Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ، ފިޔަވަޅު އަޅާނަން: ޓްރަމްޕް

އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް އީރާން އިން އަމަލު ނުކުރާ ކަމަށް ބުނެ ވާހަކަ ދެކެވެމުން އަންނަނިކޮށް ޓްރަމްޕް ވިދާޅުވީ، އީރާން އަށް ޖެހޭނީ އެއްބަސްވުމަށް އަމަލު ކުރަން ކަމަށް. އަދި އީރާން އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ، އެމެރިކާ އިން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 06:46
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ޤާއިމު ކޮށްފައިވާ އެއްބަސްވުމަށް، އީރާން އިން އަމަލު ނުކުރާ ނަމަ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އީރާން އާއި ބައިނަލްއަޤުވާމީ ޤައުމުތަކާ ދެމެދު ވެފައިވާ އެއްބަސްވުން ތަކަކީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާ ގުޅޭ އެއްބަސްވުން ތަކެކެވެ. މި އެއްބަސްވުން ތަކުގެ ދަށުން އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ހުއްޓާލަން ޖެހެ އެވެ. 

އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް އީރާން އިން އަމަލު ނުކުރާ ކަމަށް ބުނެ ވާހަކަ ދެކެވެމުން އަންނަނިކޮށް ޓްރަމްޕް ވިދާޅުވީ، އީރާން އަށް ޖެހޭނީ އެއްބަސްވުމަށް އަމަލު ކުރަން ކަމަށެވެ. އަދި އީރާން އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ، އެމެރިކާ އިން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އެމެރިކާ އިން މީގެ ކުރިން ވެސް ވަނީ އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމެއް ޤާއިމު ކޮށްފަ އެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އީރާން އާއެކު ޤާއިމު ކޮށްފައި އޮތް އެއްބަސްވުމުން އެމެރިކާއިން ވަކިވީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގަ އެވެ. އެއަށް ފަހު، ޓްރަމްޕް ވަނީ އީރާންއާ މެދު ވަރަށް ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވައިފަ އެވެ. 

އީރާންއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅު ތަކަށް މިހާރު ލުއި ދީފައިވާއިރު، މިއީ މި ފަހުން އެކުލަވާލެވުނު އެއްބަސްވުމުގެ ދަށުން އެމެރިކާ އިން ދީފައިވާ ލުއި ތަކެކެވެ. އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ސްވިޒަލެންޑުގައި ކުރިއަށް ގެންދިޔައިރު، ދެ ޤައުމުގެ ވެސް އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ. 

އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް ޤައުމު ތަކުން އަބަދު ވެސް ތުހުމަތު ކުރެ އެވެ. ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް އީރާން އިން ބުނަމުން އަންނަނީ، އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

23 ޖޫން 2026

އީރާން އާއި އެމެރިކާގެ ޓެކްނިކަލް މަޝްވަރާތައް ވެސް ނިމިއްޖެ

23 ޖޫން 2026
އީރާން އާއި އެމެރިކާގެ ޓެކްނިކަލް މަޝްވަރާތައް ވެސް ނިމިއްޖެ
23 ޖޫން 2026

ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ހޮރްމޫޒް ކަނޑު އޮޅި ދުވަހަކު ވެސް ނުދާނެ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

23 ޖޫން 2026
ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ހޮރްމޫޒް ކަނޑު އޮޅި ދުވަހަކު ވެސް ނުދާނެ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
22 ޖޫން 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ

22 ޖޫން 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ
22 ޖޫން 2026

އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި

22 ޖޫން 2026
އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު