Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފި: އީރާންގެ ރައީސް ޕެޒެޝްކިއާން

އީރާންގެ ސިފައިން ދެއްކި ހިތްވަރާ އެކު، ދުޝްމަނުން ދުވަހަކު ވެސް އުންމީދު ނުކުރާ ފަދަ ވަރުގަދަ ލެގަސީއެއް ނުވަތަ ތާރީޚީ ކާމިޔާބީއެއް އީރާން އިން ގާއިމު ކޮށްފައިވާ ކަމަށް ޕެޒެޝްކިއާން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖޫން 2026 | ބުރާސްފަތި 04:54
 އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ގެޓީ އިމޭޖަސް

އިރާނުގެ ހަތިޔާރު އެޅި ފައުޖު ތަކުން އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކަށް ރައްދު ދީފައި ވަނީ، އެ ދެ ގައުމަށް ތަސައްވަރު ވެސް ނުކުރެވޭ ފަދަ ވަރުގަދަ ގޮތަކަށް ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުން ޕެޒްޝްކިއާން ވިދާޅުވީ، މިއަދު އީރާން އަކީ ބާރުގަދަ އަދި ކަރާމާތްތެރި ޤައުމެއް ކަމަށް މުޅި ދުނިޔެ ވެސް ބަލައިގެންފައިވާ ކަމަށެވެ. އަދި އީރާންގެ ދުޝްމަނުން ތިބީ ތިން ދުވަސް ތެރޭގައި އެ ޤައުމަށް ނިމުން ގެނެސް، އެމީހުން ބޭނުންވާ ބަޔަކު ވެރިކަމަށް އިސް ކުރެވޭނެ ކަމަށް ދެކިގެން ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ. 

ނަމަވެސް، އީރާންގެ ސިފައިން ދެއްކި ހިތްވަރާ އެކު، ދުޝްމަނުން ދުވަހަކު ވެސް އުންމީދު ނުކުރާ ފަދަ ވަރުގަދަ ލެގަސީއެއް ނުވަތަ ތާރީޚީ ކާމިޔާބީއެއް އީރާން އިން ގާއިމު ކޮށްފައިވާ ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އީރާންގެ އަސްކަރިއްޔާ އިން ވަނީ ގައުމުގެ ދިފާއުގައި ނަމޫނާ ދައްކާފައި ކަމަށެވެ.

މި ހަމަނުޖެހުންތައް ފެށުނުއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާން އެއްކޮށް އަމާން ދިނުމަށް ގޮވާލައްވާފައި އެވެ. އެހެން ނަމަވެސް، މަސްރަހަށް އައި ބަދަލުތަ ކާއެކު މިހާރު ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދާކަން ފާހަގަ ކުރެވެ އެވެ.

އީރާންގެ ރައީސްގެ މި ވާހަކަފުޅުތައް އައިސްފައި ވަނީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އެވެ. ޕެޒެޝްކިއާން އިތުރަށް ވިދާޅުވީ، އީރާން އިން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް ކަމަށާއި، ބޭރުގެ އެއްވެސް ބާރަކަށް އީރާންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

24 ޖޫން 2026

އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟

24 ޖޫން 2026
އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟
24 ޖޫން 2026

އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ

24 ޖޫން 2026
އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އދ. ގެ އިންސްޕެކްޓަރުން ވަންނާނެ: އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިސްވެރިޔާ
24 ޖޫން 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި

24 ޖޫން 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް ހިންގަވާ އަސްކަރީ ޙަރަކާތްތައް ހުއްޓުވުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށްފި
24 ޖޫން 2026

ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް

24 ޖޫން 2026
ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕްގެ ނުރުހުން އެމެރިކާގެ ސެނެޓާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނަށް
24 ޖޫން 2026

ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް

24 ޖޫން 2026
ދުވަހަކުވެސް އީރާނުގެ ދިފާއީ ގާބިލިއްޔަތާ ގުޅޭ މަޝްވަރާއެއް ނުކުރާނަން، މިސައިލްތައް ނެތް ނަމަ އީރާނުވެސް ވާނީ ދެވަނަ ޣައްޒާ އަށް: އީރާނުގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު