Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މަޝްވަރާ ތަކުގެ ނަތީޖާ ބިނާވެފައި ވަނީ އިޙްތިރާމްގެ މައްޗަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

ޕެޒެޝްކިއާން ވިދާޅުވީ، މަޝްވަރާ ތަކުގައި ކުރިއެރުން ލިބޭނީ އެއްބަސްވެފައިވާ ޒިންމާ ތަކަށް އަމަލީ ގޮތުން ތަބާވާ މިންވަރަކުން ކަމަށް. އަދި އެއްބަސްވެފައިވާ ލިޔެކިޔުން ތަކުގެ ބޭރުން ދައްކާ ވާހަކަ ތަކުގެ ސަބަބުން މަޝްވަރާ ތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 08:38
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ރޮއިޓާސް

އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާ ތަކުގެ ނަތީޖާ ބިނާވެފައި ވަނީ އެއްބަސްވެފައިވާ ކަންކަމަށް ފުރިހަމަ އަށް އިހުތިރާމްކޮށް، އެ ކަންކަން ތަންފީޒު ކުރުމުގެ މައްޗަށް ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީރާންގެ ރައީސް ޕެޒެޝްކިއާން ވިދާޅުވީ، މަޝްވަރާ ތަކުގައި ކުރިއެރުން ލިބޭނީ އެއްބަސްވެފައިވާ ޒިންމާ ތަކަށް އަމަލީ ގޮތުން ތަބާވާ މިންވަރަކުން ކަމަށެވެ. އަދި އެއްބަސްވެފައިވާ ލިޔެކިޔުން ތަކުގެ ބޭރުން ދައްކާ ވާހަކަ ތަކުގެ ސަބަބުން މަޝްވަރާ ތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ. ނަމަވެސް، ޕެޒެޝްކިއާން އިޝާރާތް ކުރެއްވީ ކޮން ވާހަކަ ތަކަކަށް ކަން ސީދާ ސާފު ކޮށްދެއްވާފައި ނުވެ އެވެ. 

އީރާންގެ ރައީސް ޕެޒެޝްކިއާން މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާއިތުވި މަދު ގަޑިއިރު ތަކެއްގެ ތެރޭގައި އީރާންއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅު ތަކަކާ ގުޅިގެން އީރާންގެ އޮފިޝަލުން އެކަމާ ދެކޮޅު ހައްދަވަމުންދާ ދަނޑިވަޅެއްގައި އެވެ. ޓްރަމްޕް ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސް ކުރުމުގެ ހުއްދަ ދިނުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައި އެވެ.

މީގެ އިތުރުން، އީރާންގެ ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން ދޫކޮށްލާ ކޮންމެ ފައިސާއެއް ބޭނުން ކުރަން ޖެހޭނީ އެމެރިކާގެ ދަނޑުވެރި ކަމުގެ އުފެއްދުންތައް ގަތުމަށް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް އީރާންގެ އޮފިޝަލުން ވަނީ ޓްރަމްޕްގެ މި ދައުވާ ތަކަކީ ހަގީގަތާ ހިލާފު ވާހަކަ ތަކެއް ކަމަށް ބުނެ އެކަން ދޮގު ކޮށްފައި އެވެ.

މަޝްވަރާ ތަކުގެ މާހައުލު ގޯސް ވެދާނެ ފަދަ ވާހަކަ ތަކުން ދުރުހެލިވުމަށް އީރާން އިން ގޮވާލާފައިވާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހައްލު ކުރުމަށް ކުރެވޭ މަސައްކަތް ތަކަށް މިފަދަ ބަހުގެ ހަމަލާ ތަކުގެ ސަބަބުން ހުރަސް ތަކެއް ކުރިމަތި ވަމުންދާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ފާހަގަ ކުރެ އެވެ.

އީރާން އިން ތަކުރާރުކޮށް ބުނަމުން ދަނީ އެމެރިކާ އާއެކު ކުރިއަށް ދާނީ އެއްބަސްވެފައިވާ އުސޫލު ތަކުގެ ތެރެއިން ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

23 ޖޫން 2026

އީރާން އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ، ފިޔަވަޅު އަޅާނަން: ޓްރަމްޕް

23 ޖޫން 2026
އީރާން އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ، ފިޔަވަޅު އަޅާނަން: ޓްރަމްޕް
23 ޖޫން 2026

އީރާން އާއި އެމެރިކާގެ ޓެކްނިކަލް މަޝްވަރާތައް ވެސް ނިމިއްޖެ

23 ޖޫން 2026
އީރާން އާއި އެމެރިކާގެ ޓެކްނިކަލް މަޝްވަރާތައް ވެސް ނިމިއްޖެ
23 ޖޫން 2026

ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ހޮރްމޫޒް ކަނޑު އޮޅި ދުވަހަކު ވެސް ނުދާނެ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

23 ޖޫން 2026
ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ހޮރްމޫޒް ކަނޑު އޮޅި ދުވަހަކު ވެސް ނުދާނެ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
22 ޖޫން 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ

22 ޖޫން 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ
22 ޖޫން 2026

އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި

22 ޖޫން 2026
އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު