Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް

މި ޤަރާރު ފާސްކުރުމުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާ ގުޅިގެން ވޯޓު ދެއްވި ރިޕަބްލިކަން ޕާޓީގެ ހަތަރު ސެނެޓަރުންނަށް ވެސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. އެ ބޭފުޅުންގެ ސަބަބުން ރައީސްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ދަތި ތަކެއް ކުރިމަތި ވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2026 | ބުދަ 04:32
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށް އެމެރިކާގެ ސެނެޓުން ފާސްކުރި ގަރާރަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސެނެޓުން މި ގަރާރު ފާސް ކޮށްފައި ވަނީ އީރާންއާ ދެކޮޅަށް ޓްރަމްޕް ބޭނުން ކުރައްވަމުން ގެންދަވާ އަސްކަރީ ބާރުތައް ހަނި ކުރުމުގެ މަޤުސަދުގައި އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އަކީ މިހާރު ވަރަށް ބޮޑަށް ބަލިކަށި ވެފައިވާ ޤައުމެއް ކަމަށާއި، އެ ޤައުމުން އެމެރިކާ އިން ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަށް އޮތް ކަމަށެވެ. އަދި ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް އީރާން އިން އެމެރިކާ އާއި އެމެރިކާގެ ރައީސް އަށް އިހުތިރާމް ކުރަން ފަށާފައިވާ ދަނޑިވަޅެއްގައި، ސެނެޓުން މިފަދަ ބޭކާރު ޤަރާރެއް ފާސް ކުރުމަކީ ވަގުތާ ނުބައްދަލު ކަމެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، ދުނިޔޭގައި ޓެރަރިޒަމް އަށް އެންމެ ބޮޑަށް ވާގިވެރިވާ ޤައުމަކީ އީރާން ކަމަށާއި، ސެނެޓުގެ މި ނިންމުމުގެ ސަބަބުން އެމެރިކާގެ ރައީސް ކުރައްވާ މަސައްކަތްތަކާ މެދު އެމެރިކާގެ ރައްޔިތުން ހިތްހަމަ ނުޖެހޭކަމުގެ މެސެޖެއް އީރާން އަށް ލިބިގެން ދާނެ ކަމަށެވެ. އަދި މިއީ ދުޝްމަނުންނަށް އެހީތެރިކަމާއި ހިތްވަރު ދިނުން ފަދަ އަމަލެއް ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.

މި ޤަރާރު ފާސްކުރުމުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާ ގުޅިގެން ވޯޓު ދެއްވި ރިޕަބްލިކަން ޕާޓީގެ ހަތަރު ސެނެޓަރުންނަށް ވެސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. އެ ބޭފުޅުންގެ ސަބަބުން ރައީސްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ދަތި ތަކެއް ކުރިމަތި ވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، ކޮންމެ ގޮތަކުން ވިޔަސް އޭނާ ކުރައްވަން ބޭނުންފުޅުވާ ކަންކަން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ ދެއްވާފައި އެވެ.

 އެމެރިކާގެ ސެނެޓުން ފާސްކޮށްފައިވާ ޤަރާރުގެ ދަށުން، ކޮންގްރެސްގެ ހުއްދައެއް ނެތި އީރާންއާ ދެކޮޅަށް އެއްވެސް އަސްކަރީ ހަރަކާތެއް ހިންގުން ރައީސް އަށް މަނާ ވެގެންދާނެ އެވެ. ނަމަވެސް މި ޤަރާރު ތަންފީޒު ވިޔަ ނުދިނުމަށްޓަކައި ވީޓޯ ކުރައްވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ސެނެޓްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

24 ޖޫން 2026

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

24 ޖޫން 2026
ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް
24 ޖޫން 2026

މިސައިލް ނެތް ނަމަ، ޣައްޒާ ގޮތަށް އަހަރަމެން ވެސް ފުނޑު ފުނޑު ވާނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

24 ޖޫން 2026
މިސައިލް ނެތް ނަމަ، ޣައްޒާ ގޮތަށް އަހަރަމެން ވެސް ފުނޑު ފުނޑު ވާނެ: އީރާންގެ ރައީސް ޕެޒެޝްކިއާން
23 ޖޫން 2026

އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލަން އެއްބަސްވެއްޖެ

23 ޖޫން 2026
އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލަން އެއްބަސްވެއްޖެ
23 ޖޫން 2026

ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ދިން އިންޒާރުގެ ސަބަބުން، މަޝްވަރާތައް ނުރައްކަލަކަށް ވެއްޓުނު: އީރާން

23 ޖޫން 2026
ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ދިން އިންޒާރުގެ ސަބަބުން، މަޝްވަރާތައް ނުރައްކަލަކަށް ވެއްޓުނު: އީރާން
23 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށައިފި

23 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު