Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި

މި މަހުގެ ކުރީކޮޅު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކުރި މި ޤަރާރު، ސެނެޓުން ފާސްވީ 50 ވޯޓުން. ޤަރާރު ފާސް ކުރުމާ ދެކޮޅަށް 48 ވޯޓު ވަނީ ދީފައި. މި ވޯޓުގައި ސިޔާސީ ޕާޓީ ތަކުގެ މެދުގައި ބޮޑު ބައިބައި ވުމެއް ފެނިގެންދިޔަ އިރު، ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މެންބަރުންނާ އެކު ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ މި ޤަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2026 | ބުދަ 04:36
ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކެޕިޓަލް ބިލްޑިން.

ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކެޕިޓަލް ބިލްޑިން. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށް ބާރު އަޅާ ޤަރާރެއް އެމެރިކާގެ ސެނެޓުން ފާސްކޮށްފި އެވެ.

ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުން މި ޤަރާރު ފާސްކޮށްފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތު ތަކަށް އަމާޒު ކުރި ވަރުގަދަ ރައްދެއްގެ ގޮތުގައި އެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކުރި މި ޤަރާރު، ސެނެޓުން ފާސްވީ 50 ވޯޓުންނެވެ. ޤަރާރު ފާސް ކުރުމާ ދެކޮޅަށް 48 ވޯޓު ވަނީ ދީފައި އެވެ.

މި ވޯޓުގައި ސިޔާސީ ޕާޓީ ތަކުގެ މެދުގައި ބޮޑު ބައިބައި ވުމެއް ފެނިގެންދިޔަ އިރު، ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މެންބަރުންނާ އެކު ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ މި ޤަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައި އެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ދެ މެންބަރަކު މި ވޯޓުގައި ބައިވެރިވެ ވަޑައިގެންފައި ނުވެ އެވެ. 

މި ގަރާރުގައި އެމެރިކާގެ ރައީސް ޓްރަމްޕް އަށް ގޮވާލާފައި ވަނީ އީރާންއާ ދެކޮޅަށް، ނުވަތަ އީރާންއާ ގުޅުންހުރި ހަނގުރާމަވެރި ހަރަކާތް ތަކުން އެމެރިކާގެ ސިފައިން ދުރު ކުރުމަށެވެ. މީގެ އިތުރުން ކޮންގްރެސްގެ ހުއްދައާ ނުލައި އީރާންއާ ދެކޮޅަށް އެއްވެސް އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ވެސް މި ގަރާރުގައި ބާރު އަޅާފައިވެ އެވެ.

މި ގަރާރު ސެނެޓުން ފާސްވި ނަމަވެސް، މިއީ ރައީސް ޓްރަމްޕް އަށް ދިން ރަމްޒީ އިންޒާރެއްގެ ގޮތުގައި ގިނަ ފަރާތް ތަކުން ސިފަ ކުރެ އެވެ. ސަބަބަކީ މި ޤަރާރު ތަންފީޒު ވިޔަ ނުދިނުމަށްޓަކައި ވީޓޯ ކުރުމުގެ ބާރު ރައީސް ޓްރަމްޕް އަށް ލިބިވަޑައި ގަންނަވާތީ އެވެ. އަދި ރައީސްގެ ވީޓޯ ބާތިލު ކުރުމަށް ބޭނުންވާ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތު ކޮންގްރެސްގައި ނެތުމުން، މި ނިންމުމަކީ އަމަލީ ގޮތުން ބޮޑު ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ.

އީރާން އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ގޯސްވެ، އަސްކަރީ ކުރިމަތި ލުމަކަށް ހިނގައިދާނެ ކަމުގެ ބިރު ބޮޑު ވެފައިވާ ދަނޑިވަޅެއްގައި ސެނެޓުން މިފަދަ ނިންމުމެއް ނިންމީ، ޓްރަމްޕްގެ ސަރުކާރުން އަމިއްލަ އަށް ނިންމުންތައް ނިންމައިގެން ހަނގުރާމަ އަކަށް މަގުފަހި ކޮށްފާނެތީ، އެކަމާ މެދު މެންބަރުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

މި ޤަރާރަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތާއި، އަސްކަރީ ނިންމުން ތަކުގައި ކޮންގްރެސްގެ ދައުރު ބޮޑު ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ވެސް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ސެނެޓް

އިތުރަށް ކިޔާލަން

24 ޖޫން 2026

ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް

24 ޖޫން 2026
ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް
24 ޖޫން 2026

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

24 ޖޫން 2026
ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް
24 ޖޫން 2026

މިސައިލް ނެތް ނަމަ، ޣައްޒާ ގޮތަށް އަހަރަމެން ވެސް ފުނޑު ފުނޑު ވާނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

24 ޖޫން 2026
މިސައިލް ނެތް ނަމަ، ޣައްޒާ ގޮތަށް އަހަރަމެން ވެސް ފުނޑު ފުނޑު ވާނެ: އީރާންގެ ރައީސް ޕެޒެޝްކިއާން
23 ޖޫން 2026

އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލަން އެއްބަސްވެއްޖެ

23 ޖޫން 2026
އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލަން އެއްބަސްވެއްޖެ
23 ޖޫން 2026

ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ދިން އިންޒާރުގެ ސަބަބުން، މަޝްވަރާތައް ނުރައްކަލަކަށް ވެއްޓުނު: އީރާން

23 ޖޫން 2026
ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ދިން އިންޒާރުގެ ސަބަބުން، މަޝްވަރާތައް ނުރައްކަލަކަށް ވެއްޓުނު: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު