Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ރެކޯޑާ މެދު ނުވިސްނަން، ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން: މެސީ

24 ޖޫން 2026 | ބުދަ 07:54

މެސީ ބުނެފައި ވަނީ މިހާރު އޭނާ ހުރީ ވަރަށް ވަރުބަލި ވެފައި ކަމަށާއި، އެހެންވެ އެކަންކަމާ މެދު ނުވިސްނާ ކަމަށް. އޭގެ ބަދަލުގައި އޭނާ ބޭނުން ވަނީ އާޖެންޓީނާގެ ކުޅުންތެރިންނާ އެކު އުފާވެރި ވަގުތު ތަކެއް ކަމަށް މެސީ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2026 | ބުދަ 07:54
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ގެޓީ އިމޭޖަސް

ރެކޯޑުތަކާ މެދު ނުވިސްނާ ކަމަށާއި، އޭނާ ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދަން ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނެފައި ވަނީ މިހާރު ކުރިއަަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގައި އާޖެންޓީނާ އިން އޮސްޓްރިއާ ބަލި ކުރި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި އާޖެންޓީނާގެ ދެ ލަނޑު ވެސް މެސީ ޖެހިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މެސީ އެވެ.

އެ މެޗުގައި ޖެހި ލަނޑުތަކާ އެކު، މެސީ ވަނީ ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފަ އެވެ. މީގެ ކުރިން 16 ލަނޑާ އެކު އެ ރެކޯޑު އޮތީ ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އަތުގައި އެވެ. ނަމަވެސް، އޮސްޓްރިއާ ކޮޅަށް ޖެހި ދެ ލަނޑާ އެކު ވޯލްޑް ކަޕްގައި މެސީ ޖެހި ލަނޑުގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ.

އެ މެޗަށް ފަހު ނޫސްވެރިޔަކު ވަނީ، ވޯލްޑް ކަޕްގައި މެސީ އަށް ކިތައް ލަނޑު ޖެހޭނެތޯ ބުނެ ސުވާލު ކޮށްފައި އެވެ. އެ ސުވާލަށް ޖަވާބު ދެމުން މެސީ ބުނެފައި ވަނީ މިހާރު އޭނާ ހުރީ ވަރަށް ވަރުބަލި ވެފައި ކަމަށާއި، އެހެންވެ އެކަންކަމާ މެދު ނުވިސްނާ ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ބޭނުން ވަނީ އާޖެންޓީނާގެ ކުޅުންތެރިންނާ އެކު އުފާވެރި ވަގުތު ތަކެއް ކަމަށް މެސީ ބުންޏެވެ.

އުމުރުން 38 އަހަރުގެ މެސީ އިތުރަށް ބުނެފައި ވަނީ، އާޖެންޓީނާ އިން ވަނީ އެ ޓީމުގެ ސަޕޯޓަރުންނަށް އެތައް އުފާވެރި ކަމެއް ހޯދައިދީފައި ކަމަށެވެ. ނަމަވެސް، އިތުރު ކަންކަން ޓީމުގެ ސަޕޯޓަރުންނަށް ހޯދައިދޭން ބޭނުންވާކަން ފާހަގަކޮށް މެސީ ބުނީ، އޭނާ އާއި އާޖެންޓީނާގެ ކުޅުންތެރިން ތިބީ އެކަމަށް އަޒުމު ކަނޑަ އަޅައިގެން ކަމަށެވެ. އަދި ބޭނުން ވަނީ މެޗު ތަކުން މޮޅުވާން ކަމަށް ވެސް މެސީ ބުންޏެވެ.

ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ އާޖެންޓީނާ އިން މުބާާރާތުގެ ގަދަ 32 ވަނަ ބުރުން ޖާގަ ހޯދާފައިވާއިރު، ގުރޫޕު ސްޓޭޖުގައި އެ ޓީމަށް ބާކީ އޮތީ ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އާޖެންޓީނާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކަަމަށްވާއިރު، އެ ޓީމުގެ އަމާޒަކީ މުބާރާތުގެ ތަށި ދިފާއު ކުރުމެވެ.

ފީފާ ވާރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނެލް މެސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖޫން 2026

މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!

24 ޖޫން 2026
މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ހިތްހަމަ ނުޖެހިއްޖެ، ބުނީ އެމްބާޕޭ ވެސް ލަނޑު ޖަހާ ކަމަށް!
24 ޖޫން 2026

ދެ ދުވަސް ކުރިން ދަތުރު ކުރުމުގެ ހުއްދަޔާ އެކު، އެމެރިކާ އިން އިން އީރާން އަށް ލުއި ތަކެއް ދީފި

24 ޖޫން 2026
ދެ ދުވަސް ކުރިން ދަތުރު ކުރުމުގެ ހުއްދަޔާ އެކު، އެމެރިކާ އިން އިން އީރާން އަށް ލުއި ތަކެއް ދީފި
24 ޖޫން 2026

ވޯލްޑް ކަޕްގެ ގިނަ މެޗުތައް ބައްލަވަން އިންފަންޓީނޯ އިންނަވާތީ، ދަތުރު ކުރައްވާ ގޮތާ މެދު ގިނަ ބަޔަކަށް ހައިރާން ކަމެއް

24 ޖޫން 2026
ވޯލްޑް ކަޕްގެ ގިނަ މެޗުތައް ބައްލަވަން އިންފަންޓީނޯ އިންނަވާތީ، ދަތުރު ކުރައްވާ ގޮތާ މެދު ގިނަ ބަޔަކަށް ހައިރާން ކަމެއް
24 ޖޫން 2026

ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ

24 ޖޫން 2026
ފައިނަލް މެޗު ބައްލަވަން ވަޑައިގެން، ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރައްވާނީ ޓްރަމްޕް: އިންފަންޓީނޯ
24 ޖޫން 2026

ކޮންގޯ ބަލިކޮށް، ކޮލަމްބިއާ ދެ ވަނަ ބުރަށް

24 ޖޫން 2026
ކޮންގޯ ބަލިކޮށް، ކޮލަމްބިއާ ދެ ވަނަ ބުރަށް
24 ޖޫން 2026

ޕެނަމާ ބަލިކޮށް، ކްރޮއޭޝިއާ އިން ދެ ވަނަ ބުރުގެ އުންމީދުގައި

24 ޖޫން 2026
ޕެނަމާ ބަލިކޮށް، ކްރޮއޭޝިއާ އިން ދެ ވަނަ ބުރުގެ އުންމީދުގައި
24 ޖޫން 2026

ގާނާ އަތުން އިންގްލެންޑަށް މޮޅު ނުވެވުނު

24 ޖޫން 2026
ގާނާ އަތުން އިންގްލެންޑަށް މޮޅު ނުވެވުނު
24 ޖޫން 2026

އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް

24 ޖޫން 2026
އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް
23 ޖޫން 2026

ރަން ބޫޓުގެ ރޭސް - ކުރި ހޯދާނީ ކާކު؟

23 ޖޫން 2026
ރަން ބޫޓުގެ ރޭސް - ކުރި ހޯދާނީ ކާކު؟
23 ޖޫން 2026

މެސީގެ ބައްޕަ މަރުވީ ކަމަށް ޓީވީގައި އިއުލާން ކުރެވުނު ޕްރެޒެންޓަރު އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފި

23 ޖޫން 2026
މެސީގެ ބައްޕަ މަރުވީ ކަމަށް ޓީވީގައި އިއުލާން ކުރެވުނު ޕްރެޒެންޓަރު އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް