްޑީސީން ވެސް އެމީހުންނަށް މުސާރަ ލިބޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ، ފެނަކަ މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މިމަހުގެ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހަށް ވަނީ ހުޅުވާލާފައިވާތީ މިހާރު އެ މުވައްޒަފުން ފެނަކައިން ކެނޑުމަށް އަމިއްލަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަކީ މިހާރު ވެސް އާރްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ މިއީ ވަރަށް ނާއިންސާފުން ކުރާ ކަމެއް ކަމަށާއި، ނަމަވެސް މިކަން ބަލާނެ އެއްވެސް މުއައްސަސާއެއް ނުވަތަ ވެރިއެއް ނެތް ކަމަށެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ރައްޔިތުންގެ ތެރޭގައި ރުޅިވެރިކަން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މައްސަލައާ ގުޅޭގޮތުން ފެނަކައިގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

ހއ.ތަކަންދޫފެނަކަރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާރްޑީސީ

އިތުރަށް ކިޔާލަން

11 ޖޫން 2026

މިލަންދޫގައި އާރްޑީސީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އެހެން ރަށްރަށަށް ބަދަލު ކުރަން ޓިޗު ފޮނުވައިފި

11 ޖޫން 2026
މިލަންދޫގައި އާރްޑީސީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އެހެން ރަށްރަށަށް ބަދަލު ކުރަން ޓިޗު ފޮނުވައިފި
09 ޖޫން 2026

އައު މަޤާމުގެ މަސައްކަތް ފެއްޓެވިތާ އިރުކޮޅެއްގެ ތެރޭގައި އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

09 ޖޫން 2026
އައު މަޤާމުގެ މަސައްކަތް ފެއްޓެވިތާ އިރުކޮޅެއްގެ ތެރޭގައި އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
06 ޖޫން 2026

ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑް ކުރި ކަމުގެ ތުހުމަތު

06 ޖޫން 2026
ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑް ކުރި ކަމުގެ ތުހުމަތު
04 ޖޫން 2026

އައްޑޫގައި، އާރްޑީސީގެ މަސައްކަތްތަކަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީގެން ޒުވާނުން މުޒާހަރާކޮށްފި

04 ޖޫން 2026
އައްޑޫގައި، އާރްޑީސީގެ މަސައްކަތްތަކަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީގެން ޒުވާނުން މުޒާހަރާކޮށްފި
30 މެއި 2026

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

30 މެއި 2026
ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟
29 މެއި 2026

ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން ވަނަ ފޭސްގެ މަސައްކަތްތައް ހުއްޓިއްޖެ

29 މެއި 2026
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން ވަނަ ފޭސްގެ މަސައްކަތްތައް ހުއްޓިއްޖެ
28 މެއި 2026

މި ސަރުކާރުގައި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެންމެ މަގެއް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިނުވޭ

28 މެއި 2026
މި ސަރުކާރުގައި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެންމެ މަގެއް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިނުވޭ
27 މެއި 2026

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

27 މެއި 2026
  ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި
25 މެއި 2026

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު: އިތުރު 6 މަސް ފަހުން މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން އާރްޑީސީ އިން ފަށައިފި

25 މެއި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު: އިތުރު 6 މަސް ފަހުން މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން އާރްޑީސީ އިން ފަށައިފި
09 މެއި 2026

ވޯޓާ ދިމާކޮށް މުވައްޒަފުން ނެގިނަމަވެސް، މަޑުއްވަރީ އާރްޑީސީ އަދި އެމްޓީސީސީ ސައިޓުގެ މަސައްކަތް މުޅިން ހުއްޓިފައި!

09 މެއި 2026
ވޯޓާ ދިމާކޮށް މުވައްޒަފުން ނެގިނަމަވެސް، މަޑުއްވަރީ އާރްޑީސީ އަދި އެމްޓީސީސީ ސައިޓުގެ މަސައްކަތް މުޅިން ހުއްޓިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް